20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ބާސެލޯނާ

އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި

  • ނޭމާއަށް ޖުމްލަ 4 މެޗުގެ ސަސްޕެންޝަނެށް އައުން ގާތް
  • އެލް ކްލެސިކޯ މެޗް އޮންނާނީ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު
އަބްދުﷲ ޒިޔާން އަލީ | AbdhullahZiyan

| 11 އޭޕުރިލް 2017 | އަންގާރަ 00:35 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


މަލާގާ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން -- ގޫގުލް

އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅޭ 'އެލްކްލެސިކޯ' މެޗުގައި އެޓީމުގެ ފޯވާޑް ނޭމާ އަށް ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

ނޭމާއަށް އެލްކްލެސިކޯ ކުޅެވޭނެ ކަމާމެދު ސުވާލު އުފެދުނީ ހޮނިހިރު ދުވަހު ސްޕެނިޝް ލީގުގައި މަލާގާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. އެ މެޗުން ބަލިވެ ބާސާއަށް ވަނީ ލީގުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. އެމެޗުގެ 65 ވަނަ މިނެޓުގައި ނޭމާއަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފަ އެވެ.

ދެ ރީނދޫ ކާޑަ އެކު ރަތް ކާޑު ދެއްކުމުން ނޭމާ ސަސްޕެޑް ވާނީ 1 މެޗަށެވެ. ނަމަވެސް ދަނޑުން ފައިބަމުން މެޗުގެ 4 ވަނަ އޮފިޝަލާ ދިމާއަށް ގޮސް ނޭމާ ވަނީ ކާޑު ދެއްކުމާ ގުޅިގެން އެކަމާ ޝަކުވާކޮށްފަ އެވެ. އެހެންކަމުން، ބެލެވޭ ގޮތުގައި މި މައްސަލަ ބަލައިފި ނަމަ ނޭމާއަށް ޖުމްލަ 4 މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވުން ގާތެވެ. ރެފްރީ ވަނީ މެޗުގެ ޕޯސްޓްގޭމް ރިޕޯޓުގައިވެސް މި މައްސަލަ ފާހަގަ ކޮށްފަ އެވެ.

ނޭމާއަށް 4 މެޗުގެ ސަސްޕެންޝަނެށް ކުރިމަތި ވެއްޖެނަމަ، ސްޕެނިޝް ލީގުގައި ރެއާލް ސޮސެޑީޑް އާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޗެންޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޔުވެންޓަސް އާއި ދެކޮޅަށް ބާސާ ކުޅޭ 2 ލެގާއި ރެއާލް މެޑްރިޑާ ދެކޮޅަށް ނިކުންނަ އެލް ކްލެސިކޯގައި ވެސް ނުކުޅެވޭނެ އެވެ.

ބާސާ އަދި މަލާގާ ބައްދަލުކުރި މެޗުގައި ރެފްރީގެ މަގާމު އަދާކުރި ޖީސަސް ގިލް މަންޒާނޯ ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ ވެސް ޕޯސްޓްގޭމްގެ ރިޕޯޓުގައi އޮތް މައްސަލައެއް ހުށަހަޅައި ބާސާގެ ފޯވާޑް ލުއިސް ޝުއަރޭޒް ވެސް ސަސްޕެންޑް ކޮށްފަ އެވެ.

އެފަހަރު ސުއަރޭޒް ސަސްޕެންޑް ކޮށްފައި ވަނީ ރަތް ކާޑު ދެއްކުމާގުޅިގެން ދަނޑުން ފައިބަމުން ވަގުތު ބޭކާރުކުރި މައްސަލައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް