24 ސެޕްޓެންބަރ 2018 | ހޯމަ | 05 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

މަގޭ ރިޕޯޓް

ކުނޫޒް ދޮރުމަތީގައި ސިހުރު ވަޅުލުން!!؟

  • މިހާތަނަށް ހިންގި އެންމެ އަވަސް އެއް މެގަ ޕްރޮޖެކްޓް
  • މަގުގެ އިތުރު ބައެއް ނުހަދާ
  • މަޖީދީމަގު ހެދިއިރު އެކަން ނުކުރީތީ ސުވާލު އުފެދޭ
އަހުމަދު މުހުސިނު | dhonbandaara

| 10 އޭޕުރިލް 2017 | ހޯމަ 20:33 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ކުނޫޒް ދުރުމަތީ ގާ އަތުރަން ތައްޔާރުކޮށްފައި -- ޓްވިޓަރ

ޖުމްހޫރީ ޕާޓީގެ މައި ހަރުގެ ކުނޫޒް ދޮރުމަތި ކޮންނަން ފެށީ ހަމަ ކުއްލިއަކަށެވެ. ހަމައެއް ރެއެއްގެ ދަންވަރު އެސަރަހައްދަށް ފުލުހުން އައިސް ބެރިކޭޑްތައް އަތުރާލިއެވެ. ބަސްބުނާހާހިނދުން ހައެއްކަ ބިދޭސީއަކުވެސް އެތަނަށް އައެވެ. ބޮޑެތި ހެވީ ވެހިކަލްތައްވެސް އެސަރަހައްދަށް ގެނައީ ލަހެއް ފަހެއް ނެތިއެވެ. އެތައް ބަޔަކު އެތަނަށް އެއްވެފައި ތިއްބައެވެ. އިސާހިތަކު ހަމަ އެދަންވަރު އެތަން ކޮންނާންވެސް ފެށީއެވެ. ބައެއް ބިދޭސީންނަށް ކަންކުރާންވީ ނުވަތަ ވާންވީވެސް ކިހިނެއްކަން ނޭނގި ތިބެއެވެ.

އެތައް ބަޔަކަށް އެކިގޮތްގޮތުން އެތައް އެހީއެއް ވެދެއްވާފައިވާ އަދި ސިޔާސީ ގޮތުން އެންމެ އިސް އެއް ލީޑަރު ޤާސިމް އިބްރާހީމް ހައްޔަރުކުރުމުން ނުރުހުން ފާޅުކޮށް އެތައް ބަޔަކު އެއްވެފައިތިބި ސަރަހައްދެއްގައި ހަމަ ކުއްލިއަކަށް އެމަސައްކަތް ކުރާން ފެށުމުން ރައްޔިތުން ހައިރާންވިއެވެ. މީގެ ކުޑަދުވަސްކޮޅެއް ކުރިން ފަނޑިޔާރު މަގާ ގުޅިފައި އޮތް މަޖީދީމަގު ހަދާ ނިންމާލިއިރު ހަދާން ނުފެށި މަގެއް ހަމަ ކުއްލިއަކަށް އެރޭ އެވަގުތު ފެށީމައެވެ.

 

ދެނެކާ ދެނެއް ނެތެވެ. ރައްޔިތުން ކުދިކިޔާންފެށިއެވެ. ޖޯކުޖަހާން ފެށިއެވެ. މުޅި ސޯޝަލް މީޑިއާ ހަރަކާތްތެރިވިއެވެ. އެމީހަކާ އެމީހެކެވެ. އެސަރަހައްދުގައި ހިންގާން އުޅޭ މެގަ ޕްރޮޖެކްޓް ރައްޔިތުންނަަށް ތަސްވީރުން ދައްކާލުމަށެވެ. ސަރުކާރުގެ އެވަރުގަދަ ޕްރޮޖެކްޓް ނިމުމުން އޮންނާނެގޮތް ރައްޔިތުންނަށް ފޮޓޯއަކުން ދައްކާލުމަށެވެ. ފޮޓޯއަކަށްފަހު ފޮޓޯއެކެވެ. އެތަން ނިމުމުން އޮންނާނެ ގޮތުގެ ތަސައްވުރެވެ. ފުޓްސެލް ދަނޑުތަކެވެ. ތެޔޮވަޅުތަކެވެ. ޑޮލަރު ފުނިތަކާއި ކުޑަކުދިން ކުޅޭ ޕާރކް ތަކެވެ. އެއަރޕޯޓާއި ބޮޑެތި އަސްކަރީ މަނަވަރުތަކެވެ. މުޅި މަގު މާބްލް ޖެހުމެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އެމަގު ނިމޭއިރު އޮންނާނެ ގޮތުގެ ޚިޔާލީ ފޮޓޯތަކުން މުޅި ސޯޝަލް މީޑިޔާ އެރެއިން އެރެއަށް ފްލަޑްވިއެވެ.

ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ އެއީ ޕްލޭނާ އެއްގޮތައް ކުރަންފެށި މަސައްކަތެއް ކަމަށެވެ. ސަރުކާރުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ހިންގާ ޚާއްޞަ ޕްރޮޖެކްޓްގެ ބައެއް ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ހިންގާ މިސަރުކާރުގެ ތަރައްޤީގެ ބޮޅެއް ކަމަށެވެ. ރައީސް ޔާމީންގެ ދުރުވިސްނުން ފުޅާއި އެމަނިކުފާނު ރައްޔިތުން ދެކެވާ ލޯބީގެ މިސާލެއް ކަމަށެވެ. އެކަމަކު ސުވާލު އުފެދުނީ އެހެން ކަމަކަށެވެ. މަޖީދީމަގުގެ އެދިމާ ހަދާ ނިންމާ މުޅިން އޭގެ އެތައް ދުވަހެއް ފަހުން އެތަން ކުއްލިއަކަށް ކޮންނަން ފެށީމައެވެ.

މިސަރުކާރުން ކަންކުރާގޮތް ފަހުމް ނުވާ ބަޔަކަށް އެއީ މާބޮޑު ކަމަކަށް ވެދާނެއެވެ. ފަހަރުގައި ހީނހީން ބަނޑުގައި ގޮށްވެސްލައިފާނެއެވެ. އެކަމަކު އެއީ ސަރުކާރުގެ ޕްލޭންތައް ހުންނަގޮތް އެނގޭ މީހުންނަށް ހަމަ އެއްވެސް ކަމެއް ނޫނެވެ. ނާފަހެ އެއްތަން ރޫޅާލާ އެތަން އަލުން ހަދާ އެއްމަގު ބަންދުކޮށް އެމަގު އަނެއްކާވެސް ހުޅުވާ ކަހަލަ  ޕްލޭންތަކެއް ގެންގުޅޭ ސަރުކާރެއްކަން މިހާރު އޮޅިފައި އޮވެގެން ނުވާނެއެވެ.

އެކަމަކުވާ އެސަރަހައްދުގައި ގެންގުޅުނު ތަކެތި އެސަރަހައްދުން ގެނެސް ގެންދިއުމަކީވެސް ޚަރަދު ހިނގާނެ ކަމެއްކަމާ އެއީވެސް ރައްޔިތުންގެ ފައިސާކަން ޕްލޭން ކުރި މީހުންނަށް ވިސްނުނުނަމަ ކޮންފަދަ ހެއްޔެވެ. ގައިމު މަޖީދީމަގު ހަދަން މުޅި މަގު ބަންދުކޮށްގެން އުޅުނުއިރު އެތަން ނިންމާލެވުނު ނަމަ އނަެއްކާވެސް ބަންދުކޮށްގެން ލިބޭ ތަކުލީފް ރައްޔިތުންނަށް އެފަހަރުން އެފަހަރު ނިމުނީސްތާއެވެ.

ސަރުކާރުގެ ބަހަށް އެއީ ސަރުކާރުގެ ދުރުރާސްތާ ޕްލޭންގެ ދަށުން ކުރިކަމެއްކަމަށް ބެލެވުނީވެސް ހަމަ ކުޑަވަގުތުކޮޅަކަށެވެ. ފަނޑިޔާރުމަގުން ކޮނުނު ކުނޫޒް ދޮރުމަތި ފިޔަވާ ދެން އެމަގުގެ އިތުރު ބައެއް ނުހަދާތީއެވެ. ގާތައް ބަދަލުކޮށް އެމަގު އެއްކޮށް ނިންމާ ނުލީތީއެވެ. އެހެންކަމުން ފާޑުކިޔާ މީހުންގެ ވާހަކަތައް ވީއިތުރެވެ. ތަފާތު ވާހަކަތައް ތަފާތު ގޮތްގޮތައް ދެކެވެން ފެށިއެވެ. ބައެއް ކަހަލަ ވަހުމްތައް ކުރެވުނެވެ. ބޮޑު ސިންގާހާ ސަރުކާރަކާމެދު ހީކޮށްގެން ނުވާނެހާ ވަރަށް ހީކުރެވުންތައް ފެށިއެވެ. ސަރުކާރާމެދު ކުރެވެނުނު ކަހަލަ ތުހުމަތެއް ކުރެވުނެވެ. ސިހުރު ނުވަތަ ފަންޑިތަވެރިކަމެއް ހިންގީކަމަށް ބައެއް މީހުން ބުނާންފެށިއެވެ.

އެފަދަ މީހުން އެކަމަށް ތުހުމަތު ކުރަނީ ހަމައެކަނި ކުނޫޒް ދޮރުމަތިން ގާ ބަދަލުކޮށްލީތީއެވެ. ގާ ތައް ނަގަން އެސަހައްދު ކޮނުނު ނަމަވެސް ހޮޅިތައް ބަދަލު ކުރުން ފަދަ ކަމެއް ކުރުމެއް ނެތި ފަސްއަޅާ ގާތައް އަތުރަން ފެށީތީއެވެ. ކޮނުމުގެ މަސައްކަތް ފެށުނީ ރޭގަނޑު ދަންވަރު ކަމަށް ވީތީއެވެ.

ދެކެވޭހާ ކޮންމެ ވާހަކައަކީ އަދި ހަޤީގަތެއް ނޫނެވެ. ހަމަ އެހެންމެ ބައެއް ފަހަރަށް ފެންނަ މަންޒަރުތަކުން ބައެއްކަހަލަ ވާހަކަ ދެކެވެނީ އޭގައި ޙަޤީގަތެއް އެކުލެވިގެނެއްވެސް ނޫނެވެ. އެކަމަކު އެފަދަ ވާހަކަތައް ދެކެވެނީ ކުރިން ހިނގާފައިވާ ކަންކަމާއި ކުރެވިފައި ހުންނަ ކަންކަމަށް ރިއާޔަތް ކޮށްގެންނެވެ. އެކަމަކު މިސަރުކާރުން އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް މަށަކުވާ ޤަބޫލު ކުރާކަށް ނެތީމެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މުހަންމަދު

1 އަހަރު ކުރި

އަސޭލާގެ ސިހުރުވެރިކަން ! ހަވަނަ ސަރަޙައްދަށް ވަނީ ކުނޫޒް ކަމަށް ސަރަކާަރަށް ހީވާ ކަހަލައެވެ!!

3
1