24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: މަލާގާ އަތުން ބަލިވެ ބާސާ އަށް ފުރުސަތު ގެއްލިއްޖެ

  • ބާސާ އޮތީ 69 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައި
  • މެޗުން ބާސާ މޮޅުވިނަމަ ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބޭނެ
ލީވާން އަލީ | MrLeevaan

| 9 އޭޕުރިލް 2017 | އާދީއްތަ 13:27 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ބާސާ އަދި މަލާގާ ބައްދަލުކުރި މެޗުގެ ތެރެއިން -- ގޯލް.ކޮމް

ސްޕެނިޝް ލަލީގާގައި މަލާގާ އެފްސީ އަތުން ބަލިވެ ބާސެލޯނާއަށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ރަނުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ބާސާ ބަލިވީ މަލާގާއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

މަލާގާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ ބާސާ އިންނެވެ. އެގޮތުން މަލާގާގެ ހާފަށް ބާރުބޮޑުކޮށް ބާސާ އިން ވަނީ އެޓީމުގެ ގޯލަށް ނުރައްކާކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ބާސާގެ ލުއިސް ސުއަރޭޒް އަށް ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ. މަލާގާ އިން މެޗުގެ ލީޑު ނެގީ 32 ވަނަ މިނެޓުގައި ސާންޑްރޯ ރަމިރޭޒް ކަސްޓިލޯ އެވެ. ސާންޑްރޯ އަކީ ބާސާ އަށް ކުރިން ކުޅުނު ކުޅުންތެރިޔެކެވެ.

މި ލަނޑާއެކު ބާސާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، އެޓޭކްތައް އިތުރުކުރި އެވެ. އެގޮތުން ނަތީޖާ ހަމަހަމަކުރުމަށް އެޓީމަށް ވަނީ ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ބާސާގެ މައްޗަށް މަލާގާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅށް ކުޅެފައިވަނީ ބާސާ އެވެ. އެހެންނަމަވެސް މަލާގާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލުމަށް ބާސާ އަށް ވަނީ ގިނަ ދަތިތަކެއް ކުރިމަތިވެފައެވެ.
އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ބާސާގެ ނޭމާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން އެޓީމުގެ އެޓޭކަށް އުނިކަމެއް ވަނީ އައިސްފައެވެ. އޭގެ ފައިދާ ނަގާ މަލާގާ އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ.

އެގޮތުން ނަތީޖާއެއްގެ ގޮތުން މެޗުގެ އިތުރުވަގުތުގެ ތެރޭގައި ކައުންޓާ އެޓޭކުގައި ބާސާ ކޮޅަށް މަލާގާ އިން ވަނީ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޮނަތަން ރޮޑްރިގޭޒް މެންޑޭޒް އެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 31 މެޗުން ލިބުނު 69 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގަ އެވެ. މެޗުން ބާސާ މޮޅުވި ނަމަ ލަނޑުގެ ތަފާތުން އެޓީމަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބޭނެއެވެ. ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތީ 72 ޕޮއިންޓް ހަމަކޮށްގެން ރެއާލް މެޑްރިޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް