23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ކަރަން ޖޯހަރު

ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި

  • ސޯނީ އެނބުރި ޓީވީ ސީރީޒްތަކަށް އަންނާނީ ސްޓާޕްލަސް އިން ފެށުމަށް ހަމަޖެހިފައިވާ "ކިޔާ ތޫ މެރި ލާގެ" އިން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 5 އޭޕުރިލް 2017 | ބުދަ 16:40 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ކަރަން ކާޖޮލްއާއެކީ -- ގޫގުލް

މަޝްހޫރު ފިލްމު ޕްރޮޑިއުސަރ ކަރަން ޖޯހަރަށް ދާދި ފަހުން ލިބުނު އެއްމާބަނޑު ދެ ދަރިންނާ ބެހޭ ގޮތުން ފިލްމީ ތަރި ކާޖޮލް އެއްވެސް އެއްޗެއް ބުނަން ބޭނުމެއް ނުވިއެވެ.

އެންމެ ފަހުން ބޭއްވި އިވެންޓެއްގައި ކާޖޮލް ކައިރީގައި ކަރަންގެ ދެ ދަރިންނާ ބެހޭ ގޮތުން ބުނަނީ ކީކޭތޯ ސުވާލު ކުރުމުން އޭނާ ބުނީ "އެ ޓޮޕިކާ ބެހޭގޮތުން ކުރާ އެއްވެސް ސުވާލަކަށް ޖަވާބު ދޭން ބޭނުން ނުވާ" ކަމަށެވެ.

ކަރަން ޖޯހަރުގެ "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ ހުށީ ކަބީ ގަމް" އަދި " މައި ނޭމް އިޒް ޚާން" ގައި މުހިއްމު ރޯލުތަކެއް އަދާކުރި ކާޖޮލް އާއި ކަރަންއަކީ ކުރިން ވަރަށް ގާތް ރައްޓެހިންތަކެކެވެ. އެހެން ނަމަވެސް ފަހަކަށް  އައިސް ދެމީހުންގެ ގުޅުމަށް ވަނީ ހީވެސް ނުކުރާ ކަހަލަ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

މީޑިއާ މެދުވެރިކޮށް ދެމީހުން ބަހުގެ ހަމަލާތައް ދީފައިވާއިރު ކާޖޮލް ބުނެފައި ވަނީ އޭނާއާ ބެހޭ ގޮތުން ކަރަން ދޮގު ވާހަކަތައް ދައްކާފައި ވާކަމަށެވެ.

ސަރޮގޭޓް ކޮށްގެން ކަރަން ޖޯހަރަށް ވަނީ އެއްމާބަނޑު ދެ ދަރިން ލިބިފައެވެ. ދުވަހަކު ވެސް ކައިވެންޏެއް ކޮށްފައި ނުވާ ކަރަން ޖޯހަރަށް ލިބުނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ފިރިހެންކުއްޖާއަށް ޔާޝްގެ ނަން ދީފައިވާއިރު އަންހެން ކުއްޖާއަށް ކިޔަނީ ރޫހީއެވެ. ޔާޝްއަކީ ކަރަންގެ ކާފަގެ ނަމެވެ. ރޫހީއަކީ ކަރަންގެ މަންމަގެ ނަމުގެ ދެ އަކުރު ބަދަލުކުރަމުން އަންނަ ނަމެކެވެ. ކަރަން ބުނެފައި ވަނީ އޭނާގެ ދެ ދަރިން ބަލަނީ އޭނާ އާއި އޭނާގެ މަންމަ ހީރޫ ކަމަށެވެ. ކަރަންއަށް ދަރިން ލިބުމުން އޭނާގެ ގާތް ރައްޓެހިން ދަނީ އޭނާގެ ދަރިންނަށް ޒިޔާރަތްކޮށް އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް