22 އޯގަސްޓު 2017 | އަންގާރަ | މާ 12

ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!

  • ރައުދާ ވަނީ މަރާލާފަކަމަށް އާއިލާއިން ތަކުރާރުކޮށް ބުނަމުންދޭ
  • ބަންގްލަދޭޝް ފުލުހުން ރައުދާ އަމިއްލައަށް މަރުވީ ކަމަށް ނިންމާފައިވޭ
  • ދިރިއުޅުމުގައި އެއްވެސް މައްސަލައެއް އުޅޭ ކަމަކަށް އާއިލާއަށް، ރައްޓެހިންނަށް ފާހަގަވެފައެއް ނުވޭ

| | | rushdhar | |



ރައުދާ އާތިފް -- ފޮޓޯ:އިންސްޓަގްރާމް

ރައުދާ އާތިފްގެ މަރުން ވަރަށް ބޮޑު ހައިރާންކަން ލިބިގެންދިޔަ އެވެ. ސުވާލުތައް ވެސް ގިނަ އެވެ. އެންމެ ގިނަ ސުވާލުތައް ސިކުނޑިއަށް ޖަމާވެފައި ވަނީ ރައުދާގެ ބައްޕަ، ޑޮކްޓަރު މުހައްމަދު އާތިފް އެވެ. ރައުދާގެ ބައްޕަ ބުނާ ގޮތުގައި ރައުދާގެ މަރުގެ ހަބަރު ލިބުނީ މާޗް 29ގެ މެންދުރު ފަހު 1:30 އެހާކަން ހާއިރު އެވެ. އެ ހަބަރާއެކު ބަންގްލަދޭޝަށް ވަޑައިގަތެވެ. ދަރިފުޅުގެ ހަށިގަނޑު ފެނުމުން ވެސް ގަބޫލުކުރަން ދަތި އެތައް ކަމެއް އޭނާ އަށް ފާހަގަ ކުރެވުނެވެ. 

ރައުދާ ވޯގް މަޖައްލާގެ ކަވަރުގައި

"އަހަރެން ރައުދާގެ ހަށިގަނޑު ބެލީ ހަމައެކަނި ބައްޕައެއްގެ ހައިސިއްޔަތަކުންނެއް ނޫން، މެޑިސިން ކިޔަވައިގެން ހުރި ޑޮކްޓަރެއްގެ ހައިސިއްޔަތުން. އަހަރެންވެސް މެޑިސިން ކިޔެވީ އިންޑިޔާއިން، ބޯޕާލް މެޑިކަލް ކޮލެޖްގައި އެމްބީބީއެސް ހެދިއިރު، 18 މަސްވަންދެން ފޮރެންސިކް މެޑިސިން އާއި ޓޮކްސިކޮލޮޖީ ކިޔެވިން،" މިވަގުތު ބަންގްލަދޭޝްގައި ހުންނެވި ރައުދާގެ ބައްޕަ ރާއްޖެއެމްވީއަށް ފޯނުން ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ. 

 

"މޯޗަރީ އިން ދިޔައިރު، އަހަންނަށް އެނގިފައިވާ އެއްޗެއްގެ މައްޗަށް ބިނާކޮށް، ބުނަން އެނގުނު ދަރިފުޅު ބަޔަކު މަރާލީކަން. އަހަރެންނާއެކީ ދިޔަ 12 މީހުންނަށް ސާފުކޮށް ފެންނާނެ ހަށިގަނޑުގައި ހުރި ނިޝާންތައް. ކަރުގައި އެއްޗެއް އެއްސީމަ އަރާ ނިޝާންތައް. އޭގެ އިތުރުން، ހުރި މީހަކު ބާރަށް ކަރުގައި ހިފީމާ އަރާ ނިޝާންތައް ސާފުކޮށް ހުރި ކަރުގައި ފެންނަން. ހުރިހާ އެންމެންނަށް ސާފުކޮށް ފެނުނު ކަރުގައި ހުރި ނިޝާންތަކުގެ ކުލަ، ހުރި ގޮތް."

މޯޗަރީއަށް ފަހު، ރައުދާގެ އާއިލާ ދެން ދިޔައީ އޭނާ އުޅުނު ހޮސްޓެލްގެ ކޮޓަރިއަށެވެ. ރޫމް 209 ގެ ދޮރު ހަލާކުކޮށްލައިގެން ވަތް ކަމަށް ޔުނިވަރސިޓީގެ ދަރިވަރުން ބުނި ނަމަވެސް، އޭގެ އެއްވެސް އަސަރެއް ކޮޓަރީގެ ދޮރުން ފެންނާކަށް ނެތެވެ. ކުޑަ ކޮޓަރިއެކެވެ. މޭޒުމަތީގައި އަނެއް ދުވަހަށް ކައްކަން ކޮށާފައި ބާކީވެފައިހުރި ތަރުކާރީތައް ކަޓިންގބޯޑު މަތީގައި ހުއްޓެވެ. ކެއްކި އެއްޗެހީގައި މަތިޖެހިގޮތަށް ހުރީ އުނދުން މަތީގަ އެވެ. ކޮޓަރީގައި ހަލާކުވެފައިހުރި އެއްޗެއްސަކީ އަލަމާރީގެ ލޯގަނޑާއި ފިހިގަނޑެވެ. އެނދު ބިންދައިގެން ގޮސްފައި ހުރުމުން، އެނދު ހިފެހެއްޓުނަށް އެނދު ދަށަށް އެއްޗެއް ލާފައި ހުއްޓެވެ. ނަމަވެސް ހަލާކުވެފައި ހުރި ތަންތަނަކީ ރައުދާގެ މަރުގެ ކުރިން، ނުވަތަ މަރުގެ ފަހުން ކަމެއް ނޭނގެ އެވެ. ނަމަވެސް ޑރ. އާތިފް ގަބޫލުކުރައްވާ ގޮތުގައި ކޮށާފައި ހުރި ތަރުކާރީ އާއި އުނދުން މަތީގައި ހުރި ކާއެއްޗެހި ޝައްކުތައް އިތުރަށް ބޮޑުވެގެން ދިޔަ އެވެ. 

ރައުދާ ދިރިއުޅު ކޮޓަރީގެ ބޭރު ދޮރު: ގަދަކަމުން ބަޔަކު ވަތްކަމުގެ ނިޝާނެއް ނެތް

"ރައުދާ މަރުވެފައި ހުރިކަމަށް އެންމެ ފުރަތަމަ ރިޕޯޓްކުރި ކުއްޖާ، ސީރަތުގެ ބަޔާނެއް އަހަރެން ނެގިން. އޭނާ ބުނީ ހެނދުނު ރައުދާއާ ބައްދަލުކުރަން އައި ކަަމަށް. ދޮރު އެތެރެއިން ތަޅުލާފަ ހުރީމަ، ދޮރުގައި ޓަކިޖެހުމަށްފަހު، ނުހުޅުވުމުން، ލައްޕާފައި ހުރި މަައިދޮރުން އެތެރެ ފެންނަ ގޮތަށް ފޭވެފައި ހުރި ތަނަކުން ރައުދާ ފެނުނީ... ދެން އޭނަ އެންމެންނަށް ގޮވީ. ފަނަަރަ ވަރަކަށް ދަރިވަރުން ދޮރު ހަލާކުކޮށްފައި، ކޮޓަރިއަށް ވަދެ، ރައުދާ ކަރުގައި އައްސާފައި އޮތް ސްކާފް ކަނޑާ، އޭނަ އެނދުމަތީ ބޭއްވީ. އޭރު ފުލުހުންނާއި މީޑިޔާއިން އައިއްސި،" ސީރަތާ ހަވާލާދީ ޑރ. އާތިފް ވިދާޅުވި އެވެ. 

ބައްޕަ ފަދައިން ޑޮކްޓަރަކަށް ވުމަށް މެޑިސިން ކިޔަވަމުންޑާ ރައުދާއަކީ އަމިއްލައަށް މަރުވެދާނެ ފަދަ ބަލިކަށި އަގީދާއެއްގެ ކުއްޖެ ނޫން ކަމަށް ޑރ. އާތިފް ގަބޫލްކުރައްވަ އެވެ.

ރައުދާ މަރުވުމުގެ ކުރިން ކައްކާފައިހުރި ކެެއުން
ކެެއްކުމަށްފަހު ބޭނުންކުރި އެއްޗެހި ހުރި ތަނުގައި

މިކަމަށް ބާރުލިބިދޭ އެހެން ވާހަކަތަކެއް ވެސް ޑރ. އާތިފް ހިއްސާ ކުރެއްވެވި އެވެ. ރައުދާގެ ވިސްނުން ވެސް ހުރީ، ރައުދާ މަރުވިއިރު ތައްޔާރުވަމުން ދިޔަ ކޮލެޖްގެ އެގްޒާމަށް ފަހު، އޮސްޓްރޯލިއާއަށް ބަދަލުވުމަށެވެ. އެ ވާހަކަތައް ބޮޑުދައިތައާއެކު ވެސް ދާދި ފަހުން ވައިބާއިން ދައްކާފައި ހުއްޓެވެ. 

ރައުދާ އޮސްޓްރޭލިއާއަށް ބަދަލުވުމާ ގުޅޭ ގޮތުން ބޮޑުދައިތަ އާއެކު ދައްކާފައިވާ ވާހަކަތަކުގެ ސްކްރީންޝޮޓް

މަޝްހޫރު މޮޑެލް އޮސްޓްރޭލިއާއަށް ބަދަލުވުމަށް ނިންމާފައި އޮތް ކަމަށް ޑރ. އާތިފް ވެސް ވިދާޅުވި އެވެ. 

"ކޮލެޖް ސެމެސްޓަރ ޓެސްޓުތަކުން ރަނގަޅު ނަތީޖާއެއް އޭނާ ހޯދި. އެމްބީބީއެސްގެ ފައިނަލް އެގްސޭމަށް އޭނަ ދިޔައީ ތައްޔާރުވަމުން. ފުރަތަމަ ޓެސްޓް ނިމުނީމަ ރައުދާ އޮސްޓްރޭލިއާގެ ޕަރތަށް ފޮނުވުމަށް އާއިލާއިން ދިޔައީ މަސައްކަތް ކުރަމުން. އޭނާގެ ބޮޑުދައިތަ، ފާތިމަތު ލުބްނާ އެކަމަށް ދިޔައީ މަސައްކަތްކޮށްދެމުން. ރައުދާގެ އެއްވެސް އިމޯނަޝަނަލް، ސިއްހީ މައްސަލައެއް ނެތް. އޭނާ އުޅުނީ އުފަލުން، އަމިއްލަ ނަފްސަށް އިތުބާރުކުރި، ތޫނުފިލި ކުއްޖެއް އެއީ. އަބަދުވެސް ބޭނުންވީ ޑޮކްޓަރަކަށް ވާން،" ޑރ. އާތިފް ވިދާޅުވި އެވެ. 

 

ރައުދާ ބައްޕަ ވިދާޅުވި ގޮތުގައި ރައުދާ މަރުވީ ދަންޖެހިގެނެއް ނޫނެވެ. އެކަމުގައި ފޮރުވިފައިވާ އެތައް ކަމެއް އެބަ ހުރި ކަމަށް އޭނާ ގަބޫލް ކުރައްވަ އެވެ. އެ ސުވާލުތަކަކީ؛

  1. ރައުދާ ކަރުގައި މީހަކު ހިފާފައިހުރި ނިޝާންތައް ހުރީ ކީއްވެ؟
  2. ޝޯލެއް ބޭނުންކޮށްގެން ދަންޖެހުމުން ހުންނަ ނިޝާނާއި ރައުދާކަރުގެ ހުރި ނިޝާންތައް ތަފާތުވީ ކީއްވެ؟ ދަންޖެހިގެން މަރުވާ އިރު އާންމުކޮށް ހުންނަ އެއްވެސް ނިޝާނެއް ނެތީ ކީއްވެ؟
  3. ދަންޖެހިގެން މަރުވާ މީހުންގެ އަނގައިން ސޮނި ބޭރުވެފައި ހުންނާނެ. ރައުދާގެ އެކަން ފެންނަން ނެތް.
  4. ކޮޓަރީގެ ދޮރުގެ އެތެރެއިންނާއި ބޭރުން ގަދަކަމުން ވަދެފައިހުރި އެއްވެސް ނިޝާނެއް ނެތް. އެކަަމަކު ކޮޓަރިއަށް ވަތް ހުރިހާ ދަރިވަރުން އެއްބަސްވޭ ކޮޓަރިއަށް ވަނީ ގަދަކަމުންނޭ.
  5. އަހަރެމެންތިބި އިރު، ޕޯސްޓް މޯޓަމް ހަދަން ހުއްދަނުހޯދީ ކީއްވެ؟
  6. އެދުވަހުގެ ސެކިއުރިޓީ ފުޓޭޖް ގެއްލުނީ ކީއްވެ؟
  7. ރައުދާގެ އައިފޯން7 އޭނާ މަރުވި ފަހުން، ބޭނުންކޮށްފައިވޭ. އޭނާގެ ފޯން އެކަކުވެސް ބޭނުންނުކުރާނަމަ، ރައުދާގެ އިންސްޓަގްރާމުން މީހުން ޑިލީޓްކުރަނީ ކާކު؟
  8. އަމިއްލައަށް މަރުވާ މީހެއްގެ ހުންނަ އެއްވެސް ކަހަަލަ އަމަލެއް ރައުދާގެ ކިބައިން އެއްވެސް އިރެއްގައި ފެނިފައެއް ނުވޭ. ހަމަ ކުއްލިއަކަށް އެކަން ބަދަލުވާން ޖެހޭ ސަބަބަކީ ކޮބާ؟
  9. ސީރަތް ރައުދާގެ ޖޫސްތައްޓަށް ބޭސްތަކެއް އެޅި. ރައުދާ އެންމެ ފުރަތަމަ ފެނުނީވެސް ސީރަތަށް. އޭނާގެ ބަޔާނެއް ފުލުހުން ނުނެގީ ކީއްވެ؟
  10. އަމިއްލައަށް މަރުވާން ރައުދާ އުޅުނުނަމަ، އަނެއް ދުވަހަށް ކާއެއްޗެހި ތައްޔާރުކުރީ ކީއްވެ؟
  11. ހޮސްޓެލްގެ ސެކިއުރިޓީގެ ބަހާއި ރައުދާއާއެކު އެރޭ ހޮސްޕިޓަލަށް ދިޔަ މީހުންގެ ބަޔާންތައް ތަފާތުވީ ކީއްވެ؟

އޮޓޮޕްސީ ހެދި ނަމަވެސް، ޑރ. އާތިފްގެ މި ސުވާލުތަކަށް ޖަވާބެއް ނުލިބެ އެވެ. ރައުދާ އަމިއްލައަށް މަރުވިނަމަ، ނުވަތަ ބަޔަކު އޭނާ މަރާލިނަމަ، ސަބަބެއްވެސް އޮންނަން ޖެހޭނެ އެވެ. އަދި، ބަޔަކު ރައުދާ މަރާލިނަމަ، އޭނާ މަރާލުމަށްފަހު، އެއީ ދަންޖެހިފައިވާ ކަމަށް ދައްކަން މަސައްކަތް ކޮށްފައިވަނީ ކީއްވެ؟ ޔަގީންވާ ކަމަކީ ރައުދާގެ މަރުގެ ތަހުގީގާއި ކަން ހިނގިގޮތާއި މެދު ބަޔަކު އިހުމާލުވެފައިވާ ކަމެވެ. ރާއްޖޭގެ ސަރުކާރުން ރައުދާގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށްވެސް ޑރ. އާތިފް ވަނީ ގޮވާލައްވައިފަ އެވެ. 

 

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ



އައްޔަ

5 މަސް ކުރިން

ރައުދާއަކީ ބުރުގާ އަޅާ ކުއްޖެއްނޫން.. ދެން ކޮން ޝޯލް އެއް. ރައުދާ ކަރުގައި އައްސާފައިވާ ޝޯލް ރައުދާގެ ކޮޓަރިއަށް ވަނީ ކިހިނެއް

2
5
Hanaa

5 މަސް ކުރިން

Suvaslu ufedhey kithamme kameh mi kamuga ebavey. Foruvifa vaa javaabu nulibey suvaaluthakeh vey. Minivan noosveri kamegga kiuntherinnah ithuru mauloomaathu genes dhinun varah edhen

0
1
ސާދަ

5 މަސް ކުރިން

ބައްޕައާއި އެކު ދިޔަ 12 މީހުން ، އެހެންވީމަ މަދުވެގެން 8 ފޯނު އޮންނަންވާނެ، 8 ފޯނު ތެރޭން މަދުވެގެން 5 ސްމާރޓްފޯން އިންނަންވާނެ، މޯޗަރީގައި އެހައި ކައިރިން 13 މީހުނަށް ފެނުނު އިރު 1 ފޮޓޯގަނޑެއްވެސް ނުނެގުނުތަ

2
10
ރިޕްލައި

5 މަސް ކުރިން

ކުރިން އާޓިކަލް އަކު ބުނެފައިވެއެއްނު ބައިވަރު ހެކިތަކެއް ވާކަން. ތަހުގީގު ކުރިއަށް ދާތީ މީޑިއާއަށް ހުރިހާ އެއްޗެއް ހާމަނުކުރާ ވާހަކަ. އެހެން ވީމަ އަދި ނެތެއް ނުން ތިހެން ބުނެވޭކަށް

Reef

5 މަސް ކުރިން

How she got showl.she is not wearing it. Is that showl belongs her.

3
3
ރިޕްލައި

5 މަސް ކުރިން

ކޮލެޖަށް ދާއިރު ފޮތިގަނޑެއް އޮޅަން ޖެހޭ ވާހަކަ ބަޔާން ކޮށްފައިވޭ. އެހެން ވީމަ އެއީ ރައުދާގެ ޝޯލް އަކަށް ވުންވެސް އެކަށީގެންވޭ

Hjjgfxz

5 މަސް ކުރިން

Kotaree bodu dhorun feyvefa huri thanun fenunee kamah seerat bunikamah Raudh abahpa bunefain kamah mi habaruga bunaairu kureege habaruthakug bunefa innanee kudadhorun beli iru Raudha dhanjehifa huri manzaru fenunu kamah . mi fushu erunthah kiyuntherinnah saafu vaanehen report eh neredhevviyyaa rangalhu. Raudha maruvi kamah bunaa rey eyna lap balaa dhiyaee kujjaa akee eyna dhiriulhey kotaree dhimaa hunna kotariakah vefa abadhuves she rahu maitheringe kotaree dhoru dgemeehunnah holhuvefa hunna kamah bunaa bunumunge therein e kujjaa ah evves habareh mi kamuge neygenee baa.????

1
2
މަންތިރި

5 މަސް ކުރިން

ރާއްޖޭގެ ސަރުކާރުން ބަނގުލާދޭޝް ގަ ހިނގި ކަމެއް ދެން ކުރާނީ ދެ ސަރުކާރު ގުޅިގެންތާދޯ

2
3
ހައިރާން

5 މަސް ކުރިން

ބަލަ ރައުދާ އޭނަ މަންމަ ގާތު އޭނަގެ ޖޫސްތަށްޓަށް ސީރަތު ބޭސް އަޅާފައޭ ބުނި ދުވަހު އެކަމާ އެއްވެސް ސުވާލެއް މަންމަ ކޮށްފައވޭތޯ ބަލާލަން ބޭނުން . އެވާހަކަ އެމީހުން ބުނީވެސް ރައުދާ ވަޅުލިވެސް ފަހުން

1
4