13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

އެއަރ ފްރާންސް

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

  • ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރ މަހު
ރިޒުނާ ޒަރީރު | RiznaZareer

| 9 އޭޕުރިލް 2017 | އާދީއްތަ 14:11 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  4. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  5. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  6. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  7. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  8. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ


އެއަރ ފްރާންސްގެ ފްލައިޓެއް -- ގޫގުލް

ފްރާސްގެ އެއަރލައިން އެއަރ ފްރާންސުން ރާއްޖެއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި އެވެ.

 

ޗާރލްސް ޑި ގައުލޭ އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަލްއަށް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރ މަހުގެ ތެރޭގައެވެ.

 

 

މިދަތުރުތައް ފެށުމަށް ނިންމާ މިކަން އިއުލާންކޮށްފައިވަނީ ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހުގައެވެ.

 

އެމްއެމްޕީއާރްސީގެ މެނޭޖިން އެކްޓިން މެނޭޖިން ޑިރެކްޓަރ ހާރިސް މުހައްމަދު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި މިހާރުވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި މިކަމުގެ އެންމެ ބޮޑު ބޭނުމަކީ ޔޫރަޕްގެ ގައުމުތަކަށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް އިޝްތިހާރު ކުރުން ކަމަށެވެ.

 

މި ފްލައިޓްތައް ބާއްވަން ނިންމާފައިވާ ގޮތްތައް އޮގަސްޓް މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށާއި ރާއްޖެއަކީ މި އެއާލައިންގެ ދަތުރުތަކަށް ކާމިޔާބު މަންޒިލަކަށް ވެގެންދާނެ ކަމަށް އެއާ ފްރާންސްގެ ސީއީއޯ ވިދާޅުވި އެވެ. އަދި އެއާ ފްރާންސްއަކީ މިހާރުވެސް އިންޑިއަން އޯޝަންގެ ގައުމުތަކަށް ދަތުރުކުރަމުން އަންނަ އެއާ ލައިން އެކެވެ.

 

އަލަށް މިތަޢާރަފްކުރެވޭ ފްލައިޓާއި އެކު ދެ ގައުމުގެ ދެމެދުގައި އެކި ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ފްރާންސްއާއި ރާއްޖެއާއި ދެމެދު ޑައިރެކްޓް ފްލައިޓްތައް ބާއްވަން ފެށުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް