20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

އިންޑިއަން އައިޑޮލް

އިންޑިއަން އައިޑޮލް ކާމިޔާބުކުރި ރޭވަންތު ބޭނުންވަނީ ހިންދީ ބަސް ދަސްކުރަން

  • ރޭވަންތު ބުނީ އިންޑިއަން އައިޑޮލް ފެށުނު އިރު އޭނާ ހިންދީން ވާހަކަ ދައްކަން މަސައްކަތްކުރުމުން ގިނަ ބައެއްގެ މަލާމާތްކުރި ކަމަށް
އަލީ ޔޫސުފް | AliYooosuf

| 5 އޭޕުރިލް 2017 | ބުދަ 19:50 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  4. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  5. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  6. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!


އިންޑިއަން އައިޑޮލް ސީޒަން 9 ކާމިޔާބުކުރި އެލްވީ ރޭވަންތު -- ގޫގުލް

މި ހަފްތާގެ އާދީއްތަ ދުވަހު ނިމިގެންދިޔަ އިންޑިއަން އައިޑޮލް ސީޒަން 9 ގެ ޓްރޮފީ ކާމިޔާބުކުރި އެލްވީ ރޭވަންތު މިހާރު ބޭނުން ވަނީ ހިންދީ ބަސް ދަސްކުރުމަށް ކަމަށް އޭނާ ބުނެފިއެވެ.

އަންދުރަ ޕްރަދޭޝް އަށް އުފަން ނަމަވެސް ހައިދާރުއާބާދުގައި ދިރިއުޅޭ ރޭވަންތު ފުރަތަމަ އައިޑޮލް އަށް އައި އިރު ހިންދީ އެނގެނީ ވަރަށް ކުޑަ މިންވަރަކަށެވެ. އެހެން ކަމުން ހިންދީ ލަވަތައް ކިޔުމުގައި ވެސް ފުރަތަމަ ކޮޅު އޭނާ އަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ނަމަވެސް ޝޯގެ ތެރެއިން އޭނާ ވަނީ ހިންދީ ވަރަށް ބޮޑަށް ފަސްކޮށްފައެވެ. ނަމަވެސް އަދިވެސް އޭނާ އަށް ހިންދީ ބަހުން ވާހަކަ ދެއްކުމަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ.

މުޅި އިންޑިއާގެ ފިލްމް އިންޑަސްޓްރީ ހިލުވާލި "ބާހްބަލީ"ގެ ފުރަތަމަ ބަޔަށް ރޭވަންތު ވަނީ ލަވައެއް ވެސް ކިޔައިދީފައެވެ. ތެލަގޫ ފިލްމް ފިންޑަސްޓްރީ ނުވަތަ ދެކުނު އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި އޭނާ އަށް ފުރުސަތުތަކެއް ހުރި ނަމަވެސް އިންޑިއަން އައިޑޮލްގައި ބައިވެރިވީ ބޮލީވޫޑުން ފުރުސަތު ތަނަވަސްކުރުމަށް ކަމަށް ރޭވަންތު ބުނެފައި ވެއެވެ.

އިންޑިއަން އައިޑޮލްގައި ޖަޖުން ކަމަށްވާ ސޯނޫ ނިގަމް އާއި ފަރާ ޚާން އަދި އައްނޫ މާލިކް، ރޭވަންތު ސިފަކޮށްފައި ވަނީ "ހީރޯ" އެއްގެ ގޮތުގައެވެ. އަދި ޝޯގައި ބައިވެރިވި ގިނަ ފިލްމީ ތަރިންތަކެއް ބުނެފައި ވަނީ ރޭވަންތަށް ފުރުސަތު އޮތީ ހަމައެކަނި ލަވަކިޔުމުގެ ދާއިރާ އިން ނޫން ކަމަށާއި އޭނާގެ ރީތި ސިފައިގެ ސަބަބުން ފިލްމްތަކުގައި އެކްޓްކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.

އިންޑިއަން އައިޑޮލްގެ ޓްރޮފީއާ އެކު އޭނާ އަށް ވަނީ 25 ލައްކަ ރުޕީސް އާއި ޔުނިވާސަލް މިއުޒިކްގެ އެއް އަހަރުގެ ދުވަހު ކޮންޓްރެކްޓެއް ލިބިފައެވެ. އޭގެ އިތުރު މަހިންދުރަ ކޭޔޫވީ އެންމެ ފަހުގެ ކާރެއް ވެސް ލިބިފައި ވެއެވެ. މި ސީޒަންގެ ފަސްޓް ރަނަރަޕަށް ހޮވުނީ މުޅި ސީޒަނުގައި ވެސް ވަރަށް ގިނަ ބައެއްގެ ހިތް ފަތަހަކުރި ރީތި ލަވަތަކެއް ހުށަހަޅައިދިން ޚުދާ ބަކްޝްއެވެ. ސެކަންޑް ރަނަރަޕަކަށް ހޮވިފައި ވަނީ ޕީވީއެން ރޯހިތެވެ.

އުމުރުން 26 އަހަރުގެ ރޭވަންތު ބުނީ ބޮލީވުޑްގައި ފުންނާބު އުސް ލަވަކިޔުންތެރިއަކަށް ވާން އޭނާ ބޭނުންވާ ކަމަށެވެ. ހަމައެއާ އެކުއެކީގައި ޓޮލީވޫޑްގައި ވެސް މަސައްކަތްތަކެއް ކުރަން ބޭނުން ކަމަށް އޭނާ ބުންޏެވެ. އޭނާ ވަނީ މިހާރު ވެސް ތެލަގޫ ފިލްމްތަކަށް ލަވަ ކިޔައިދީފައެވެ.

ރޭވަންތު ބުނީ އިންޑިއަން އައިޑޮލް ފެށުނު އިރު އޭނާ ހިންދީން ވާހަކަ ދައްކަން މަސައްކަތްކުރުމުން ގިނަ ބައެއްގެ މަލާމާތް ރައްދުވި ކަމަށެވެ. އެހެން ކަމުން ރަނގަޅަށް ހިންދީ ބަސް ދަސްކޮށް އެ ފަރާތްތަކަށް ރައްދެއް ދޭން ބޭނުންވާ ކަމަށް ބުނެފައި ވެއެވެ.

މިއި ތެލަގޫ ލަވަކިޔުންތެރިއަކު މި މުބާރާތް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. އެގޮތުން ތެލަގޫ ލަވަކިޔުންތެރިއެއް ކަމަށްވާ ސްރީރާމް ޗަންދުރަ ވަނީ ސީޒަން 5 ކާމިޔާބުކޮށްފައެވެ.

އިންޑިއަން އައިޑޮލްގެ މި ފަހަރުގެ ސީޒަނަށް ގިނަ ބައެއްގެ ތައުރީފް ލިބިގެން ގޮސްފައި ވެއެވެ. ހާއްސަކޮށް މި ޝޯ އިންޑިއާގައި ފުރަތަމަ ފެށި އިރު ޖަޖުންގެ ގޮތުގައި ތިބި ތިން މީހުން އެކުގައި އަލުން ފެނުމަކީ ވެސް އޭގެ އެއް ސަބަބެވެ. އޭގެ އިތުރުން މި ފަހަރުގެ ޝޯގައި މިހާތަނަށް ނުފެންނަ ވަރުގެ ރަނގަޅު ލަވަކިޔުންތެރިން ފެނިގެން ދިއުމަކީ ވެސް މި ފަހަރުގެ ސީޒަނަށް ގިނަ ބައެއްގެ ތައުރީފް ލިބުނު ސަބަބެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް