19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ބޮލީވޫޑް

މާބަނޑު އަންހެނަކު ކައިވެނިކުރާ މަންޒަރު ދައްކާތީ މުޒާހަރާކޮށްފި

  • ފިލްމްގެ ޕްރޮޑިއުސަރު ޓީ.ޕީ އަގްރަވާލްގެ އޮފީސް ދޮރުމަތީގައި މުޒާހަރާކޮށްފައި ވަނީ ވިޝްވާ ހިންދޫ ޕަރިޝާދު (ވީއެޗްޕީ) ގެ މެންބަރުންތަކެއް
އަލީ ޔޫސުފް | AliYooosuf

| 5 އޭޕުރިލް 2017 | ބުދަ 14:03 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
  8. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!


"ލާލީ ކީ ޝާދީ މޭ ލައްޑޫ ދީވާނާ"އާ ދެކޮޅަށް މުޒާހަރާކުރި ފަރާތްތަކުން ބޭނުންކުރި ޕޯސްޓަރެއް -- ގޫގުލް

އަލަށް ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ލާލީ ކީ ޝާދީ މޭ ލައްޑޫ ދީވާނާ"ގައި މާބަނޑު އަންހެނަކު ކައިވެނިކުރާ މަންޒަރު ދައްކާތީ އެ ފިލްމްގެ ޕްރޮޑިއުސަރުގެ އޮފީސް ދޮރުމަތީގައި ބަޔަކު މުޒާހަރާކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މުމްބާއީގައި ހުންނަ އޮފީސް ދޮރުމަތީގައި ގާތްގަނޑަކަށް 80 ވަރަކަށް މީހުން މުޒާހަރާކޮށްފައި ވެއެވެ. ފިލްމްގެ ޕްރޮޑިއުސަރު ޓީ.ޕީ އަގްރަވާލްގެ އޮފީސް ދޮރުމަތީގައި މުޒާހަރާކޮށްފައި ވަނީ ވިޝްވާ ހިންދޫ ޕަރިޝާދު (ވީއެޗްޕީ) ގެ މެންބަރުންތަކެކެވެ.

ވީއެޗްޕީން ބުނީ އެ ފިލްމްގައި ހިންދޫންގެ އިހްސާސްތަކާ ސަގާފަތާ ދެކޮޅު މަންޒަރުތަކެއް ހިމެނޭ ކަމަށެވެ. އެ މަންޒަރުތައް ފިލްމުން އުނިކުރަން އެ މީހުން ވަނީ ގޮވާލާފައެވެ.

 

ލާލީ ކީ ޝާދީ މޭ ލައްޑޫ ދީވާނާ" ގެ ޕޯސްޓަރެއް"

 

އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާސް އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރާ އަގްރަވާލް ބުނީ އޭނާގެ ފިލްމަށް ސެންސަރު ބޯޑުން ހުއްދަ ދީފައިވާ ކަމަށާއި އެހެން ކަމުން އެއްވެސް މަންޒަރެއް އުނިނުކުރާނެ ކަމަށެވެ.

އަގްރަވާލްގެ އޮފީސް ދޮށަށް އެއްވި މީހުން ފުލުހުން ފަހުން ވަނީ ދުރަށް ޖައްސައި އެ ސަރަހައްދުން ފޮނުވާލާފައެވެ.

މަނީޝް ހަރީޝަންކަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމް ރިލީޒްކުރުމަށް ހަމަޖައްސާފައި ވަނީ އަންނަ ހުކުރު ދުވަހުއެވެ. މި ފިލްމްގައި ހަރަކާތްތެރިވަނީ ނަސީރުއްދީން ޝާހްގެ ދަރިފުޅު ވިވާން ޝާހް އާއި ކަމަލް ހަސަންގެ ދަރިފުޅު އަކްޝަރާއެވެ. މީގެ އިތުރުން ގުރްމީތު ޗޯދަރީ އާއި ސޯރަބް ޝުކްލާ ވެސް މި ފިލްމްގެ މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް