19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އާލިއާ އާއި އެކުވެރިން

އާލިޔާ އެކުވެރިންނާ އެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްފި

  • ވަގުތު ހޭދަކޮށްފައި ވަނީ އޭނާގެ އެންމެ ގާތް އެކުވެރިން ކަމަށްވާ ޒުވާން ޑައިރެކްޓަރު އަޔާން މުކެރްޖީ އާއި އާރްތީ ޝެއްޓީ އަދި ކުނާލް ރާވަލްއާ އެކު

| 5 އޭޕުރިލް 2017 | ބުދަ 13:57 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


އާލިއާ އާއި އޭނާގެ އެކުވެރިން: އޭނާ މި ވަގުތު ހުރީ ޗުއްޓީއެއްގައި -- ގޫގުލް

"ބަދުރީނާތު ކީ ދުލްހަނިޔާ"ގެ ކާމިޔާބީ އަށް ފަހު ފިލްމުތަކާ ދުރަށް ޖެހިލައި އާއިލާ ބަޓް އެކުވެރިންނާ އެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްފިއެވެ. 

މިވަގުތު ޗުއްޓީގައި ހުރި އާލިއާ ވަނީ އޭނާގެ މި އުފާވެރި ވަގުތުކޮޅު އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އޭނާ ވަގުތު ހޭދަކޮށްފައި ވަނީ އޭނާގެ އެންމެ ގާތް އެކުވެރިން ކަމަށްވާ ޒުވާން ޑައިރެކްޓަރު އަޔާން މުކެރްޖީ އާއި އާރްތީ ޝެއްޓީ އަދި ކުނާލް ރާވަލްއާ އެކުއެވެ. 

މި ކޮލާޖް ފޮޓޯތަކުގައި އާލިޔާ ލިޔެފައި ވަނީ "އިފް ޔޫ ޑޯންޓް ނޯ، ޑޯންޓް ވޮރީ" އެވެ. އޭގެ ފަހުން އޭނާ ވަނީ އަޔާން އޭނާގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ނަގާފައިވާ ފޮޓޯއެއް ވެސް އިންސްޓަގްރާމްކޮށްފައެވެ. އަދި ކެޕްޝަނަކަށް ލިޔެފައި ވަނީ "މައި ޕާސަން"އެވެ. 

އުމުރުން މިހާރު 33 އަހަރުގެ އަޔާން ނުކުމެފައި ވަނީ "ވޭކް އަޕް ސިދް" އިންނެވެ. ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ރަންބީރު ކަޕޫރު ލީޑް ރޯލުން ފެނިގެންދާ މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައި ވެއެވެ. އޭނާ ޑައިރެކްޓްކޮށްފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި "ޔޭ ޖަވާނީ ހޭ ދިވާނީ" އަށް ވެސް ބޮޑު ކާމިޔާބެއް ލިބިފައި ވެއެވެ. 

އޭނާގެ ތިން ވަނަ ފިލްމް "ޑްރެގަން" ލީޑް ރޯލުން ވެސް ފެނިގެންދާނީ ކުރިން ދެ ފިލްމްގައި ވެސް ފެނިގެންދިޔަ ރަންބީރް ކަޕޫރެވެ. އޭގެ އިތުރުން ޗުއްޓީ އަށް ފަހު އާލިޔާ ވެސް މި ފިލްމްގެ މަސައްކަތް ފަށާނެއެވެ. މިއީ ސުޕްހީރޯ ފިލްމެކެވެ. މި ފިލްމްގެ ތިން ބައި އުފެއްދުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް އަޔާން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޒޯޔާ އަޚްތަރުގެ "ގައްލީ ބޯއީ"ގެ މަސައްކަތް ވެސް ދާދި އަވަހަށް އާލިއާ ފަށާނެ ކަމަށް ބެލެވެއެވެ. މި ފިލްމްގައި އޭނާއާ އެކު ލީޑް ރޯލުން ފެނިގެންދާނީ ރަންވީރް ސިންގް ކަމަށް ޚަބަރުތައް ބުނެއެވެ.   
 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް