19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން ދަރަވަންދޫގައި އޭޓީއެމްއެއް ބަހައްޓައިފި

  • މިއީ ސެލްފް ސާވިސް ބޭންކިންގ އޭޓީއެމް އެއް
ރިޒުނާ ޒަރީރު | RiznaZareer

| 10 އޭޕުރިލް 2017 | ހޯމަ 12:17 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ބީއެމްއެލްއިން ދަރަވަންދޫގައި އޭޓީއެމްއެއް ބެހެއްޓުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ޓްވިޓަރ

ބޭންކް އޮފް މޯލްޑިވްސްއިން ބ. އަތޮޅުގައި ކުރަމުންދާ އިންވެސްޓްމަންޓްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ދަރަވަންދޫގައި ސެލްފް ސާވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

މިއާ އޭޓީއެމްގެ ޚިދުމަތް ދަރަވަންދޫގައި ފަށާފައި މިވަނީ ދިވެހި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށާއި ބޭންކްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އިއުލާންކޮށްފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި އާދިއްތަ ދުވަހުއެވެ.

އާންމުކޮށް ފައިސާ ނެގުމަށް އޭޓީއެމް ބޭނުންކުރަމުންދިޔަ ކަމުގައި ވިޔަސް މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ އެންމެ ޒަމާނީ ސެލްފް ސާވިސް ބޭންކިންގ އޭޓީއެމްއަކާ އެކު ދަރަވަންދޫގެ ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި އިގްތިސާދަށް ފައިދާވާނެ މަގު ފަހިކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިހާރު ކުރިޔަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ މުހިންމު ލަނޑުދަނޑިއެއް ހާސިލްވި ދުވަހެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 84 އޭޓީއެމް، 26 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ ޤާއިމްކޮށްފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް