15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރާއްޖެޓީވީ ޖޫރިމަނާކުރުން

ބްރޯޑްކޮމް އިން ކުރި ދެލައްކަ ރުފިޔާގެ ޖޫރިމަނާ ރާއްޖެ ޓީވީން ދައްކައިފި

 • ރާއްޖެޓީވީ އަށް ގިނަ ހުރަސްތަކެއް އެބަހުރި
 • އަބުރު ފަންޑަށް ބޮޑު ތަރުހީބެއް ލިބުނު
 • ރާއްޖެޓީވީގެ އިތުރު މައްސަލަތައް ދަނީ ބަލަމުން
ރިޒުނާ ޒަރީރު | RiznaZareer

| 6 އޭޕުރިލް 2017 | ބުރާސްފަތި 15:34 | |

މަގުބޫލް

 1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
 6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
 7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
 8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


ރާއްޖެޓީވީ ޖޫރިމަނާކުރުމާ ގުޅިގެން ހުޅުވި އަބުރު ފަންޑަށް މީހަކު ފައިސާ ހަދިޔާކުރަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ރާއްޖެޓީވީން ގެނެސްދިން ޚަބަރަކާ ގުޅިގެން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބެލި އަބުރުގެ މައްސަލައެއް ނިންމައި ކުރި 200،000ރ. ގެ ޖޫރިމަނާ ދައްކައިފިއެވެ.

ޖޫރިމަނާ ކޮށްފައިވާ މި ފައިސާ މާޗް 7، 2017 އިން ފެށިގެން، 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ދެއްކުމަށް ކޮމިޝަނުން އަންގާފައިވާއިރު ރާއްޖެޓީވީން މިފާއިސާ ބްރޯޑްކާސްޓިން ކޮމިޝަނަށް ދައްކާފައިވަނީ މުއްދަތު ހަމަވުމުގެ އެއް ދުވަސްކުރިން، ބުރާސްފަތި ދުވަހުއެވެ.

މިފާއިސާ އެކޮމިޝަނުން އެންގި މުއްދަތުގެ ތެރޭގައި ދައްކައި ނިންމާފައި ވަނީ ރާއްޖެ ޓީވީ އާއި ސްޓޭޝަންގެ ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާތީ، އެ ފައިސާ ދެއްކުމަށް ހުޅުވި "އަބުރު ފަންޑަ"ށް ލިބުނު ބޮޑު އެހީއާ އެކުގައެވެ.

އަބުރު ފަންޑު ހުޅުވުމާ އެކު ބެލުންތެރިންނާއި ދިވެހި ރައްޔިތުންގެ ހިތުގައި ރާއްޖެޓީވީ އަށް އޮތް ލޯބި ހާމަކޮށްދިން ކަމަށާއި އަމިއްލަ އިސްނެގުމަށް މާލެ އާއި ރަށްރަށުގައި ފަންޑު ފޮށި ބަހައްޓައިގެން ފައިސާ އެއްކޮށް، އަބުރު ފަންޑަށް އެހީވެ ދީފައިވާ ކަމަށް ރާއްޖެޓީވީން ބުންޏެވެ. ރާއްޖެޓީވީން ސަޕޯޓަރުންގެ އެހީއަށް އެދި ގޮވާލުމުން ދިން ބޮޑު ތަރުހީބު ހާމަކޮށްދެނީ، ރާއްޖެޓީވީގެ ޚިދުމަތް ބަލައިގަންނަ މިންވަރާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ޚިދުމަތުގެ އަގު ވަޒަންކުރާ މިންވަރު ކަމަށް ރާއްޖެޓީވީން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ އާއި ސްޓޭޝަންގެ ކުރީގެ ނޫސްވެރިއަކު ޖޫރިމަނާކޮށްފައި ވަނީ ނޮވެމްބަރ 19، 2016 ގައި ރާއްޖެޓީވީގެ ތިން ޚަބަރު ގަޑިއެއްގައި ގެނެސްދީފައިވާ ރޭޕްގެ މައްސަލައަކާ ގުޅޭ ޚަބަރެއްގައި، މައްސަލައިގައި ހިމެނޭ ކުއްޖާގެ އާއިލާއާ ހަވާލާދީ މީހެއްގެ ނަން ހާމަކޮށްފައިވާ ކަމަށް ބުނެއެވެ. އަދި މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާއާ ޚިލާފަށް ލިޔެފައިވާ ޚަބަރެއް ކަމަށާއި، ޚަބަރުގެ ސަބަބުން ނަން ހާމަވި މީހާގެ އަބުރުގެ ކަރާމާތަށް އުނިކަން ލިބިފައިވާ ކަމަށް ނިންމާފައިވާ ކަމަށް ވެސް އެކޮމިޝަނުގެ ރިޕޯޓްގައި ވެއެވެ.

އެހެންކަމުން، އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާ ކުރުމާއި ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިޢާޔަތްކޮށް މި އުސޫލުގެ 10 ވަނަ މާއްދާގެ (ހ) ގެ އެކެއްގެ ދަށުން ރާއްޖެ ޓީވީ 200،000ރ. އިން ޖޫރިމަނާކޮށް، މި ޚަބަރު ތައްޔާރު ކުރި، ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ، އާލާ އިބްރާހިމް މި އުސޫލުގެ 10 ވަނަ މާއްދާގެ (ށ) ގެ އެކެއްގެ ދަށުން 50،000ރ. އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

އަބުރުގެ މައްސަލައަކާ ގުޅިގެން ރާއްޖެ ޓީވީއާއި ކުރީގެ ނޫސްވެރިއަކު ޖޫރިމަނާ ކުރިއިރު، މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން މީޑިއާއެއް، އަދި ނޫސްވެރިއަކު ވެސް ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ. މި ނޫނަސް ރާއްޖެ ޓީވީއާ ގުޅޭ ގިނަ މައްސަލަތަކެއް ބްރޯޑްކާސްޓިން ކޮމިޝަނުން ގެންދަނީ ބަލަމުންނެވެ. ނަމަވެސް އެހެން ޓީވީ ޗެނެލްތަކާ ގުޅިގެން ބަލާ މިފަދަ މައްސަލަ މަދުވެފައި އަދި ބަލާ މައްސަލަތަކުގައި ފިޔަވަޅު ނާޅާކަން ފާހަގަކޮށްލެވެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް