14 ނޮވެންބަރު 2018 | ބުދަ | 02 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރިޝްވަތުދޭ ވާހަކަ

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

  • ވޯޓް ދިނުމުން ކަންކަން ކޮށްދޭނަމޭ ބުނުންވެސް ރިޝްވަތު ކަަމަށް ބެލެވިދާނެ
  • މައްސަލައަކަށްވަނީ ޤާސިމް އެއްޗެއް ވިދާޅުވުމުން
  • މިކަންކަން ގާސިމް ސިފަކުރަނީ ސިޔާސީ މަޖާގަނޑެއްގެ ގޮތުގައި
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 7 އޭޕުރިލް 2017 | ހުކުރު 18:07 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ވެލެޒިނީ ހައްޔަރު ކޮށްފި


ވަޒީރުންގެ މަޖްލީހުގެ ޖަލްސާއެއްގެ ޔާމިން ރިޠާސަތު ބަލަހައްޓަވަނީ -- އާކައިވް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހައްޔަރުކޮށްފިއެވެ. ސަބަބަކީ ރިޝްވަތު ދޭން އުޅުމެވެ. އެ ތުހުމަތުކުރީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް އިނާޔަތް ދެއްވާނެ ކަމަށް ވިދާޅުވުމުންނެވެ. މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުން ރައްޔިތުންގެ މަޖްލީހުގެ އިތުރު ދައުރަކަށް ހޮވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވުންވެސް މި ލިސްޓުގައި ހިމެނެއެވެ. ނަމަވެސް އެވާހަކަތައް ޤާސިމް ގެންދެވީ ދޮގުކުރައްވަމުންނެވެ.

 

މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުން އިތުރު ދައުރަކަށް ހޮވަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ޤާސިމް ވިދާޅުވުމަކީ ރިޝްވަތު ދިނުމުގެ އަމަލަކަށްވާނަމަ އެ އެމަލު އެންމެ ގިނައިންކުރާ ފަރާތަކީ މިހާރު ވެރިކަމުގައި ހުރި އަބްދުﷲ ޔާމިންއެވެ. އޭގެވެސް ސަބަބެއް އެބައޮތެވެ.

 

ޤާނޫނު އަސާސީގެ ފުރަތަމަ ބާބުގައި އެންމެ ފުރަތަމަވެސް ބުނަނީ އެންމެހައި ޙައްގުތައް ކަށވަރުކޮށްދޭކަމަށެވެ. ސަތާރަވަނަ މާއްދާގައި ބުނަނީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކޮށްގެންނުވާނެއެވެ. ވިހިވަނަ މާއްދާގައި ބުނަނީ އެންމެވެސް ހަމަހަމަވެގެންވާނެ ކަމަށެވެ. ގާސިމް ބުނާގޮތަށް ވޯޓް ދީފިއްޔާ ދެންއަންނަ ދައުރަކަށް އިންތިޚާބުވުމަށް އެހީތެރިވެދޭނެ ކަމަށް ވިދާޅުވުން އެއީ ރިޝްވަތު ކަމަށްވާނަމަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޔާމިން ވިދާޅުވާ ބަޔަކަށް ވޯޓް ދިނުމުން ރަށްރަށުގެ ބަނދަރު ހަދާދޭނެކަމަށް ޔާމިން ބުނުމަކީ ރިޝްވަތު ދިނުމުގެ އަމަލަކަށް ފުދެއެވެ.

 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވާހަކަވެސް އޮތީ ހަމަ އެގޮތަށެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ބަޔަކަށް ނުވަތަ ކެނޑިޑޭޓަކަށް ވޯޓް ދިނުމުގެ ޙައްޤު ލިބިގެންވެއެވެ. އެހެންކަމުން ވޯޓްދޭ ޕާޓީއަކުން ވޯޓްދޭ ކެނޑިޑޭޓެއްގެ ގޮތުން އެއްވެސް ކަމެއްގައި ތަފާތެއް ނުކުރެވޭނެއެވެ. ދައުލަތަކުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ޖެހޭނީ ކޮށްދޭށެވެ. އެކަމަކަށް ބަހަނާއެއް ނެތެވެ. އެގޮތަށް އެކަންއޮތް ވޯޓްދީފިނަމަ ވާބަނދަރު ހަދައިދިނުމާއި ނަރުދަމާ އަޅައިދިނުމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި އަދި ކިއެއްތަ ބްރިޖްގެ ވާހަކަ ދެއްކުމަކީވެސް ރިޝްވަތުގެ އަމަލަކަށް ބަލާންޖެހެއެވެ. އެއ ޔާމިން ދައްކާ ވާހަކައަކަށްވިޔަސް ވަރިހަމައެވެ.

 

 

ގޯސްމިވީ ޤާސިމާއި ހިސާބުންނެވެ. ކުއްވެރިމިވީ ޤާސިމް ބަޔަކަށް އެހީވާނެ ކަމަށް ވިދާޅުވުމުންނެވެ. އެވަރުވީމައި ސަރުކާރާއި މިނިވަން މުއައްސަސާތަކަށް ހަމަ ސާބަސް ކިޔަންޖެހެއެވެ. ތިޔަދެއްކި ހުއްޖަތްނޫން އެހެންކަމެއް ނުފެނުނީ ކަމަށް ވެދާނެއެވެ. ނޫނީ ދެން އެހެން ކަމެއް ނެއްތިއްޔާ ޤާސިމް ވިޔަފާރި ކުރައްވާތީ ވިޔަފާރިތަކަށް ނުފޫޒު ފޯރުވާނޭ ކަމަށް ތުހުމަތު ކުރެވޭކަމަށް ހަދާށެވެ. ނޫނީ ޤާސިމް ކައިބޮއިއުޅޭތީ ކާޑުގެ ބާވަތްތަކަށް ނުފޫޒު ފޯރުވައިފާނެ ކަމުގެ ތުހުމަތުގައި ހައްޔަރުކުރާށެވެ. އެވަރުންވެސް ނުވަންޏާ ޤާސިމް ގަޟާހާޖާ ކުރައްވާތީ ފެންޕަމްޕްތަކާއި ނަރުދަމާ ތަކަށް ނުފޫޒުފޯރުވާނެކަމުގެ ބިރުއޮތުމުންނޭ ކިޔާފައިވެސް ހައްޔަރު ކުރާށެވެ. އެޔަށްވުރެ ބޮޑުވަރު ކުރަން ބޭނުންވާ ނަމަ ޤާސިމް ނޭވާލައި އުޅޭތީ އޮކްސިޖަން ދުނިޔެއިން ހުސްވުމުގެ ބިރު އޮތުމާއި ޤާސިމް ދިރިހުންނާތީ އެހެން ދިރިތިބީންނަށް ދިރިއުޅުމުގެ ބިރުއޮތުމާއި މިފަދަ ބިރުތަކާހުރެ ޤާސިމް ހައްޔަރުކޮށްފައި ބެހެއްޓުން ވަރަށް މުހިންމު ކަމަށް ފެންނާތީއޭވެސް ބުނަންވީއެވެ.

 

މައްސަލައަކަށް މިވީ ޤާސިމް އެއްޗެއް ވިދާޅުވުމުންނެވެ. ފައިސާ ގޯނި ހިފައިގެން ގޮސް ދިނީ އަހަންނޭ ވިދާޅުވީމާ ރިޝްވަތަކަށް ނުވިއެވެ. މަޖްލީހުގެ ތަޅުމާއި މަޖްލީހުގެ ތަޅުމުގެ ބޭރުން ޓީވީއަކަށް އަރާއިދެ އެހެން ވިދާޅުވުމުންވެސް ތަހްގީގެއް ކުރަންވެސް ނުޖެހުނެވެ. ތިލަފަތް ހަމަހަމަ އަދު އިންސާފެއް މިވަރުގެ ތަނަކުން ފެންނާނެ ހެނެއް ހިޔެއްނުވެއެވެ. "އަދީބު ދެއްވަނީ އަޅުގަޑުދޭ ފައިސާއޭ ވިދާޅުވީމާ ރިޝްވަތަކަށް ނުވިއެވެ. ގާސިމް ޓިކެޓް ދެއްވާނެ ކަމަށް ވިދާޅުވެގެން ކުއްލިއަކަށް މާބޮޑު ރިޝްވަތަކަށްވެ ތަހްގީގުކޮށް ނިންމާ ދައުވާ ކުރަން ފޮނުވިއެވެ. އެކަން ނުވެގެން އަނެއްކާ ކޯޓު އަމުރެއް ހޯދައިގެން ބަންދުކޮށްފައި ބަހައްޓައިގެން ނޫނީ ހަމަ ނޭވާވެސް ނުލެވޭ ވަރުގެ ބޮޑު ކުށަކަށް މިކަންވެއްޖެއެވެ. އަދުލު އިންސާފާއި ހަމަހަމަ ކަމުގައި ބަންޑުން ޖެއްސެވި ސަދޫމްވެސް އޮތީ މިރާއްޖެއަށްވުރެ ކުޑަ ތަންކޮޅެއް ފަހަތުގައެވެ. މިއީ އިންސާފުވެރި ޤައުމެކެވެ. ތިޔަކަން އެންމެ ފަހުން ނިމޭނީ ޓަރަރިޒަމްގެ ކުށަކަށް ބަދަލުވެގެންކަން ޔަގީނާ ގާތަށް ބުނަން ކެރެއެވެ. ކޮންމެ އަކަސް ޤައުމަކަށް ކުރިމަތިވާނެ ހާލަތްތަކަކާއި ދަނޑިވަޅުތަކެއް އަންނާނެއެވެ. އެގޮތުން މިކުރިމަތިވީ ހިތާމަވެރި ކަމެކެވެ. ޔާމީނަށް ނުރައްކަލަކަށްވާ ހިސާބުން ކޮންމެ މީހަކުވެސް ހައްޔަރު ކުރަނީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހ މ ޒ

2 އަހަރު ކުރިން

މީހުންގެ އަބުރު ޙިމާޔަތްކުރުން އަދި މީހުންގެ ބުއްދި ޙިމާޔަތްކުރުން! އަދި މުސްލިމުންގެ އަބުރަށް އަރައިގަތުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކާމެދު ކުރުން މަނާކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެއްކަން !؟

0
0