26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ފޯސީޒަން ރިސޯޓު

ފޯސީޒަން ރިސޯޓްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

  • ޖުމްލަ 43 ކުދިން މި ޕްރޮގްރާމް ފުރިހަމަކުރި
  • މިއަހަރުގެ މިޕްރޮގްރާމްގައި 61 ކުއްޖަކު ވަނީ ބައިވެރިވެފައި
ރިޒުނާ ޒަރީރު | RiznaZareer

| 9 އޭޕުރިލް 2017 | އާދީއްތަ 20:35 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް


ފޯސީޒަން ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމައި ސެޓްފިކެޓް ދީފި -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމުގެ ގޮތުން ފޯސީޒަން ރިޒޯޓްސްއިން ހިންގި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމައި، ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

 

 

ޖުމްލަ 43 ކުދިން މި ޕްރޮގްރާމް ފުރިހަމަކުރިއިރު، ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ތޯރިގް އިބްރާހިމް އެވެ.

 

 

ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކަށް މުޅިން އަލަށް ވަންނަން ބޭނުންވާ ޒުވާނުން އަހުލުވެރިކުރުވުމަށް ފޯސީޒަން ރިސޯޓުން މިދިޔަ އަހަރު ހިންގި ޕްރޮގްރާމްގެ ބައިވެރިން ވަނީ އެއް އަހަރު އެ ރިސޯޓުގައި ހޭދަކޮށް ކަމާ ގުޅޭ އެކި ދާއިރާތަކުން ތަމްރީނު ހޯދާފައިވެއެވެ.

 

 

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ތޯރިގް ވިދާޅުވީ، ކޮންމެ ޒުވާނަކީ ހުނަވެރިވި ޒުވާނަކަށް ހަދައި ޒުވާނުން ބާރުވެރިކުރުވާއި އެމީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެއެގޮތުން 94،000 ވަޒީފާ މި ފަސް އަހަރުގެ ތެރޭގައި އުފެއްދުމަށް ވެވަޑައިހެންފައިވާ ވައުދު ފުއްދެވުމަށް ކުރަމުންގެންދާ މަސައްކަތަށް ފޯސީޒަން ރިސޯޓުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރެއްވި އެވެ. މިފަދަ ތަމްރީނާއި ތަޖްރިބާ އެހެން ދާއިރާތަކުން ވެސް ކުރިއަށް ގެންދުމަށް އިލްތިމާސްކުރެއްވި އެވެ.

 

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޯސީޒަން ރިސޯޓްސް މޯލްޑިވްސްގެ ރީޖަނަލް ވައިސް ޕްރެސިޑެންޓް އަދި ޖެނެރަލް މެނޭޖަރ އާމަންޑޯ ކްރެންޒްލިން ވިދާޅުވީ، އެ ރިސޯޓުން ވަޒީފާ ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ތަމްރީނު ލިބިފައި ތިބި ޒުވާނުންނަށް ކަމަށާއި މި ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް އެ ރިސޯޓުން ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެންމެ ހާއްސަ އެއް ކަމަކީ މިފަދަ ޕްރޮގްރާމެއް މެދު ނުކެނޑީ ކާމިޔާބުކަމާއެކު ކުރިއަށްގެންދެވި މިދާއިރާއަށް ޒުވާނުން ތަމްރީން ކުރުމަށް ކުރަމުންދާ މަސައްކަތުގައި ސަރުކާރާއި އެކިއެކި ފަރާތްތަކުން ފޯރުކޮށްދޭ އެހީތެރިކަން ކަމަށް އާރމަންޑޯ ވިދާޅުވި އެވެ.

 

އެއް އަހަރުގެ މުއްދަތަށް ފޯސީޒަން ރިސޯޓުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ވަޒީފާގެ މައިދާނުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، ގަޑިއަށް ފަރުވާތެރިވުމާއި، ލީޑަރޝިޕާއި، އެންމެނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރާއި ތަމްރީނު މި ޕްރޮގްރާމްގެ ބައިވެރިންނަށް ދީފައިވާ ކަމަށް ރިސޯޓުން މައުލޫމާތު ދެއްވާފައި ވެއެވެ.

 

މި ޕްރޮގްރާމްގެ ބައިވެރިން ބުނީ، މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް މުޅިން އަލަށް ގުޅެން ބޭނުންވާ ފަރާތްތަކަށް ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ. މިއީ ފޯސީޒަން ރިސޯޓުން ކުރިއަށް ގެންދިޔަ މިފަދަ 16 ވަނަ ޕްރޮގްރާމެވެ.

 

މިއަހަރުގެ މިޕްރޮގްރާމްގައި 61 ކުއްޖަކު ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް