19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އެލައިޑް އިންޝުއަރަންސް

އެލައިޑް އިންޝުއަރަންސްގެ މޮޓޯ އިންޝުއަރަންސް ހިދުމަތް އިލެކްޓްރޯނިކް ކޮށްފި

 • ސްޓިކަރ ފޯނުން ދައްކާލެވޭނެ
 • އިންޝުއަރަންސްގެ ސައްހަކަން ވަގުތުން ބަލާލެވޭނެ
 • އެޕްގެ ސަބަބުން މަގުމަތީގައި ދުއްވާ އުޅަނދު ޗެކް ކުރެވޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 6 އޭޕުރިލް 2017 | ބުރާސްފަތި 21:53 | |

މަގުބޫލް

 1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
 2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
 3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
 4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
 5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
 6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
 7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
 8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


އެލައިޑް އިންޝުއަރަންސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ޓްވިޓަރ

އެލައިޑް އިންޝުއަރަންސާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މޮޓޯ އިންޝުއަރަންސް - އިލެކްޓްރޯނިކް ސްޓިކަރގެ ނަމުގައި މުޅިން އާ ހިދުމަތެއް ތައާރަފުކޮށްފިއެވެ. 

ބުރާސްފަތި ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މިހިދުމަތް އިފްތިތާހުކޮށްދެއްވީ އެލައިޑް އިންޝުއަރަންސް ކުންފުނީގެ ފަރާތުން ޖެނެރަލް މެނޭޖަރ އަހުމަދު ރިޔާޒީ މުހައްމަދު އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އަހުމަދު ސައުދީ އެވެ.

ވެބް ޕޯޓަލެއް މެދުވެރިކޮށް އެލައިޑް އިންޝުއަރަންސްގައި ވެހިކަލް އިންޝުއަރަންސް ކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް އާއި ހިއްސާކުރާ ގޮތަށް ހަމަޖެހިފައިވާ މިހިދުމަތަކީ ބޭނުންކުރަން ފަސޭހަ ހިދުމަތެކެވެ. އެގޮތުން މިހިދުމަތް މެދުވެރިކޮށް މަގުމަތީގެ އަމަން އަމާންކަން ޔަގީންކުރެއްވުމަށް ހަރަކާތްތެރިވާ ޓްރެފިކް ޕޮލިހުން ވެހިކަލެއްގެ އިންޝުއަރަންސް ވެލިޑިޓީ ބަލާލުމަށް ބޭނުންވާއިރު، ވެހިކަލުގައި ހަރުކޮށްފައި އިންނަ އިންޝުއަރަންސް ސްޓިކާ ދައްކާލުމުގެ ބަދަލުގައި ސްޓިކަރ ފޯނުން ދައްކާލުމުން ފުދޭނެ ކަމަށް އެލައިޑުން ބުންޏެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެލައިޑް އިންޝުއަރަންސް ކުންފުނީގެ ޖެނެރަލް މެނޭޖަރ އަހުމަދު ރިޔާޒީ މުހައްމަދު ވިދާޅުވީ އެލައިޑް އިންޝުއަރަންސުން މޮޓޯ އިންޝުއަރަންސް އީސްޓިކަރ ހިދުމަތް ތައާރަފުކުރުމުގެ މަގުސަދަކީ މުޖްތަމައުގައި ހިނގާ އިންޝުއަރަންސް ސްޓިކަރ ފޯޖްކުރުން ފަދަ ނޭދެވޭ އަމަލުތައް ނައްތާލުމަށް ފުލުހުންގެ މުއައްސަސާއިން ކުރައްވަމުންދާ ގެންދަވާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެގޮތުން މަގުމަތީގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންނަށް މިއިލެކްޓްރޯނިކް ސްޓިކަރގެ ޒަރިއްޔާއިން އިންޝުއަރަންސްގެ ސައްހަކަން ވަގުތުން ބަލާލެވޭނެ ކަމުގައި ރިޔާޒީ ފާހަގަ ކުރެއްވިއެވެ. އަދި މިހިދުމަތް ކާމިޔާބުކަމާއެކު އާންމުންނާއި ހަމައަށް ގެނެސްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވެދެއްވި އެހީތެރިކަމަށް އެލައިޑް އިންޝުއަރަންސްގެ ނަމުގައި ޝުކުރު ދެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ ވިދާޅުވީ އަލަށް މިތަޢާރަފްކުރެވޭ އެޕްގެ ސަބަބުން މަގުމަތީގައި ދުއްވާ އުޅަނދު ޗެކް ކުރެވޭނެ ކަމަށާއި މިހާރު ދިމާވާ ދަތި އުނދަގޫތަކަށް މިއެޕްގެ ސަބަބުން ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.  

އެލައިޑުން ބުނީ މިއީ މިހާރުވެސް އަޔާދީ ތަކާފުލް އާއި އެލައިޑުން ދޫކުރާ މޮޓޯ އިންޝުއަރެންސްގެ ޙިދުމަތެއް ކަމަށެވެ. ނަމަވެސް މިތަޢާރަފްކުރެވުނު އެޕާއި އެކު މޮޓޯ އިންޝްއަރެންސް ސްޓިކާ ތަތް ކުރުމަށް ކަސްޓަމަރުންނަށް އިތުރު އޮޕްޝަނެއް ލިބިގެންދާނެ ކަމަށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް