21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އެޗްވަންއެންވަން

އިންޑިއާއިން އެޗްވަންއެންވަން ރޯގާގެ އާ ބާވަތެއް ފެނިއްޖެ، ސަރުކާރުން ދަނީ އައު ވެކްސިނަކަށް މަސައްކަތް ކުރަމުން

  • ރޯގާގައި މަރުވާ މީހުން ކުއްލިއަކަށް ވަނީ މައްޗަށް ގޮސްފައި
  • މިހާރު ބޭނުން ކުރާ ވެކްސިން އައު ބާވަތައް ކަމުދާނެ ކަމަކަށް ނުފެނޭ
  • ބުރާސްފަތި ދުވަހު ކަމާބެހޭ ބައްދަލުވުމެއް ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފައި
ރާއްޖެ އެމްވީ | raajje.mv

| 6 އޭޕުރިލް 2017 | ބުރާސްފަތި 05:36 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  7. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


މާސްކް އަޅައިގެން ތިބި އިންޑިއާ ބަޔަކު - އެޗްވަންއެންވަން ރޯގާ ހަލުއިކަމާއެކު ދަނީ ފެތުރެމުން -- އެންޑީޓީވީ

ހަލުއި ކަމާއެކު އިންޑިއާގައި އެޗްވަންއެންވަން ރޯގާ ފެތުރެމުންދާ ކަމަށާއި، އެބަލީގައި މަރުވަމުންދާ މީހުން ކުއްލިއަކަށް މައްޗަށް ގޮސްފައިވާކަމަށް ހިންތުސްތާން ޓައިމްސް އިން ހާމަ ކޮށްފިއެވެ.

އެ ނޫހުގައި ބުނެފައިވަނީ، އެޗްވަންއެންވަން ރޯގާ ހަލުއި ކަމާއެކު ފެތުރެމުންދާ މައްސަލައާއި ބައްޔާ ގުޅިގެން މަރުވާ މީހުން އިތުރުވަމުންދާ މައްސަލައިގައި ބުރާސްފަތި ދުވަހު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް އިންޑިއާގެ ޔުނިއަން ހެލްތް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އެޗްވަންއެންވަން ރޯގާއާ ގުޅޭ ގޮތުން އެގައުމުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީން ކުރަމުންދާ ދިރާސާއިން އެ ބަލީގެ އައު ވައްތަރެއް މަހަރާސްތްރާ އިން ފެނިފައިވާ ކަމަށް މި ޚަބަރުގައި ވެއެވެ. އެޗްވަންއެންވަންގެ އައު ސްޓްރެއިނަށް ދީފައިވާ ނަމަކީ މިޗިގަން ސްޓްރެއިންއެވެ.

އެޗްވަންއެންވަން އިންޑިއާއިން 2009 ވަނަ އަހަރު ފެނުނުފަހުން، މިހާތަނަށް މުޅިންވެސް ފާހަގަވެފައިވަނީ، ކެލިފޯނިއާ ސްޓްރެއިން ކަމަށް އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗްގެ ޑރ. ސްވާމިނާދަން ވިދާޅުވެފައިވާ ކަމަށް ނޫހުގައި ބުނެފައިވެއެވެ. އެހެން ކަމުން 2009 ވަނަ އަހަރު ފަހުން އެޗްވަންއެންވަންގެ އައު ބާވަތެއް އިންޑިއާއިން ފެނުނު މީ ފުރަތަމަ ފަހަރު ކަމަށް އޭނާ ހާމަ ކުރައްވާފައިވެއެވެ.

ޑރ. ސުވާމިނާދަން ވިދާޅުވީ މިހާރު އެޗްވަންއެންވަން އަށް ބޭނުން ކުރާ ވެކްސިން އަލަށް ފެނުނު މި ބަލީގެ ބާވަތައް އެކަށީގެންވާނެ ކަމަށް ނުފެންނާތީ ސަރުކާރުން އައު ވެކްސިނެއްގެ އިރުޝާދު ނެރޭނެ ކަމުގައެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ މި ޚަބަރުގައި އިތުރަށް ބުނެފައިވަނީ، އާއްމުކޮށް ފެތުރޭ އެޗްވަންއެންވަން ރޯގާގެ ބާވަތައްވުރެ އަލަށް ފެނުނު އެޗްވަންއެންވަންގެ ބާވަތް އިތުރަށް ނުރައްކާ ވެދާނެ ކަމަށް މިހާތަނަށް ފާހަގަ ކުރެވިފައި ނެތުމާއެކު ކަންބޮޑުވާންޖެހޭ ކަމެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

މިއަހަރުގެ މިހާތަނަށް އިންޑިއާގައި އެޗްވަންއެންވަން ރޯގާ ޖެހިގެން 5000 މީހުން ރަޖިސްޓްރީ ކުރެވިފައިވެއެވެ. އަދި އިންޑިއާގެ އެކި ކަންކޮޅުތަކުން 100 މީހުން ބަލީގައި މަރުވެފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.

އެޗްވަންއެންވަން ރޯގާ އެންމެ ބޮޑަށް ފެތުރިފައިވަނީ އިންޑިއާގެ އިންޑިއާގެ ހުޅަނގުގެ ސަރަހައްދުތަކާއި ދެކުނުގެ ހިސާބުތަކުގައެވެ. ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ މަހަރާޝްތުރާގައި ކަމަށް ރެކޯޑު ކުރެވިފައިވާއިރު، އަންދްރަޕްރަދޭޝް، ޓެލެންގާނާ، ޓެމިލް ނާޑޫ، ކެރަލާ އަދި ކަރުނާޓަކާގައިވެސް ބަލި އުޅޭކަން ފާހަގަ ކުރެވިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް