21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ޕްލެނެޓް

އަނެއްކާވެސް ދުނިޔެއާއި އެއްވައްތަރުގެ ޕްލެނެޓެއް ސައިންސް ވެރިން ހޯދައިފި

  • ސައިންސް ވެރިން ހޯދި އާ ޕްލެނަޓަށް ނަން ދީފައިވަނީ ޖީޖޭ1132ބީ ގެ ނަމުން
  • ސައިންސްވެރިން ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައިވެސް ދުނިޔެއާއި އެއްވައްތަރުގެ 7 ޕްލެނެޓް ހޯދާފަ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 7 އޭޕުރިލް 2017 | ހުކުރު 17:43 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!


ސައިންސްވެރިން އަލަށް ހޯދި ޕްލެނެޓް -- ގޫގުލް


އަނެއްކާވެސް ދުނިޔެއާ އެއްވައްތަރުގެ ޕްލެނެޓެއް ސައިންސްވެރިން ހޯދައިފިއެވެ. ސައިންސް ވެރިން ހޯދި އާ ޕްލެނަޓަށް ނަން ދީފައިވަނީ ޖީޖޭ1132ބީ ގެ ނަމުންނެވެ.  މި ޕްލެނެޓް ދުނިޔެއަށް ވުރެ ބޮޑުވެފައި ދުނިޔެއަށްވުރެ ހޫނު ގަދައެވެ.

ސައިންސްވެރިން ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައިވެސް ދުނިޔެއާއި އެއްވައްތަރުގެ 7 ޕްލެނެޓެއް ހޯދާފައެވެ. 

ސައިންސްވެރިން ވަނީ މި ހަތް ޕްލެނެޓްގައިވެސް ފެން އުފެދުމުގެ ފުރުސަތު އެބަހުރިކަމަށް ބުނެފައެވެ. އަދި އޭގެތެރެއިން ތިން ޕްލެނެޓް އޮތީ އިންސާނުން ދިރިއުޅުމަށް އެކަށީގެންވާ ހާލަތުގައި ނޫންކަމަށް ބުނެފައެވެ.

އަލަށް ހޯދި ޕްލެނެޓްތައް ދަތުރުކުރަމުންދަނީ މި ދުނިޔެއާއި 40 އަލިއަހަރުގެ ދުރުމިނުގައެވެ.

މި ހުރިހާ ޕްލެނެޓްތަކެއްވެސް ދައުރުކުރަމުންދަނީ ކުޑަ އަދި އަލިމަޑު ތަރިއެއް ވަށައިގެން ނެވެ.

ޔުނިވާސިޓީ އޮފް ކީލޭ ގެ ސައިންޓިސްޓެއްކަމަށްވާ ޑރ.ޖޯން ސައުތުވޯތު ވިދާޅުވެފައިވަނީ މި ރިސާޗުގައި ދުނިޔެއާއި ވައްތަރު ޕްލެނެޓެއް އަދި ހޯދުނީ ކަމަށާއި އިތުރަށް މި ރިސާޗު ދިރާސާ ކުރަމުންދާކަމަށެވެ. އަދި މި ޕްލެނެޓުގައި އިންސާނުންނަށް ދިރިއުޅެވޭނެތޯ އިތުރަށް ރިސާޗްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް