17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ސީރިޔާ ހަނގުރާމަ

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

  • އިދްލީބަށް ހޯމަ ދުވަހު ދިން ކެމިކަލް ހަމަލާ ކަމަށް ބެލެވޭ ހަމަލާއާއި ގުޅިގެން މަދުވެގެން 74 މީހުން މަރުވެ 557 މީހުންނަށް ފަރުވާ ދޭންޖެހުނު
އަހުމަދު އަނޫޝު | IamAhmedAnoosh

| 8 އޭޕުރިލް 2017 | ހޮނިހިރު 03:23 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


ސީރިޔާ ހަނގުރާމައިގައި ބިމާ ހަމަވެފައިވާ އިމާރާތެއްގެ ކައިރީ ކުޑަ ކުއްޖަކު ހުއްޓިލައިގެން -- އާކައިވް

ގިނަ އަހަރުތަކެއްވެފައިވާ ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ކެމިކަލް ހަތިޔާރު ބޭނުން ކުރާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އަޑުއަހާ ވާހަކައެކެވެ. ކެމިކަލް ހަތިޔާރު ސީރިޔާ ހަނގުރާމިގެ ތެރޭ ބޭނުން ކުރާ ކަމަށް ދުނިޔޭގެ 190 އަށް ވުރެ ގިނަ ގައުމު ހިމެނޭ ޖަމާއަތް ކަމަށްވާ އދ އިން ވަނީ ކަށަވަރުކޮށްވެސް ދީފައެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި ނުވަތަ އަހަރުތަކުގައި ކެމިކަލް ހަމަލާ ދިނުމުގެ ހާދިސާތަކަށް ބަލާއިރު 2013 ގައި ވެރިރަށް ޑަމަސްކަސްގެ ރަށްބޭރުގައި ދެވުނު "ގޮޓާ ހަމަލާ" އާއި 2013 ގައި އަލެއްޕޯގެ ރަށް ބޭރުން ދެވުނު "ހާން އަލް-އަސަލް ހަމަލާ" އާއި 2014 އަދި 2015 ގައި ދިން ހަމަލާތައް ފާހަނގަކޮށްލެވެއެވެ.

މި އޭޕްރީލް 4 ގައި ސީރިޔާގެ ޓައުނެއް ކަމަށްވާ އިދްލީބްގައި ދިން ކެމިކަލް ހަމަލާއެއް ކަމަށް ބެލެވޭ ހަމަލާއާ ގުޅިގެން ބައިނަލްއަގްވާމީ ދުނިޔޭގެ ލޯ ވަނީ ސިރިޔާއަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ. ސަބަބުތައް ގިނައެވެ. މި ހަމަލާގެ މަންޒަރުތައް މީޑިއާގައި އާންމުވެގެން ގޮސްފައި ވަނީ ފަތުއަޑު ކިޔާފައެވެ. ތުއްތުތުއްތު ކުދިން މަރަށް ތެޅެމުން ދިޔަ މަންޒަރާއި ކެމިކަލްގެ އަސަރުކޮށްގެން މަރުވެފައިވާ ހަށިތައް ފެނިފައި ޣައިރު މުސްލިމުން ވެސް ވަނީ ފެންކަޅިވެފައެވެ. އެ މަންޒަރުތައް ފެނުމުން އިންސާނިއްޔަތުކަމެއް ހުރި ކޮންމެ މީހެއްގެ ލޮލުން ވެސް ކަރުނަ އޮހޭނެއެވެ. އެހާ ވެސް ރަހުމްކުޑަ ހަމަލާއެކެވެ.

 އޭޕްރީލް ހަތަރުގައި އިދްލީބަށް ދިނީ ކެމިކަލް ހަމަލާއެއް ކަން ކަށަވަރުވެއްޖެ ނަމަ މި ހަމަލާ ވެގެން ދާނީ 2013 ގައި ދިމިސްކްގެ ރަށްބޭރުގައި ދެވުނު "ގޮޓާ ހަމަލާ" އަށް ފަހު ދިން، ދެވަނައަށް އެންމެ ނުރައްކާތެރި ކެމިކަލް ހަމަލާއަށެވެ.

އިދްލީބަށް ހޯމަ ދުވަހު ދިން ކެމިކަލް ހަމަލާ ކަމަށް ބެލެވޭ ހަމަލާއާ ގުޅިގެން މަދުވެގެން 74 މީހުން މަރުވެ 557 މީހުންނަށް ފަރުވާ ދޭންޖެހިފައި ވެއެވެ. މިހަމަލާއާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުއިން އިނގިލި ދިއްކުރަނީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށެވެ. ނަމަވެސް އަސަދުގެ ސަރުކާރުން ބުނަމުން ދަނީ އެފަދަ ހަމަލާއެއް ނުދޭ ކަމަށެވެ.

ސީރިޔާ ސަރުކާރުން އިދްލީބަށް ކެމިކަލް ހަމަލާ ދިން ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ސީރިޔާ ސަރުކާރުން އެކަން ވަނީ ދޮގުކޮށްފައެވެ. ސީރިޔާގެ ސިފައިން ކެމިކަލް ހަތިޔާރު "ބޭނުން ނުކުރާ ކަމަށާއި އަދި ކުރިއަށް އޮތްތާނގައި ވެސް ބޭނުން ނުކުރާނެ" ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރު ވަލީދް މުއައްލިމް ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ. މުއައްލިމް ވިދާޅުވީ ސީރިޔާ ސަރުކާރުން ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނީ ހަމައެކަނީ އާންމު ރައްޔިތުންނަށް އެކަނި ނޫން ކަށާއި އާންމުންނަށް ހަމަލާ ދޭ ޓެރަރިސްޓް ޖަމާއަތްތަކުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ވެސް ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނެ ކަމަށެވެ.

މި ހަމަލާއާ ގުޅިގެން އދ. ގެ ސަލާމަތީ ކައުންސިލުން ވެސް ވަނީ އެއްވެ މަޝްވަރާކޮށްފައެވެ. ބުދަދުވަހު ބޭއްވި ސެކިޔުރިޓީ ކައުންސިލް ބައްދަލުވުމުގައި އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސް އިން ވަނީ އިދްލީބަށް ދިން ހަމަލާއާ ގުޅިގެން ގަރާރެއްގެ ޑްރާޕްޓް ހުށަހަޅާފައެވެ. މި ގަރާރުގައި ވަނީ އިދްލީބަށް ދިން ހަމަލާ ފުރިހަމަޔަށް ތަހުގީގު ކުރުމަށް ގޮވާލާފައެވެ. މި ބައްދަލުވުމުގައި ރަޝިއާ ވަނީ ސީރިޔާ ދިފާއުކޮށް ވާހަކަ ދައްކާފައެވެ. ރަޝިއާ އިން ބުނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސް އިން ހުށަހެޅި ގަރާރަކީ "ބަލައިގަނެވޭނެ" ގަރާރެއް ނޫން ކަމަށެވެ.

ރަޝިޔާގެ ވިސްނުން ކޮންމެ ގޮތަކަށް ހުރި ނަމަވެސް މިހާރު ރަޝިޔާގެ އެންމެ ގާތް މިތުރުގެ ގޮތުގައި ހުންނެވި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމް ވަނީ މި މައްސަލައިގަ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާފައެވެ. ހަމަލާގެ މަންޒަރުތަކަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. 

މެދުއިރުމަތީގެ މައްސަލައިގަ މީގެ ކުރިން ޓްރަމްޕް ގެންގުޅުއްވީ "ވަރިހަމަ" ސިޔާސަތެކެވެ. ހާއްސަކޮށް މެދުއިރުމައްޗާއި އެނޫން ވެސް ތަންތަމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެމެރިކާ ބައިވެރިވުމާ މެދު ޓްރަމްޕް ދެކޮޅެވެ. ނަމަވެސް ސީރިއާގައި ދިން މި ހަމަލާ އަށް ފަހު ޓްރަމްޕް ހަމައެކަނި ކޯފާ އިސްކުރެއްވީކީ ނޫނެވެ. އޭނާ ވަނީ އިދްލީބުގެ އަސްކަރީ މަރުކަޒަށް މިސައިލް ހަމަލާ ދިނުމަށް އަމުރުކުރައްވާފައެވެ. އަދި މި އަމުރާ އެކު އެމެރިކާގެ މަނަވަރުތަކުން ވަނީ އަސްކަރީ ވައިގެ މަރުކަޒަށް މިސައިލްތައް އޮއްސާލައި މުޅި ތަން ސުންނާފަތި ކޮށްލާފައެވެ. މިއީ ސީރިއާގެ ހަނގުރާމައިގަ އެމެރިކާ އިން ސީދާ ގޮތެއްގައި ހަމަލާތަކެއް ދިން ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެމެރިކާ އިން ދިޔައީ ނުސީދާ ގޮތެއްގައި އަސްކަރީ އެހީ ފޯރުކޮށްދެމުންނެވެ. ހާއްސަކޮށް މެދުއިރުމަތީގައި ސައުދީން ހިންގާ އޮޕަރޭޝަންތަކަށް ދިޔައީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެމެރިކާ އިން ސީރިޔާއަށް ދިން ހަމަލާއާއި ގުޅިގެން ރަޝިއާ ވަނީ ހިތްހަމަ ނުޖެހިފައެވެ. ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ އެކުވެރިއެއް ކަމަށްވާ ރަޝިޔާ އިން ބުނެފައި ވަނީ އެމެރިކާ އިން ވައިގެ ހަމަލާ ދިނުން ގަބޫލް ނުކުރެވޭނެ ކަމަށެވެ. ރަޝިއާއަކީ ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަމަލާ ދިނުމުގައި ސީރިޔާގެ ބައިވެރިއެކެވެ

ސީރިއާގެ މި ހަމަލާއާ ގުޅިގެން ބޮޑެތި ބާރުތައް ދެ ބަޔަކަށް ބެހިގެން ގޮސްފައިވާ އިރު ކުޅި ބަލަން ނޯންނާނެ ކަމަށް އެމެރިކާ އިން ދަނީ ބުނަމުންނެވެ. އެމެރިކާ އިން ހަމަލާތައް ވަރުގަދަކޮށްފި ނަމަ ރަޝިޔާ އިން ވެސް އޭގެ ބަދަލު ދޭނެ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. އެ ގޮތުން އަސަދަށް ފޯރުކޮށްދޭ އަސްކަރީ އެހީތެރިކަން އިތުރަށް ވަރުގަދަވާނެ ކަމަށް އަންދާޒާކުރެވެ އެވެ. 

އަނެއްކޮޅުން މި މައްސަލައިގަ އދ. އަދި ނޭޓޯ ފަދަ ޖަމާއަތްތަކުން އަމަލުކުރާނެ ގޮތެއް އަދި ވަނީ ނޭނގުމެއްގެ ތެރޭގައެވެ. ކޮންމެއަކަސް ކުޑަކުދިންތައް މަރަށް ތެޅެމުން ދިޔަ މަންޒަރާ އެކު މުޅި ދުނިޔެ ވަނީ ރުޅި އަރުވާލާފައެވެ. މިއީ ފަހުގެ ތާރީހެއްގައި މެދު އިރުމަތީގައި ދިން މިފަދަ ހަމަލާއެއްގައި އެންމެ ގިނަ ބަޔަކަށް އަސަރުކުރި އެއް ހަމަލާއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް