17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރައީސް ޔާމީން

ނުދޭ ބާރެއް ލިބުނީމާ ދެން ވާނީ މިހެންނެވެ.

  • މަޖިލީހުގެ އަގުލަބީއްޔަތު ރައްޔިތުން ރައީސް ޔާމީން އަށް ނުދެއެވެ.
  • މަޖިލީހުގެ ކޮންޓްރޯލް ރައީސް ޔާމީން އަށް ލިބުނީ މެމްބަރުން ގޮނޑި ވިއްކާލުމުން
  • ބާރުތައް ޖަމާކޮށްގެން ހުރެ ކުރާ ވެރިކަމަށް ކިޔަނީ އޮޓޮކްރަސީ އެވެ. އެއީ ޑިމޮކްރަސީއެއް ނޫނެވެ.
ސަހުބާން ފަހުމީ | sahubaan

| 9 އޭޕުރިލް 2017 | އާދީއްތަ 19:19 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި


ދިވެހި ފުލުހުން -- ގޫގުލް

އެކެއްގެ މުށުތެރެއަށް ދައުލަތުގެ ހުރިހާ ބާރުތައް ޖަމާކޮށްގެން ހުރެ ކުރާ ވެރިކަމަށް ކިޔަނީ އޮޓޮކްރަސީ އެވެ. އެއީ ޑިމޮކްރަސީއެއް ނޫނެވެ. އެފަދަ ވެރިކަމެއްގައި އަދުލުވެރިކަމާއި އިންސާފު ފެންނާނީ ކަރުދާހުން އެކަންޏެވެ. އެޒާތުގެ ވެރިކަމެއްގައި ރައްޔިތުންގެ އިހުސާސްތަކާއި ވިންދަށް ބެލުމެއް ނޯންނާނެއެވެ. ޖައްބާރުކަމާއި އަނިޔާވެރިކަން ފާޅުކުރުމަކީ މިދެންނެވި ކަހަލަ ވެރީންގެ ތަބީއަތުގައި ހުންނަކަމެކެވެ. ދުނިޔޭގެ ތާރީޚަަށް ބަލައިލީމާ މިކަންކަން ވަރަށް ރީއްޗަށް ފެންނާނެއެވެ.         
 

މާފުނަށް ފީނުމުގެ ބޭނުމެއް ނެތެވެ. މާދުރަށް ވިސްނުމުގެ ބޭނުމެއްވެސް ނެތެވެ. މި ދިވެހިރާއްޖޭގައި މިހާރު ގާއިމުވެފައިވާ ސަރުކާރާއި ދޭތެރޭ ވިސްނައިލާށެވެ. ބާރުތައް ޖަމާވެފައިވާ ގޮތާދޭތެރޭ ފިކުރު ހިންގައިލާށެވެ. ދައުލަތުގެ ބާރުތަކޭ އާއްމުކޮށް ކިޔައި އުޅެނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ވެރިކަން ހިންގުމުގެ ބާރާއި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރާއި ގާނޫނުތައް ހެދުމުގެ ބާރެވެ. އެއަށްވުރެ ތިލަކޮށް ކިޔާނަމަ އެއީ ސަރުކާރާއި ފަނޑިޔާރުގެ އާއި ރައްޔިތުންގެ މަޖިލީހެވެ.ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި މި ތިންބާރުވެސް މިހާރު ޖަމާވެފައިވަނީ އެކެއްގެ މުށުތެރެއަށެވެ. އެމީހަކީ ރައީސް އަބްދުﷲ ޔާމީނެވެ.

މިހެން ލިޔުނީމާ ބަޔަކު މީހުން ނުރުހިގެންފައި ކުރިމައްޗަށް އައިސް ޖެހިގެންފައި ބުނާނެއެވެ. ބަލަގަ މީނދަ މީހާއެވެ. ތިޔަ ބުނާ ބާރަކީ ޑިމޮކްރަސީގެ އިމުގެ ތެރެއިން ރައްޔިތުން ހަވާލުކުރި ބާރުތަކެވެ. ރައީސް ޔާމީނަކީ ރައްޔިތުންގެ ވޯޓުން ހޮވާފައި ހުންނެވި ރައީސެވެ. އަހުރެންވެސް އެއްބަހެވެ. ރައީސުލްޖުމްހޫރިއްޔާކަމަށް ޔާމީނު އިންތިޚާބު ކުޅައީ ރައްޔިތުންނެވެ. އެކަމަކު ފަނޑިޔާރުގެއަށް އަތް ބޭނުމާއި މަޖިލީސް ކޮންޓްރޯލް ކުރުމުގެ ބާރު ރައްޔިތުން ރައީސް ޔާމީނަކާއި ހަވާލެއް ނުކުރެއެވެ. އެބާރުތައް ރައީސް ޔާމީނު ހޯއްދެވީ ހީލަތްތެރި ގޮތެއްގަކަމަށް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ތުހުމަތުކުރެއެވެ. ރައްޔިތުންގެ ނިންމުމާ މުޅިން ދެކޮޅަށެވެ.

އެންމެ ފުރަތަމަ މަޖިލީހަށް ބަލައިލާށެވެ. މަޖިލީހަށް 85 މެންބަރުން  ހޮވުމަށް އެންމެފަހުން ބޭއްވުނު އިންތިޚާބުގައި ރައީސް ޔާމީނުގެ ޕީޕީއެމަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައެއް ނެތެވެ. އެއި  ރައްޔިތުންގެ ނިންމުމެވެ. ޚުދު ރައީސް ޔާމީނަށް ވެސް ރައްޔިތުން ވޯޓު ދިނީ ޕާޓީތަކާ ގުޅިގެން ވެރިކަން ހިންގެވުމަށެވެ. މަޖިލީސް އިންތިޚާބުގައިވެސް ރައްޔިތުންގެ މެސެޖަކީ އެއީ އެވެ. އެކަމަކު މަޖިލިސް އިންތިޚާބު ހަމަ ނިމުމާއެކު ދެން ފެނުނީ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ޓިކެޓުގައި ހޮވުނު ބައެއް މީހުންނާއި އަމިއްލަ ގޮތުން ހޮވުނު ބައެއް މީހުން ޕީޕީއެމަށް ސޮއިކުރި މަންޒަރެވެ. އިސާހިތަކު މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް އޮތީ ރައީސް ޔާމީނުގެ މުށުތެރޭގައެވެ. މިކަން މިމަގުން ހިނގާފައި އޮތީ އޮޓޯއިން ކަމަށް ގަބޫލުކުރާ ބަޔަކު ތިބިކަމަށް ވަނީ
ވިއްޔާ އެބަޔަކު އެތިބީ ޣާފިލުކަންމަތީގައެވެ.                   

ކޮންމެ އަކަސް ރައްޔިތުން ނުދޭ ބާރެއް ރައީސް އަބުދުﷲ ޔާމީނަށް ލިބުނީއެވެ. މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރަށް ލިބުނީމާ ދެންވާ ގޮތަކީ ވެރިމީހާގެ ނިންމެވުންތަކުގައި ތައްގަނޑު ޖަހައިލުން ފިޔަވައި އެހެން ކަމެއް ނުކުރެވުމެވެ. މިއަދުގެ މަޖިލީހުން ފެންނަނީ މި މަންޒަރެވެ. އޮޑިޓަރ ޖެނެރަލް ބޭރުކޮށްލުމާއި ސްޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރުމާއި ސެޒްގެ ގާނޫނާއި އަދި ނަޝީދަށް އެމްޑީޕީގެ ރައީސްކަން ގެއްލުވާލުމުގެ އިސްލާހަކީ މިމަގުން ހިންގާފައިވާ ކަންކަމެވެ. މިނިވަން މުވައްސަސާތަކަށް މީހުން އައްޔަންކުރަނީ މަޖިލީހުން ކަމަށްވެފައި މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރަށް އޮތުމުގެ މާނައަކީ މަގާމުގައި ދެމިތިބެން ބޭނުންނަމަ ސަރުކާރުން ކުރާކަންކަމަށް ދެލޯ މަރާލުމެވެ.  ސަރުކާރުގެ ފުލުސް މީހާގެ ދައުރު އަދާކުރުމެވެ.
 

މިއަދު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ބްރޯޑްކާސްޓިން ކޮމިޝަނާއި ޖުޑިޝަލް ސާވިސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނުން އެކުރަނީ މިމަސައްކަތެވެ. އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީންވެސް ކުރަނީ ހަމަ މިމަސައްކަތެވެ. ސަރުކާރުގެ އަމަލަކާއި ދޭތެރޭ ޗުއްޕު ބުނެލަން ކެރޭ  މީހަކު އެއިން ކޮމިޝަނެއްގައި ނެތެވެ. ކިރިޔާވެސް އަނގަ ހަލުވައިލުމުގެ ހިތްވަރު ހުރި ކަމަށް ފެންނަނީ ހިއުމަންރައިޓްސް ކޮމިޝަނުގެ މެންބަރުންގެ ފަރާތުންނެވެ.

ދެން އޮތީ އަދުލު އިންސާފުގެ ދާއިރާއެވެ. މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ހޯދައިގެން އުއްތަމަ ފަނޑިޔާރާއި ސްޕްރީމްކޯޓުގެ އެހެން ފަނޑިޔާރަކު ބޭރުކޮށްލި ގޮތް ހުރިހާ ފަނޑިޔާރުންނަށް ވެސް ފެނުނެވެ. މަގާމަށް އައްޔަންކޮށްފައި ތިބެނީ އުމުރު ދުވަހަށޭ ބަޔާންވެފައި އޮތަސް ހަގީގަތުގައި މަގާމުގެ މުއްދަތަކީ ސަރުކާރުގެ ރުހުމާއި ހެޔޮއެދުން ދެމިއޮތްހާ ދުވަހެކެވެ. އެކަން ބަދަލުވާ ދުވަހަކީ މަގާމު ގެއްލޭ ދުވަހެވެ. މަޖިލީހުން އައްޔަންކުރާ މީހުން ބޭރުކުރާނީ މަޖިލީހުންނެވެ. ޖުޑިޝަލް ސާވިސް ކޮމިޝަނުން އައްޔަން ކުރާ މީހުން ބޭރު ކުރާނީ އެކޮމިޝަނުންނެވެ. މިކަމާ ދޭތެރޭ އެއްވެސް ފަނޑިޔާރެއް ގާޒީއެއްގެ ހިތުތެރޭގައި ޝައްކެއް ނެތެވެ. އެހެންވުމުން ދެން މިވާގޮތަކީ ސަރުކާރު ބޭނުންވާގޮތް ނޫން އެހެން ގޮތަކަށް ނިޔާއިއްވާން ކެރޭ ފަނޑިޔާރަކު ނެތުމެވެ. ފަނޑިޔާރުގޭގެ މުސްތަގިއްލުކަން ގެއްލިގެން ދިއުމެވެ..

ފަނޑިޔާރުގޭގެ މުސްތަގިއްލުކަމާ ދޭތެރޭ ވާހަކަ ދައްކަން އަޅުގަނޑު ޖެހިލުންވެއެވެ. ލަދުވެސް ގަނެއެވެ. އެ މުސްތަގިއްލުކަމުގެ މިންވަރު ދެނެގަތުމަށް ތިޔަބޭފުޅުންނަށް އޮތީ މި ދައުރުގައި ފަނޑިޔާރުގެއަށް ދައުލަތުން ހުށައެޅި މައްސަލަތަކުގެ ނިޔާ އައިގޮތް ބަލައިލުމެވެ. ކާނަލް ނާޒިމާއި ރައީސް ނަޝީދުގެ ޝަރީއަތުގެ ސަފްހާތައް މުރާޖައާކޮށްލުމެވެ. ބައެއް ވިޔަފާރިތަކާ ދެކޮޅަށް ހުށައެޅުނު މައްސަލަތައް ބަލައިލުމާއި ފުލުހުން ހައްޔަރުކުރާ މީހުންގެ މުއްދަތު ޖެހުމުގެ ތަރުތީބަށް  ބަލައިލުންވެސް އެދެވިގެންވެއެވެ. މިކަންތަކަށް ރިއާޔަތްކޮށްފިއްޔާ ޖަވާބު ވަރަށް ސާފުވާނެއެވެ.

މިދެންނެވި ބާރުތައް މިބީދައިން ވެރިމީހާގެ މުށުތެރެއަށް ޖަމާވެ އެ ވެރިމީހާގެ ނަންފުޅުގައި ސަރުކާރުގެ އެކި ގިންތީގެ އެކިއެކި ވެރިން ހިންގަވާ ކަންތައްތަކާއި މެދު ރައްޔިތުން ޝަކުވާކުރަން ފެށީމާ ތިޔަކަންކަން މިނިވަން މުވައްސަސާތަކަށް ހުށައަޅާށޭ ނުވަތަ ޝަރީއަތުން އިންސާފު ހޯދާށޭ ބުނެ ސަރުކާރުން ޖަވާބު އެބަދެއެވެ. މި ޖަވާބު އިވުނީމާ އަޅުގަނޑުވެސް ހިނިއާދެއެވެ.

 އެހެންޏާ ފަހެ ރެހެންދި ފްލެޓުތައް ބެހުމުގައި އިންސާފެއް ނެތްކަން ސާބިތުކުރަން ދާން މިޖެހެނީ އެއިން ފްލެޓެއް ލިބުނު މީހުންގެ ތެރެއިން މީހެއްގެ ކައިރިއަށެވެ. އަނިޔާ ކުރާމީހާ އާއި ތަހުގީގު ކުރާމީހާ އާއި ނިޔާ އިއްވާމީހާ އެކަކަށްވީމާ ދެން އެއީ ހެޔޮވެރިކަމެކޭ ކިޔާނީ އެނިޒާމުން ބައިއެޅޭ މީހުންކަން ޔަގީނެވެ. ކޮންމެއަކަސް މިއަދު ސަރުކާރުގެ ތެރެއިން މިކުރާ ހުރިހާ ކަމެއް ކުރުމުގެ ފުރިހަމަ އިހްތިޔާރާއި ބާރު ރައީސް ޔާމީނަށް ލިބިގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް އެމަނިކުފާނަށް ލިބިވަޑައިގަތުމުންނެވެ. އަދި މަޖިލީހުގެ ކޮންޓްރޯލް ރައީސް ޔާމީނަށް ލިބިވަޑައިގަތީ ރައްޔިތުން ދިން ވޯޓަށް ހިޔާނާތްތެރިވި މެންބަރުންތަކެއް ރައްޔިތުންގެ މަޖިލީހުގައި ތިބުމުންކަން އެއީ މިއަދު ދެބަސްވެވެން ނެތް ހަގީގަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހ މ ޒ

2 އަހަރު ކުރިން

ނުދޭނަށް ބާރެއް ލިބުނީމާ ދެން ވާނީ މިހެންނެވެ!؟

0
0
ހ މ ޒ

2 އަހަރު ކުރިން

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ ވޯޓު އިރުއިރުކޮޅާ މަޖިލީހަށް ނުވެއްދޭނެހެން މަޖިލީހުގެ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ބަދަލުތަކެއް ގެނެސް އެމަސައްކަތްތައް ހުއްޓުވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕް!؟ މި ޖަވާބު އިވުނީމާ އަޅުގަނޑުވެސް ހިނިއާދެއެވެ!؟

0
0
ޙ ޟ

2 އަހަރު ކުރިން

ރައީސް ޔާމީނަކީ ރައްޔިތުންގެ ވޯޓުން ހޮވާފައި ހުންނެވި ރައީސެވެ!؟

0
0
އަލީ

2 އަހަރު ކުރިން

ސަތޭކައިގެ ލިޔުމެއް. މި ލިޔުން ޕްރިންޓް ކޮއްގެން މަގުމަތީގަ ބަަހަންވެސް ރަގަޅު

0
0