13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

އެމްއެމްއޭގެ ތަފާސް ހިސާބުތައް

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

  • ފެބުރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 121،052 ފަތުރުވެރިން
  • ފަތުރުވެރިކަމުގެ އޮކިއުޕެންސީ ރޭޓް ވަނީ 63 ޕަސެންޓް ދަށަށް ގޮސްފަ
  • ފެބުރުއަރީ މަހު ކުންފުނިތަކަށް މަސް ކިރުވާފައިވަނީ 2675 މެޓްރިކް ޓަނު
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 10 އޭޕުރިލް 2017 | ހޯމަ 17:43 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި
  8. ޚަޝޯގީ އެންމެ ފަހުންބުނީ އޭނާ ހާސްވަނީއޭ: ރިޕޯޓަރެއް


އެމްއެމްއޭ -- ގޫގުލް

ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ފަތުރުވެރިކަން މިއަހަރުގެ ފެބްރުއަރީ މަހު ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފި އެވެ.

އެމްއެމްއޭ އިން އާއްމުކޮށްފައިވާ އިގްތިސާދީ މުރާޖާ ރިޕޯޓުގައި ވާގޮތުން، މިއަހަރުގެ ފެބުރުވަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފަ އެވެ.

އެގޮތުން ފެބްރުއަރީ މަހު 121،000 (އެއްލައްކަ އެކާވީސް ހާސް) ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އިރު މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާ އިރު ދަށް އަދަދެކެވެ. އަދި މި މުއްދުތުގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދުވެސް ވަނީ ހަތް ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މި މުއްދަތުގެ ތެރޭގައި ދަށްވެފައިވާ އިރު ރަޝިޔާ އާއި އިޓަލީގެ އިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ މުއްދަތަށް ބަލާއިރު، 2016 ވަނަ އަހަރުގެ ފެބުރުވަރީ މަހު ފަތުރުވެރިއަކު އެވްރެޖްކޮށް 8.5 ދުވަހު ރާއްޖޭގައި ހޭދަށްކޮށްފައިވެ އެވެ. ނަމަވެސް ފާއިތުވި ފެބުރުވަރީ މަހު މި އަދަދު ވަނީ 4.5 އަށް ދަށްވެފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރެވެން ހުރި އެނދުގެ އަދަދު އިތުރުވި އިރު ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ ދަށްވެފައެވެ. އެހެން ކަމުން މިކަމާ ގުޅިގެން ފާއިތުވި ފެބްރުއަރީ މަހު އޮކިއުޕަންސީ ރޭޓް ވަނީ %63 އަށް ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ފެބުރުވަރީ މަހު މިއަދަދު ހުރީ %74 ގައެވެ. އެހެންކަމުން މިއީ 11 ޕަސެންޓްގެ ދަށް ވުމެކެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު، މި އަހަރުގެ ފެބުރުވަރީ މަހު ރާއްޖޭގެ ކުންފުނިތަކަށް މަސް ކިރުވާފައި ވަނީ 2675 މެޓްރިކް ޓަނެވެ. މިއީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާ އިރު 28 ޕަސެންޓް ދަށް އަދަދެކެވެ. އަދި މިއީ ފާއިތުވެދިޔަ ޖެނުއަރީ މަހާ އަޅާބަލާއިރު 60 ޕަސެންޓް ދަށް އަދަދެކެވެ.

އެމްއެމްއޭ އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަސް އެކްސްޕޯޓްކުރި މިންވަރު ވެސް ވަނީ 34 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

މަސް އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ގަނޑުކުރި ކަޅުބިލަމަސް އަދި ތާޒާ، ފިނިކުރި ކަންނެލި އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ދަށްވުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ރާއްޖޭގެ އިގްތިސާދުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ ދެ ސިނާއަތް ދަށަށް ގޮސްފައިވާއިރު ރާއްޖޭގެ ދަރަނި ވެސް ދަނީ އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުންނެވެ. ދަރަނި ދެއްކުމަށް އިތުރު ދަރަނި ނަގަން ޖެހޭ ހާލަތަށް ވެއްޓިފައިވާއިރު 2017 ވަނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 892.1 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިދިޔަ އަހަރުގައި މިއަދަދު އުޅެނީ 666.7 މިލިއަން ޑޮލަރުގަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް