22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ބްރޯޑްކޮމް

އަބުރުފުޅު ކެކިކެކިގެން، ބޮކި ޖަހާފައި އުތުރި އަރަނީ!

  • ރައީސް ޔާމީނުގެ ކެމްޕޭނުގައި އިސްކޮށް އުޅުނު
  • ވައުދު ނުފުއްދާ ވާހަކަ ދެއްކުން އަބުރާ ބެހުމަށް
  • އެއް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް، އަބުރުގެ އެސްއީޒެޑެއް
އަޒުމޫން އަހުމަދު | azmoon_ahmed

| 6 އޭޕުރިލް 2017 | ބުރާސްފަތި 23:22 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. އަލިދީގެ ތާއީދު އިބޫއަށް!
  8. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!


ބްރޯޑްކާސްޓިން ކޮމިޝަނުގެ ބައެއް މެންބަރުން ރައީސް ޔާމީނުގެ ކެމްޕޭނުގައި -- ޓްވިޓަރ

"އޭ ކޮބާހޭ މަށަށް ދޭން ބުނި ބެޔަސް ނުބެޔަސް ލާރިކޮޅު" ކެޔޮޅު އަހައްމަދު ގޮވާލައިފި އެވެ. ސަހަރޯ، އެ އަރައިގަނެވުނީ ވަލިއްޔުލްއަމްރުގެ އަބުރަށެވެ. އަލަތު ކައިވެނި ކުރި އާމިނަތު އަހާލީ، އަލަތު ކައިވެންޏަށް ދޭން ބުނި ފްލެޓް ކޮބާހޭ އެވެ. ކަމަކުދާކަށް ނެތެވެ. އެއޮތް އަރައިގަނެވުނީ ހާކިމާގެ ކަރާމާތަށެވެ. ދަނޑުތެރޭގައި ހުރި ރަޝީދު ކޮށްލީ ސުވާލެކެވެ. ދަނޑުވެރިންނަށް ދޭން ބުނި 8,000ރ. ކޮބައި ހެއްޔެވެ؟ ޒަމާން ދިޔައީ އެވެ. އެ އަރައި ގަނެވުނީ ރައީސުލްޖުމްހޫރިއްޔާގެ އިއްޒަތަށެވެ. އިހަށް ދުވަހު ޑިގްރީ ހާސިލްކުރި ނަދީމު ބުނީ ވަޒީފާގަނޑެއް ނުލިބޭދޯ އޭ އެވެ. ހަތަރު އުދަރެސް ފެނު ޖެހުނީ އެވެ. އެ އަރައިގަނެވުނީ ވެރިޔާގެ ޒިން މާއާއި މަސްއޫލިއްޔަތަށެވެ. މިއޮތީވާ އަބުރުފުޅެކެވެ. މުޅި ރާއްޖޭގައި އަބުރުފުޅު ކެކިކެކިގެން ބޮކި ޖަހާފައި އުތުރި އަރަނީ އެވެ.

 

މަޖާޒީ ގޮތަކަށް މި ވާހަކަ ދެއްކިޔަސް މިއީ ހީހީފައި ދައްކާ ވަރު ވާހަކައެއް ނޫނެވެ. ރައްޔިތުން ކައިރިއަށް ސަލާންޖަހައިގެން އެވެނި މިވެނިކަމެއް ކޮށްދޭނަމޭ ބުނެ ބޮޑެތި ވައުދުވެވަޑައިގެން ވެރިކަމަށް ހޮވޭ ވެރިޔާއަށް ވައުދު ނުފުއްދުނީމާ އެ ވާހަކައެއް ވެސް ދެއްކޭކަށް ނެތެވެ. ރަށު ފަޅު ބޮޑުކޮށް ދޭނަމޭ ވައުދުވެޑައިގެން އެކަން ފުއްދައިނުދިނީމާ އެ ވާހަކައެއް ދެއްކޭކަށް ނެތެވެ. ބޯހިޔާވަހި ކޮށްލާނެ ތަންކޮޅެއް ނުލިބުނީމާ އެ ވާހަކައެއް ދެއްކޭކަށް ނެތެވެ. ސިއްޚީ ފަރުވާ ނުލިބުނީމާ އެ ވާހަކައެއް ވެސް ދެއްކޭކަށް ނެތެވެ.

 

ބަޔަކު އަޅެ މޮޔަ ނުވާނެތޯ އެވެ؟ ބްރޯޑްކާސްޓިން ކޮމިޝަނަރުންނޭ ބުނެ މާ މިނިވަން މުސްތަގިއްލު ބަޔަކަށް ހެދިގެން މިތިބި ބައެއް މިއުޅޭ ގޮތެއް ދެއްތޯ؟ ސަހަރޯ އެވެ.

 

އެތަނެއްގައި ތިބީ ޕީޕީއެމްގެ ފާސް އަޅައިގެން ކޮންމެވެސް މެންބަރެއްގެ ފަހަތުން ނޫނީ ކޮންމެވެސް މެޑަމެއްގެ ފަހަތުން އުޅުނު މީހުންނެވެ. ހަތަރުފަސް ފަހަރަށް މުންޑު ތެމޭ މީހުންނާއި، ކުޑަ ގޮޅީގައި ބެދުނު މީހުންނެވެ. އަސުރުމަލާއި އަސުރުމާބުރެކިން ފޯދުނު މީހުންނެވެ. މިވަރުގެ ބައެއް މިނިވަން މުއައްސަސާއަކަށް ލާން އުޅުނު ދުވަހު ވެސް އެއީ ކުރާން ހެޔޮވަރުވާ ކަމެއް ނޫން ކަމަށް ބުނީމެވެ. މިއަދު ވެސް މި ބުނަނީ ދެ ބާންދީންނަށް ވުރެ ޔަހުޔާ، އައްމަކަޅޭ އަދި ޕައްލަންބެ ވެސް މާބޮޑަށް މިނިވަންވެފައި، މުސްތަގިއްލު ވާނެ އޭ އެވެ. މި ބޯއީންނަށް ވުރެ، ޖުހާ ވެސް ދުނިޔޭގެ އާޖުފާޖު ދަނެއޭ އެވެ. ތިޔައީ ހަމަ އަބުރު ޓެކްސް ނަގަން ހަވާލުކޮށްފައި ތިބި ބަޔެކެވެ. 

 

މި މުސްތަގިއްލު އިއްޒަތްތެރިންގެ މިނިވަންކަމާއި މުސްތަގިއްލުކަމުގެ ވާހަކަ އިހަށް ބާއްވާށެވެ. ގާނޫނެއް ތަނެއް ދޮރެއް ނުދަންނަ ވާހަކަ ދައްކަމާ ހިނގާށެވެ. ރާއްޖެޓީވީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރީ ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ގާނޫނީ ޒިންމާއަށް ނުވަތަ މަސްއޫލިއްޔަތާއި މެދު ފާޅުކަން ބޮޑު ގޮތެއްގައި އާންމުންގެ ހިތްތަކުގައި ޝައްކު އުފައްދައި އެމަނިކުފާނުގެ އިއްޒަތާއި ކަރާމާތަށް ގެއްލުން ލިބިދޭ ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ އެވެ.

 

ޔާމީނުގެ އަބުރު ގެއްލި، ޔާމީނުގެ ގާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތާ މެދު އާންމުންގެ ހިތުގައި ޝައްކު އުފެދި، ޔާމީނުގެ އިއްޒަތާއި ކަރާމާތަށް ގެއްލުން ލިބުނީ ކޮން ވާހަކައެއް ބްރޯޑްކާސްޓް ކޮށްގެންކަން އެނގޭ ތޯ އެވެ؟

 

"މިއަދުވެސް ތިޔަ ބޭފުޅުން ބައްލަވާ އެއްވެސް މަޝްރޫއެއް އަބްދުﷲ ޔާމީން ފަށައިގެން ކުރިއަށް ގެންދިޔަ މަޝްރޫއެއް ނޯންނާނެ ކޮތަރު ޕާކު ކަހަލަ މިކަހަލަ ކުދި ކުދި ޕާކުތައް ނޫނިއްޔާ ނިމިފަ"

"މީނަ މުޑި ޖަހައިގެން ކޮޅަށްޖަހާފައި ހުރި އެއްވެސް ތަނެއް އެއްވެސް ފްލެޓެއް އެއްވެސް ބަނދަރެއް އެއްވެސް އެއާޕޯޓެއް ނޯންނާނޭ"

"ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ ކިތައް ބިލިއަން ރުފިޔާއެއްތޯ ދިވެހި ދައުލަތުގެ ބައިތުލްމާލުން އޭނާއަށް ހަވާލުކުރީ، ވީކަމެއް ނެތް"

"އަޅުގަނޑުމެންނަށް ޔަގީންވި ހުރިހާކަމެއްގެ ތެރޭގައި ވައްކަން ކުރުމާއި ފަސާދައާ އަނިޔާ، މިނޫން އިތުރު އެއްޗެއް ރައްޔިތުންނަސް ދިނީކީއެއް ނޫން"

 

މީހަކު ޕޯޑިއަމެއްގައި ހުރެގެން މިހެން ބުނި މަންޒަރާއި އަޑު ބްރޯޑްކާސްޓް ކުރުމުން އެ ވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާ ކުރާށެވެ. ފާޑު ކިޔުން ހަޖަމު ނުވަންޔާ ޖަންގިފަރާސް ބޮލުގައި އަޅައިގެން، ކަނޑަށް އެރި ބަލާށެވެ. އުލު ބޭންދިޔަސް މާލޭގައި އެއްޗަކަށް ވާވަރަށް އޮތީ ކުދި ކުދި ޕާކެވެ. އަމިއްލައަށް ބިންގާ އަޅައިގެން ހުޅުވި އެއާޕޯޓެއް ދައްކަ ބަލާށެވެ. ކަރުދާހުގައި ސޮއިކުރުން ނޫންކަމެއް ކުރެވިފައި އެބައޮތްތޯ އެވެ؟ ތިން އަހަރުވީ ސަރުކާރަށް ރައްޔިތުން ކިތައް ބިލިއަން ރުފިޔާ ދީފިތޯ އެވެ؟ އެ ވަރުން ވެސް ޓީބިލް ވިއްކުމާއި ލޯނު ނެގުން ނޫން ކަމެއް ކުރެވުނުތޯ އެވެ؟

 

ވައްކަމުގެ ވާހަކަ ދައްކަން ފަށަންވީތޯ އެވެ؟ އެމްއެމްޕީއާރްސީގެ އިން ވަގުން ނެގި 1.22 ބިލިއަން ރުފިޔާ ކޮބައިތޯ އެވެ؟ ފެނަކައިން ކާލި 17 މިލިއަން ރުފިޔާ ކޮަބައިތޯ އެވެ؟ އެމްޕީއެލްއިން ޖަހައިގަތް 77 މިލިއަން ރުފިޔާ ކޮބައިތޯ އެވެ؟ ބައިތުލްމާލަށް ފައިސާ ނުވަންނަ ގޮތަށް ދިންހާ ރަށްތަކާއި ފަޅުތައް ކޮބައިތޯ އެވެ؟ ވައްކަން ކުރި ކަމާއި ފަސާދަކޮށްފައިވާ ވާހަކަ ވަލިއްޔުލްއަމުރު އަމިއްލަފުޅަށް ވިދާޅެއް ނުވޭތޯ އެވެ؟

 

ކަންކަން ނުވީމާ ރައްޔިތުން އެ ވާހަކަ ދައްކާނެ އެވެ. ސިޔާސީ މީހުން ސަރުކާރު ޒިންމާދާރުކުރުމަށް މަސައްކަތް ކުރާނެ އެވެ. ނޫސްވެރިން ކަންކަން އޮޅުން ފިލުވުމަށް މަސައްކަތް ކުރާނެ އެވެ. ވެފައިވާ ވައުދުތަކުގެ ވާހަކަ ދެއްކީމާ ގާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތާ މެދު އާންމުންގެ ހިތުގައި ޝައްކު އުފެދި، އިއްޒަތާއި ކަރާމާތަށް ގެއްލުން ލިބޭ ކަމަށް ގަބޫލުކުރާ ބަޔަކު ރަނގަޅު ވާނީ ފަރަށް ބޮލި ހިލަން ދިޔައިއްޔާ އެވެ. އެ ވެސް، ވިއްކާނުލާ ފަރެއް އޮތިއްޔާ އެވެ. މިއޮތީވާ އަބުރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Anni

1 އަހަރު ކުރި

Gui ree dhen

0
0