19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ފަތިސް 04:45
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:19
މަޣްރިބް 18:14
ޢިޝާ 19:27

ޕޮލިސް ކުލަބު

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

  • ޓީމު ވަރުގަދަ ކުރުމަށް ބިދޭސީ ދެކުޅުންތެރިއަކު ހިމަނާފައިވޭ
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 9 އޭޕުރިލް 2017 | އާދީއްތަ 18:11 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  6. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  7. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  8. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި


ޕޮލިސް ކްލަބުގެ ޖާޒީ ޑަކޭ އާ ހަވާލުކޮށްދެނީ -- މޯލްޑިވްސް ޕޮލިސް ސާރވިސް

ކްލަބު މޯލްޑިވްސް ވުމަންސް ފުޓްސަލް ފިއެސްޓާގައި ވާދަކުރާ ޕޮލިސް ކުލަބުގެ އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އެސިސްޓަންޓް ކޯޗު ހަސަން ހަމީދު ހަމަޖައްސައި، ކުޅުންތެރިންނާ ޖާޒީ ޙަވާލުކޮސްފިއެވެ.

 

އާދިއްދަ ދުވަހުގެ ހެނދު ބޭއްވި ބައްދަލުވުމެއްގައި ޓީމުގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ފުލުހުންގެ ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

 

މި ބައްދަލުވުމުގައި ޕޮލިސް ކްލަބުގެ ރައީސް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ނަދީމް އާއި ޕޮލިސް ކްލަބުގެ ހިންގާ ކޮމިޓީގެ ބައެއް މެމްބަރުންނާއި ޕޮލިސް ކްލަބު އަންހެން ފުޓްސަލް ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިން ބައިވެރިވިއެވެ.

 

ކްލަބު މޯލްޑިވްސް ވުމަންސް ފުޓްސަލް ފިއެސްޓާއަށް ވަރުގަދަ ޓީމެއް އެކުލަވާލުމުގެ ގޮތުން ޕޮލިސް ކްލަބުން ވަނީ ބިދޭސީ ދެ ކުޅުންތެރިޔަކު ގެނެސްފައެވެ.

 

އެގޮތުން ބްރެޒިލްގެ ފުޓްސަލް އަންހެން ކުޅުންތެރިއެއްކަމަށްވާ ޑި އޮލިވޭރާ ސިލްވާ އިވަނެއިޑީ އާއި ތައިލެންޑް ކުޅުންތެރިއެއްކަމަށްވާ މަމްޔާލީ ސަވިތްރީ މިހާރުވަނީ ޓީމާއި ގުޅިފައި ކަމަށް ޕޮލިސް ކްލަބުން މައުލޫމާތު ދެއެވެ.

 

މި މުބާރާތުގައި ޕޮލިސް ކުލަބު ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމެޕެނީ ލިމިޓެޑާއެވެ. މިމެޗު ފަށާނީ އާދިއްތަ ދުވަހުގެ 20:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް