23 ޖެނުއަރީ 2019 | ބުދަ | 05 ހުވަން
17 ޖުމާދަލްއޫލާ 1440
އިޝާ 19:33
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ޑިޕްރެޝަން

ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

 • ޑިޕްރެޝަންގެ ސަބަބުން ހިތުގެ ބައްޔަށް މަގުފަހިވޭ
 • ޑިޕްރެޝަން ހުންނަ މީހުންނަށް އަވަސް ފަރުވާ ދެވިއްޖެ ނަމަ މިއީ ރަގަޅު ކުރެވޭނެ ކަމެއް
 • ފާއިތުވި 10 އަހަރު ތެރޭގައި މި ބަލި ވަނީ 18 ޕަސެންޓް އިތުރުވެފައި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 8 އޭޕުރިލް 2017 | ހޮނިހިރު 22:58 | |

މަގުބޫލް

 1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
 2. ''އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން''
 3. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
 4. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
 5. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
 6. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
 7. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
 8. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި


ޑިޕްރެޝަން ބަލި -- ގޫގުލް

އަބަދު މާޔޫސްވެ، ދިރިއުޅުމުގައި އުންމީދެއް ނެތްކަން އިހުސާސް ކުރެވި، ދިރިއުޅުން މަތިން ފޫހިވާ ގޮތް ދިމާ ހެއްޔެވެ. ވަކި ކަމެއް ނޭނގި އާދަޔާ ހިލާފަށް ދެރަވެ، ރޮވޭ ގޮތް ދިމާވޭ ހެއްޔެވެ. މީހުން ދެކެ ރުޅިގަދަވެ، އެމީހުންނާ އޮންނަ ގުޅުން އެއްކޮށް ކަނޑާލަން ހިތަށް އަރާ ހެއްޔެވެ. އަބަދުވެސް އެންމެ ގަޔާވާ ކަންކަން ކުރަން ފޫހިވެ، ހިތްހަމަ ޖެހޭ ކަންކަމުގެ ގޮތުގައި ކުރިން ކުރާ ކަންކަން ކުރަން ފޫހިވޭ ހެއްޔެވެ. ނޫނީ ހަޔާތުގެ ނިންމުންތައް ނިންމަން އުނދަގޫވެ، ހަޔާތާމެދު އިންތިހާއަށް ކަންބޮޑުވާ ގޮތް ދިމާވޭ ހެއްޔެވެ. ނިދުމަށް އުނދަގޫވެ، މީހުންނާ ވާހަކަދެއްކުމުގެ ބޭނުމެއް ނެތްކަން އިހުސާސްކުރެވޭ ހެއްޔެވެ. ނޫނީ ކަންކަމާ ދެރަވާ ވަގުތުތަކުގައި އަމިއްލަައަށް މަރުވުމަށް ނުވަތަ އަމިއްލަ ނަފްސަށް ޖިސްމާނީ ގޮތުން އަނިޔާ ދިނުމަށް ހިތަށް އަރާ ހެއްޔެވެ.

ހަމަގައިމުވެސް މިއީ ކޮންމެ މީހަކަށް ވެސް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އިހްސާސްކުރެވޭނެ ކަންކަމެވެ. މިފަދަ އިހްސާސްތަކާ ކުރިމަތިލަން ނޭނގި ޑިޕްރެޝަނަށް މަގުފަހިވެގެންދެ އެވެ. މިއީ ޑިޕްރެޝަންކަން އެނގެނީ ކިތައްމީހުންނަށް ތޯ އެވެ. ނުވަތަ ޑިޕްރެޝަން ކަން އެނގުނަސް އެކަމާ ކުރިމަތިލާ، ބޭނުންވާ އެހީތެރިކަން ހޯދަނީ ކިތަށް މީހުން ހެއްޔެވެ.

ދުނިޔޭގެ ސިއްހަތުގެ ދުވަހާ ގުޅުވައިގެން، ސިއްހަތު ޖަމިއްޔާއިން މިއަހަރަށް ކަނޑައަޅާފައިވާ މައުލޫއަކީ "ޑިޕްރެޝަން، ލެޓްސް ޓޯކް" އެވެ. މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ޑިޕްރެޝަން އަށް ޑައިގްނޯސް ކުރެވިފައިވާ މިންވަރު ވަނީ 18 ޕަސެންޓް އިތުރުވެފަ އެވެ. އަދި ދުނިޔޭގައި 300 މިލިއަން މީހުން މިހާރުވެސް ޑިޕްރެޝަން ތަހައްމަލު ކުރަމުންދެއެވެ.

ޑިޕްރެޝަން ގިނަ ދުވަސްތަކެއް ވަންދެން ތަހައްމަލު ކުރާ ފަރާތްތަކަށް، ތަފާތު ނުކުޅެދުންތެރިކަމާއި ހިތުގެ ތަފާތު ބަލިތަކަށް މަގުފަހިވެގެ ދެއެވެ.

ޑިޕްރެޝަނަކީ މި މުޖުތަމައުގައިވެސް އެތަށް ބަޔަކު ތަހައްމަލު ކުރަމުންދާ ކަމަކަށްވާ އިރު، މި ބަލީގައި ބޮޑުވަރުވުމުން ނޫނީ، މިއީ ފަރުވާ ބޭނުންވާ ކަމެއް ކަމުގައި ގިނަ މީހުންނަށް ވިސްނިފަ އެއް ނުވެ އެވެ.

ރާއްޖޭގައި މި ބައްޔަށް އެންމެ އެކަށީގެންވާ މިންވަރެއްގައި އާއްމުން ހޭލުންތެރިވެފައިނުވާ ކަމަށް ކަމާ ގުޅޭ ފަރާތްތަކުން ބުނެ އެވެ. އަދިވެސް އެހީއަށް އެދި ކައުންސިލިންނާއި ތެރަޕިސްޓެއްގެ އެހީ ހޯދުމަކީ މީހުންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ.

އަދި އެފަދަ އެހީއެއް ހޯދާ މީހުންނަނީ މޮޔައިން ކަމަށް، ނުވަތަ ބުއްދި ހަމަ ނޫން މީހުންގެ ގޮތުގައި ވަރަށް ފަސޭހައިން މުޖުތަމައުގައި ލޭބަލް ކުރެވެ އެވެ.

ޑިޕްރެޝަނާއި ހިތުގެ ބަލިތަކާއި ގުޅުން ހުރި ނަމަވެސް ޑިޕްރެޝަން ޖެހޭ މީހުން ހިތުގެ ބައްޔަށް ދާ މިންވަރު މިހާތަނަށް ދެނެގަނެވިފަ އެއް ނުވެ އެވެ. އެހެން ނަމަވެސް ޑިޕްރެޝަން ހުންނަ މީހުންނަށް ހަރޓް އެޓޭކް ޖެހުމުގެ ރިސްކު ބޮޑު އިރު ހިތުގެ ބަލި ހުންނަ މީހުންވެސް ޑިޕްރެޝަނަށް ދިޔުމަށް މަގުފަހިވާކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

 ދިރާސާތަކުން ދައްކާގޮތުން، ޑިޕްރެޝަން ހުންނަ މީހުންގެ ހަށިގަނޑުގައި ހުންނަ ބްލަޑް ސެލްތައް ހަޑިގަނޑު ދުޅަހެޔޮކޮށް ހުންނަ މީހުންގެ ބްލަޑް ސެލްތަކުގައި ހުންނަ ތެއްކަމަށް ވުރެ ތެއްކަން ކުޑަ އެވެ. މިކަކަމުގެ ސަބަބުން ލޭ ގަނޑު ވުން ނުވަތަ ބްލަޑް ކްލޮޓްވުމަށް މަގުފަހިވެ އެވެ. އަދި މިއީ ހަރޓް އެޓޭކް ޖެހުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

ޑިޕްރެޝަން ތަހައްމަލު ކުރަމުންދާ މީހުންނަށް ދިރިއުޅުމުގައި ސިއްހަތަށް ގެއްލުންވާފަދަ އާދަތައް ގިނައިން ގެންގުޅެވޭތަން އާދެ އެވެ. އެގޮތުން ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ކަސްރަތު ނުކުރުމާއި، ކެޔުމުގައި ރަގަޅު އާދަތައް ހިމެނެ އެވެ.

މިފަދަ އާދަތަކުގެ ސަަބަބުން ނުރައްކާތެރި ބަލިތައް ޖެހުމަށް މަގުފަހިވެގެންދެ އެވެ.

އެމެރިކާގައި ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުން ހިތުގެ ބަލި ހުންނަ އަދި ޑިޕްރެޝަންއަށް ޑައިގްނޯސް ކުރެވިފައިވާ މީހުން، ހިތުގެ ބަލި ހުރެ ޑިޕްރެޝަން ނެތް މީހުންނަށް ވުރެ މަރުވުމުގެ ފުރުސަތު ދެ ދެ ގުނަ ބޮޑެވެ. މިކަމުންވެސް އެނގެނީ، ހިތުގެ ބަލި ހުންނަ މީހުންނަށް ޑޮކްޓަރީ ގޮތުން މީހާގެ ހަށިގަނޑަކަށް ދޭ ފަރުވާގެ އިތުރުން އެމީހާއަކީ ޑިޕްރެޝަން ހުންނަ މީހެއްތޯ ބަލަންޖެހޭ ކަމެވެ.

ޑިޕްރެޝަން ތަހައްމަލު ކުރާ ނަމަ، އެކަމަށް ބޭނުންވާ އެހީތެރިކަން ހޯދުމަކީ ކޮންމެހެން މުހިއްމުކަމެކެވެ. އަދި އެކަމުގައި އެހީތެރިވެދޭނެ ތެރަޕިސްޓެއް ނުވަތަ ކައުންސިލެއްގެ އެހީތެރިކަން ހޯދުމަކީ ކޮންމެހެން މުހިއްމު ކަމެވެ. އަދި އެފަދަ ކަމެއް ދިމާވާ ރައްޓެއްސެއް ނުވަތަ އައިލާ މީހެއް ހުރި ނަމަވެސް އެކަން ކަމާ ގުޅޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ފަރުވާ ހޯދައިދިނުމަށް ހިތްވަރު ދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. އެހެން ނޫންނަމަ އެފަދަ ގާތްއެކުވެރިންނާއި އައިލާގެ މެންބަރުން ގެއްލިގެން ހިނގައިދާނެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް