24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ފްރެންޗް ލީގު

ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

  • ލީގު އޮތީ ވާދަވެރި ހިސާބެއްގައި
  • ޕީއެސްޖީއަކީ މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 10 އޭޕުރިލް 2017 | ހޯމަ 20:03 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ލަނޑަކަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން ސެލެބްރޭޓް ކުރަނީ -- ބީބީސީ

އެޑިންސަން ކަވާނީގެ ދެ ގޯލާ އެކު ފްރެންޗް ލީގުގައި ގުއިންގަމްޕް ބަލިކޮށް ތަވާލްގެ އެއްވަނައިގައި އޮތް މޮނަކޯއާ 3 ޕޮއިންޓް ގާތަށް ޕީއެސްޖީން ޖެހިލައިފިއެވެ.

 

އާދިއްތަ ދުވަހުގެ ރޭ ގުއިންގަމްޕްގެ މައްޗަށް ޕީއެސްޖީން ކުރި ހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. މޮޅާއެކީ ލީގުގެ ދެވަނައިގައި ޕީއެސްޖީ އޮތީ 71 ޕޮއިންޓާ އެކީގައެވެ.

 

ތާވަލްގެ އެއްވަނައިގައި74  ޕޮއިންޓާއެކީ އޮތީ މޮނާކޯއެވެ. މި ދެ ޓީމަށް ވެސް ލީގުގައި ބާކީ އޮތީ އެންމެ 7 މެޗެވެ.

 

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުގައި ހުރިހާ ލަނޑުތަކެއް ވެސް ފެނިފައި ވަނީ މެޗުގެ ފަހު ހާފްގައެވެ. އެގޮތުން ފުރަތަމަ ލަނޑު 56 ވަނަ މިނެޓުގައި ކަވާނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ އެންޖެލް ޑިމަރިއާއެވެ.

 

އޭގެ ހަތަރު މިނެޓު ފަހުން އެޑްރިއަން ރެބިއޮޓްގެ އެހީތެރިކަމާ އެކު ދެވަނަ ލަނޑުޖެހީ ކަވާނީއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ޑިމަރިއާގެ އެހީތެރިކަމާ އެކު ކަވާނީ ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ.

 

މެޗުގެ އެންމެ ފަހު ވަގުތުކޮޅުުގެ ތެރޭގައި ޕީއެސްޖީގެ ފަހު ލަނޑު ކާމިޔާބުކޮށްފައި ވަނީ މަޓޫޑީއެވެ.

 

ލީގުގެ ވާދަވެރިން ބޮޑުވެފައިވާއިރު، އެއްވަނައިގައި އޮތް މޮނާކޯއާ ދެވަނައިގައި އޮތް ޕީއެސްޖީ އަދި ތިން ވަނައިގައި އޮތް ނީސްއަށް ލީގު ހޯދުމުގެ ފުރުސަތު އެބައޮތެވެ.

 

ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ވެސް ފްރާންސް ލީގުގެ ޗެމްޕިއަންއަކީ ޕީއެސްޖީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް