25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ޔުވެންޓަސް ލީގާ ގާތަށް

ޔުވެންޓަސް ލީގު ނެގުމާ ގާތަށް

  • ބާކީ އޮތީ ހަތް މެޗު
  • ލަނޑުގެ ރެކޯޑް އާކުރުމުގެ ފުރުސަތު އެބައޮތް
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 9 އޭޕުރިލް 2017 | އާދީއްތަ 17:54 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ލަނޑުޖެހުމަށްފަހު ހިގައިން އަދި ޑީބާލާ އުފާފާޅުކުރަނީ -- ބީބީސީ

ގޮންޒާލޯ ހިގައިންގެ ދެ ލަނޑާއެކު ރޭ ކިއޭވޯ އަތުން މޮޅުވެ، އިޓާލިއަން ލީގުގެ ނެގުމާއި ގާތަށް ޔުވެންޓަސް އިން ޖެހިލައިފިއެވެ.

 

ހޮނިހިރު ދުވަހު ރޭ އަމިއްލަ ދަނޑުގައި 0-2 އިން ކިއޭވޯ އަތުން ޔުވެންޓަސް މޮޅުވެފައިވާއިއިރު، މިއީ އަމިއްލަ ދަނޑުގައި ޔުވެންޓަސް ޖެހިޖެހިގެން މޮޅުވި 32 ވަނަ މެޗެވެ. ޖެހިޖެހިގެން 6 ވަނަ ފަހަރަށް އިޓާލިއަން ލީގުގެ ނެގުމާއި ގާތަށް ޖެހިލާފައިވާ ޔުވެންޓަސް އިން ކިއޭވޯ ކޮޅަށް ފުރަތަމަ ލަނޑުޖެހީ 23 ވަނަ މިނެޓުގައެވެ.

 

ހިގައިން މި ލަނޑު ޖަފާފައިވަނީ އޭރިއާ ތެރެއިން ޑިބަލާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ދެވަނަ ލަނޑު ޖެހީ 84 ވަނަ މިނެޓުގައެވެ.

 

މި ދެ ލަނޑާއެކު ލީގުގައި ހިގައިން ޖެހި ގޯލްގެ އަދަދު 27 އަށް އެރީއެވެ. މިހާތަނަށް ލީގުގެ ސީޒަނެއްގައި އެންމެ ގިނަ ގޯލް ޖެހިކުޅުންތެރިޔާގެ ރެކޯޑްވެސް އޮންނަނީ ހިގައިންގެ އަތުގައެވެ.

 

އިޓަލިއަން ސީރިއާގެ ސީޒަނެއްގައި އެންމެ ގިނަ ގޯލްޖެހުމުގެ ރެކޯޑާއެކު ހިގައިންވަނީ މިދިޔައި ސީޒަނުގެ ޓޮޕް ސްކޯރާގެ ބޫޓު ހޯދަފައެވެ.

 

ގަނަރ ނޮދާލް 1949-1950 ހަދާފައިވާ ރެކޯޑް އޭގެ 66 އަހަރު ފަހުން ހިގައިން މުގުރާލީ 36 ލަނޑު ހަމަކޮށްގެންނެވެ. ނޮދާލްގެ ރެކޯޑަކީ 35 އެވެ.

ލީގުގައި ބާކީ ހަތް މެޗު ޔުވެންޓަސްއަށް އޮތް އިރު، އެ ރިކޯޑް އާކުރުމުގެ ފުރުސަތުވެސް ހިގައިންއަށް އެބައޮތެވެ.

 

ޔުވެންޓަސް އިން އިޓާލިއަން ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުން ޖެހިޖެހިގެން 32 މޮޅު ހަމަކުރީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެނެވެ.

 

ޔުވެންޓަސްއަށް 77 ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ ލިބޭއިރު، ދެވަނައިގައި ރޯމާ އޮތީ 68  ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް