17 ފެބުރުއަރީ 2019 | އާދީއްތަ | 05 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ސައިރިކްސް ކޮލެޖު

ސައިރިކްސް ކޮލެޖުން އާ ޕްރޮގްރާމަކަށް ފުރުޞަޠު ހުޅުވާލައިފި

  • މިއީ ގްރޭޑް 10 އެއް ނިންމާ ކުދިންނަށް ހާއްސަ ޕްރޮގްރާމެއް
  • މިމަހުގެ ނުވަ ވަނަ ދުވަހު ސަރޓިފިކޭޓް 3 ގެ ހަތަރު ބެޗެއް ފެށޭނެ
  • ސައިރިކްސް ކޮލެޖަކީ ރާއްޖޭގައި އެންމެ ދުވަސްވީ ކޮލެޖު
ރިޒުނާ ޒަރީރު | RiznaZareer

| 9 އޭޕުރިލް 2017 | އާދީއްތަ 13:28 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ސައިރިކްސް ކޮލެޖު -- ފޭސްބުކް

ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމުގެ ނަމުގައި ސައިރިކްސް ކޮލެޖުން އާ ޕްރޮގްރާމަކަށް ފުރުޞަޠު ހުޅުވާލައިފިއެވެ.

 

ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމު (ޔޫ.ޕީ.ޕީ) އަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އިން އެޕްރޫޕް ކޮށްގެން ހިންގާ ތިން މަހުގެ ކޯހެކެވެ.

 

ސައިރިކްސް ކޮލްޖުން ބުނިގޮތުގައި މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޔޫ.ޕީ.ޕީ ޕްރޮގްރާމަކީ، ގްރޭޑް 10 އެއް ނިންމާ، މަތީތަޢުލީމަށް ދާން ބެނުންވެ އެހެނަމަވެސް ތަފާތު ސަބަބުތަކާއި ހުރެ، މަތީ ތައުލީމަށް ދެވޭނެ ފުރުޞަޠު ނުލިބިފައި ތިބި ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ.

 

މި ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ، ގްރޭޑް 10 އެއް ނިންމާފައި ވުމާއި އެކު، ޢުމުރުން 20 އަހަރުވެ، މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހު އުޅެފައިވުން ކަމަށް ސައިރިކްސްއިން ބުންޏެވެ.

 

ތިން މަސް ދުވަހުގެ މި ޕްރޮގާމު ނިންމާ ދަރިވަރުންގެ ތެރެއިން ފާސްވާ ދަރިވަރުންނަށް ސައިރިކްސް ކޮލެޖުން ހިންގާ ޑިގްރީ ޕްރޮގްރާމުތަކުގައި ބައިވެރިވެވޭނެއެވެ.

 

ސައިރިކްސް ކޮލެޖުން މައުލޫމާތުދިން ގޮތުގައި މި ޔޫ.ޕީ.ޕީ ޕްރޮގްރާމުގެ އިތުރުން މިމަހުގެ ނުވަ ވަނަ ދުވަހު ސަރޓިފިކޭޓް 3 ގެ ހަތަރު ބެޗެއް ފެށޭނެއެވެ. 

 

އެއީ ސަރޓިފިކޭޓް 3 އިން އައި.ޓީ، އެކައުންޓިން އެންޑް އޮފީސް މެނޭޖްމަންޓް އަދި އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ކޯސްތަކެވެ.

 

މީގެ އިތުރުން މިމަހުގެ ތޭވީސް ވަނަދުވަހު ފެށުމަށް ހަމަޖެހިފއަވާ 8 ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަޠުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

 

އެ ކޯސްތަކަކީ، ސަރޓިފިކޭޓް 3 އިން ހިއުމަން ރިސޯސް މެނޭޖްމަންޓް، ސަރޓިފިކޭޓް 4 އިން ހިއުމަން ރިސޯސް މެނޭޖްމަންޓް، ސަރޓިފިކޭޓް 4 އިން ބިޒިނަސް އެޑްމިނިސްޓްރޭޝަން، ސަރޓިފިކޭޓް 4 އިން އައިޓީ އާއި، އެއް އަހަރުގެ ޑިޕްލޮމާ އިން އައިޓީ އާއި، އެއް އަހަރުގެ ޑިޕްލޮމާ އިން ބިޒިނަސް މެނޭޖްމަންޓްއާއި، އެއްއަހަރުގެ ޑިޕްލޮމާ އިން އެކައުންޓިންގ އެންޑް ފައިނޭންސްގެ އިތުރުން، ޔޫ.ޕީ.ޕީ ޕްރޮގްރާމެވެ.

               

ސައިރިކްސް ކޮލެޖަކީ ރާއްޖޭގައި އެންމެ ދުވަސްވީ ކޮލެޖަށް ވުމުގެ އިތުރުން، ކިޔަވައިދިނުމުގެ ދާއިރާއިން އެތައް ކާމިޔާބީތަކަކާއި އެތައް އެވޯޑްތަކެއް ހޯދާފައިވާ އިރުބާރު ހިފޭ ކޮލެޖެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މަރީ

2 އަހަރު ކުރިން

ސައިރިކްސް އިޒް ބެސްޓް

0
0