14 ނޮވެންބަރު 2018 | ބުދަ | 02 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

ސިވިލް އޭވިއޭޝަން އޮތޯރިޓީ

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

  • ރާއްޖެއާއި ތައިލެންޑާއި ދެމެދު ހަފްތާއަކު ހަތް ފްލައިޓް ބޭއްވުމަށް އެއްބަސްވެފައިވޭ
ރިޒުނާ ޒަރީރު | RiznaZareer

| 5 އޭޕުރިލް 2017 | ބުދަ 09:46 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


ރާއްޖެއާއި ތައިލެންޑާއި ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން -- ޓްވިޓަރ

ރާއްޖެއާއި ތައިލެންޑާއި ދެމެދު ފްލައިޓްތައް އިތުރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

 

 

މި އެމްއޯޔޫގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ސީއީއޯ ހުސެއިން ޖަލީލްއެވެ. ތައި ސިވިލް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން ޑިރެކްޓަރ ޖެނެރަލް މރ. ޗޫލާ ސުކުމަނޮޕް އެވެ.

 

 

މިއެއްބަސްވުމުގެ ދަށުން ރާއްޖެއާއި ތައިލެންޑާއި ދެމެދު ހަފްތާއަކު ހަތް ފްލައިޓް ބޭއްވުމަށް އެއްބަސްވެފައިވާއިރު މޯލްޑިވިއަނުން ގެންދަނީ މިހާރުވެސް ތައިލެންޑްގެ ކެޕިޓަލް ސިޓީ ބެންކޮކަށް ޑައިރެކްޓް ފްލައިޓް ބާއްވަމުންނެ އެވެ.

 

 

ރާއްޖެއާއި ތައިލެންޑާ ދެމެދު 21 ޑިސެންބަރު 1989 ގައި ސޮއިކޮށްފައިވާ ވައިގެ ދަތުރުފަތުރާ ބެހޭ އެއްބަސްވުމަށް އިސްލާހު ގެނައުމަށް ވަނީ މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވައިފައެވެ.

 

 

ދެ ދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ މި މަޝްވަރާ ބައްދަލުވުމަށްފަހު، ދެ ޤައުމު ދެމެދު އެއްބަސްވެވޭ ނުކުތާތަކުގެ މައްޗައް ބިނާކޮށް އެކުލަވާ ލެވޭ މި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި ވަނީ ސޮއިކޮށްފައެވެ.

 

 

ބެންކޮކްއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ މެދުގައި ވަރަށް މަޤްބޫލު މަންޒިލްއެކެވެ. ބެންކޮކް އެއަރވޭސްއިންވެސް ރާއްޖެއަށް ޑައިރެކްޓް ފްލައިޓް ބާއްވަމުންގެންދެ އެވެ.

 

 

ފާއިތުވި އަހަރު ތައިލެންޑުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތަށް ބަލާއިރު ސޯޅަ ހާސް ހަތަރު ސަތޭކަ ފަންސާސް އެއް ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް