18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ާއާލިއާގެ މަންމަ

އާލިއާ ބަޓްގެ މަންމަ އެބުރި ސިނަމާތަކަށް

  • ސޯނީ ފެނިގެންދާނީ ސްޓާ ޕްލަސްގެ ޑްރާމާއަކުން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 5 އޭޕުރިލް 2017 | ބުދަ 16:37 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


އާލިއާ ބަޓް އޭނާގެ މަންމައާ އެކީ -- ގޫގުލް

ފިލްމީ ތަރި އާލިއާ ބަޓްގެ މަންމަ ސޯނީ ރަޒްދާން 20 އަހަރަށްފަހު އެނބުރި ސިނަމާތަކަށް އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ. ސޯނީ ވަނީ "ބުނިޔާދް" އަދި "ޖުނޫން" ފަދަ ރީތި ޝޯތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. އާލިޔާގެ ބައްޕަ މަހޭޝް ބަޓް އާއި ކައިވެނި ކުރުމުގެ ކުރިން ބައެއް ފިލްމުތަކުގައިވެސް ސޯނީ ފެނިފަިވެއެވެ. އުމުރުން 60 އަހަރުގެ ސޯނީ މީގެ 20 އަހަރު ކުރިން ޓީވީ ސީރީޒްތަކާއި ދުރަށްދިޔައީ އާލިއާ އާއި އޭނާގެ ދައްތަ ޝާހީން ބަޓް ލިބުމުންނެވެ. އެހެން ނަމަވެސް ހިންދީ ފިލްމު ތަކުން ސޯނީ ފެނެއެވެ.

ސޯނީ އެނބުރި ޓީވީ ސީރީޒްތަކަށް އަންނާނީ ސްޓާޕްލަސް އިން ފެށުމަށް ހަމަޖެހިފައިވާ "ކިޔާ ތޫ މެރި ލާގެ" އިންނެވެ. މި ސީރީޒްގައި ސޯނާ ކުޅޭނީ ވަރަށް ޝާހީ މީހެއްގެ ރޯލެކެވެ. މި ސީރީޒްގައި ސޯނީ އަކީ ރާނީއެވެ. ސޯނީގެ އިތުރުން މި ސީރީޒް އިން ދެން އިތުރަށް ފެނިގެންދާނީ ސަންޖީދާ ޝެއިހް، ސަރާ އަފްރީން ހާންއެވެ.

މި އުފާވެރި ހަބަރު ސޯނީ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނަށް ދީފައެވެ. މި ސީރީޒްގެ ޫޓިން މިހާރު ކުރިއަށް ގެންދަނީ ރާޖަސްތާނުގައެވެ. ސޯނީ ވަނީ ޝޫޓިންގެ ބައެއް މަންޒަރުތަކާއެކު ސޯޝަލްމީޑިއާ މެދުވެރިކޯށް އާންމު ކޮށްފައެވެ. ސޯނީ އެނބުރި ސިނަމާތަކަށް އައުމަށް އޭނާގެ ދަރި އަދި ފިލްމީ ތަރި އާލިއާ ބަޓް ވަރަށް ބޭނުންވިކަމަށާއި ވަރަށް ހިތްވަރު ދިންކަމަށް ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް