16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ފެނަކަ

ފެނަކަ އަށް ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަނެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފި

  • އެއްބަސްވުމުގެ ދަށުން ފެނަކަ އަށް ބޭނުންވާ ހުރިހާ ތެލެއް ހަމައެކަނި ގަންނާނީ އެސްޓީއޯއިން
  • ފެނަކައިގެ ތެޔޮރައްކާ ކުރާ ތާނގީތަކުގައި ތެޔޮ ހުންނަ މިންވަރު ބަލާ ރެގިޔުލޭޓް ކުރާނެ ނިޒާމްތައް ހަރުކުރާނެ
ސަހުބާން ފަހުމީ | sahubaan

| 10 އޭޕުރިލް 2017 | ހޯމަ 17:58 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


ފެނަކަ އަށް ތެޔޮ ގަތުމަށް އެސްޓީއޯއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމީއްޔާތުގެ ތެރެެއިން -- ޓްވިޓަރ

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ނޫން ތަނަކުން ތެޔޮ ނުގަނެވޭ ގޮތަށް ފެނަކައިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެސްޓީއޯ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރުއެވެ. އަދި ފެނަކަ ކޯޕްރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްއެވެ. 

ފެނަކައިން އެސްޓީއޯއާ އެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ފެނަކަ އަށް ބޭނުންވާ ހުރިހާ ތެލަށް ހަމައެކަނި ގަންނާނީ އެސްޓީއޯއިންނެވެ. އަދި ފެނަކައިގެ ތެޔޮރައްކާ ކުރާ ތާނގީތަކުގައި ތެޔޮ ހުންނަ މިންވަރު ބަލާ ރެގިޔުލޭޓް ކުރާނެ ނިޒާމްތައް ގާއިމް ކޮށް މެއިންޓެނެންސް ބަލަހައްޓާނީ ވެސް އެސްޓީއޯއިންނެވެ.

އެއްބަސްވުމާ ބެހޭ ގޮތުން ފެނަކައިގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވީ ފެނެކައިން ކަރަންޓް ފޯރުކޮށްދޭ 148 ރަށަށް އަންނަ މަހު 1 ވަނަ ދުވަހުން ފެށިގެން ތެޔޮ ފޯރުކޮށްދޭނީ އެސްޓޯއީއިން ކަމަށެވެ. އަދި ފެނަކައިން ކަރަންޓް ފޯރުކޮށްދޭ ހުރިހާ ރަށެއްގައި ވެސް ތެޔޮ ރައްކާ ކުރާނެ ނިޒާމް އެސްޓީއޯއިން ގާއިމް ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެސްޓީއޯއާއެކު ވެވުނު އެއްބަސްވުމަކީ ވަކި މުއްދަތެއް ނެތް ގޮތަށް ވެވުނު އެއްބަސްވުމެއް ކަމަށާއި އަދި ފެނަކައަށް އެސްޓީއޯއިން ގަންނަ ތެލަށް ފައިސާ ދައްކަން ޖެހޭނީ ތެޔޮ ފޫރުކޮށްދިނުމަށް ފަހު އެސްޓީއޯއިން އިންވައިސް ކުރުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް