23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ވިނޯދް ކަންނާ

ވިނޯދް ކަންނާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި

  • ވިނޯދް ކަންނާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ
  • އެޑްމިޓް ކުރި ވަކި ސަބަބެއް ސާފެއް ނުވޭ
ސަހުބާން ފަހުމީ | sahubaan

| 4 އޭޕުރިލް 2017 | އަންގާރަ 23:52 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  4. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ވިނޯދް ކަންނާ -- އިންޑިއަން އެކްސްޕްރެސް

ބޮލީވުޑްގެ ސްޕަސްޓާ ވިނޯދް ކަންނާ ކުއްލި ގޮތަކަށް މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފިއެވެ. ނަމަވެސް ވިނޯދުގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަން އާއިލާއިން ވަނީ ދެކޮޅު ހަހަދައިފައެވެ.

ވިނޯދް ކަންނާ މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑެމިޓް ކޮށްފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ވިނޯދް ކަންނާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަން އޭނާގެ އާއިލާއިން ދެކޮޅު ހެދި ނަމަވެސް ވިނޯދް ކަންނާގެ ގާތް އެކުވެރިއަކު ބުނެފައި ވަނީ ވިނޯދް ކަންނާގެ ހާލު ސީރިޔަސް ނޫން ކަމަށާއި އޭނާގެ ބަލި ރަނގަޅު ވަމުން އަންނަ ކަމަށެވެ. އަދި ވިނޯދް ކަންނާގެ ސިއްޙީ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކުމުގެ ހުއްދަ އޭނާ އަށް ނެތް ކަަމަށާއި ނަމަވެސް ވަރަށް އަވަހަށް ވިނޯދް ކަންނާ ހޮސސްޕިޓަލުން ޑިސްޗާޖް ކުރާނެ ކަމަށް އޭނާގެ ގާތް އެކުވެރިޔަކާ ހަވާލާދީ އިންޑިއަން އެކްޕްރެސްގައި ބުނެފައިވެއެވެ.

ވިނޯދް ކަންނާ އެޑްމިޓް ކޮށްފައިވާ ހޮސްޕިޓަލުގެ އޮފިޝަލަކު ބުނި ގޮތުގައި ވިނޯޑް ކަންނާ އެޑްމިޓް ކޮށްފައި ވަނީ މާޗް މަަހުގެ 31 ވަނަ ދުވަހު ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ހަބަރަކީ ސައްހަ ހަބަރެއް ނޫން ކަމަށެވެ.

އެގޮތުން އޮފިޝަލް ބުނެފައި ވަނީ ވިނޯދް ކަންނާ އެޑްމިޓް ކޮށްފައި ވަނީ މި މަަހުގެ ދެ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި އަދި މިހާރު ވިނޯދް ކަންނާގެ ސިއްޙީ ހާލަތު ވަަރށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެއިތުރުން ހޮސްޕިޓަލުގެ އޮފިޝަލް ވިދާޅުވީ ވިނޯދް ކަންނާގެ ސިއްޙީ ހާލަތާ ބެހޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް އާއިލާއިން އެދިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް