14 ނޮވެންބަރު 2018 | ބުދަ | 02 ނޮރަ
06 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:51
ފަތިސް 04:36

ބީއެމްއެލް

ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ

 • ކާމިޔާބު ކުރި ޕްރޮޖެކްޓަކީ ރެންޓް އެންޑް ރައިޑް ނަމަކަށް ކިޔާ ޕްރޮޖެކްޓެއް
 • ބީއެމްއެލް އިން ވަނީ ދެ ލައްކަ ރުފިޔާ ޕްރޮޖެކްޓް ހިންގަން ދީފަ
 • މިއީ ބީއެމްއެލް ސީއެސްއާރް ޕްރޮޖެކްޓެއް
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 4 އޭޕުރިލް 2017 | އަންގާރަ 23:47 | |

މަގުބޫލް

 1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
 2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
 3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
 5. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
 7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


ބީއެމްއެލް އަހަރެންގެ ބޭންކް ކެމްޕެއިން ފެށުން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެެލްއިން ފަށާފައިވާ ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާގެ ފަންޑެއް އެ ކުންފުނިން ދީފި އެެވެ.

ބީއެމްްއެލްގެ މެނޭޖަރ، ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ މި މަސައްކަތަކީ އަހަރު ތެރޭ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން އިސްނަގައިގެން ފެށި މަސައްކަތުގެ ތެެރެއިން ފުރަތަމަ މަސައްކަތް ކަމަށެވެ. މިފަދަ 10 ޕްރޮޖެކްޓެއް މިއަހަރުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން މުޖުތަމައަށް ފައިދާ ކުރާނެ ގޮތަށް ފެށި މަސައްކަތެއް ކަމަށާއި ޕްރޮޖެކްޓެއް ހޮވުމުގައި ދެމެހެއްޓެނިވި ގޮތުގައި ފައިދާ ކުރާނެ މަސައްކަތްތަކެއްތޯ ބެލޭނެ ކަމަށެވެ. ބީއެމްއެލްއަށް ގިނަ އަދަދެއްގެ ޕްރޮޕޯސަލް ލިބުނު އިރު އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ، ފަސް ޕްރޮޖެކްޓެއް ހޮވުމަށްފަހު އާއްމުންގެ ވޯޓަށް ހުޅުވާލި ކަމަށް ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސީއެސްއާފް ކޮމިޓީން ނިންމީ އެންމެ ބޮޑަށް މުޖުތަމައަށް ފައިދާ ކުރާނެ ގޮތަށް ހުށަހަޅާފައިވާ ޕްރޮޕޯސަލް. އެގޮތުން އެ ޕްރޮޖެކްޓަށް ދާނެ ހަރަދާ، ޕްރޮޖެކްޓުގެ ފީސީބިލިޓީއަކީވެސް އަޅުގަނޑުމެން ބެލިކަންތައް." ސައީދު ވިދާޅުވި އެވެ.

އެގޮތުން ރެންޓް އަ ރައިޑް ކިޔާ ޕްރޮޖެކްޓަށް އާއްމުންގެ އެންމެ ގިނަ ވޯޓު ލިބުމުން އެފަރާތާއެކު އެ މަސައްކަތް ކުރުމަށް ބީއެމްއެލް އިން ދެ ލައްކަ ރުފިޔާގެ ފަންޑު ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް