| 4 އޭޕުރިލް 2017 | އަންގާރަ 22:22 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އުރީދޫ މޯލްޑިވްސް ޕީއެލްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް ނަޖީބް ޚާން އައްޔަނުކޮށްފިއެވެ.
އެކުންފުނިން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ މުވާސަލާތީ ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ލިބިފައިވާއިރު، ފާއިތުވި ދެ އަހަރު ތެރޭގައި ނަޖީބްޚާން މަސައްކަތް ކޮށްފައި ވަނީ އުރީދޫ ގްރޫޕްގެ ކޮމާޝަލް ޑިވިޝަންގެ ބިޒްނަސް ސަރވިސާސް ޓީމްގެ އިސްވެރިއެއްގެ މަޤާމު ކަމަށެވެ. އަދި 2014 ގައި އުރީދޫ ގްރޫޕްގައި މަސައްކަތް ފެށުމުގެ ކުރިން، ނަޖީބް މަސައްކަތްކުރަމުން ދިޔައީ ބާރްތީ އެއާރޓެލް ލިމިޓެޑްގެ ހޯމް އެންޑް އޮފީސް ބިޒްނެސްގެ ސީއީއޯގެ ގޮތުގައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައެވެ.
ހަމައެއާއި އެކު، އުރީދޫގެ ކުރީގެ ސީއީއޯ ވިކްރަމް ސިންހަ ވަނީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރގެ މަޤާމަށް އައްޔަނުކޮށްފައެވެ.
"އުރީދޫ މޯލްޑިވްސްގެ ކާމިޔާބީގައި ވިކްރަމް ވަނީ ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައި. މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް ވިކްރަމް އަށް މަރުހަބާ ކިޔުމަކީ އަޅުގަނޑަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް. ހަމައެއާއި އެކު، އުރީދޫ މޯލްޑިވްސް ގެ ސީއީއޯ ގެ މަގާމަށް ނާޖިބްއަށް މަރުހަބާ ކިޔަން، އަދި މި ކާމިޔާބު ދަތުރު އިތުރަށް ކުރިޔަށް ގެންގޮސްދޭނެ ކަމަށް ޔަގީންކުރަން." އުރީދޫ މޯލްޑިވްސްގެ ޗެއަރމަން ޚާލިދް އަލް މަޙްމޫދް ވިދާޅުވިއެވެ.
އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ ވިކްރަމް ސިންހާ ވިދާޅުވީ އުރީދޫ މޯލްޑިވްސް ޓީމް އާއިއެކު ވަރުގަދަ ބްރޭންޑް ކުރިއެރުވުމަކީ އެނާ އަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
" އުރީދޫގެ އާ ސީއީއޯ ނަޖީބް އަށް މަރުހަބާ ކިޔުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް، އަދި މި ދާއިރާއިން ލިބިފައިވާ ތަޖުރިބާ އާއިއެކު، އުރީދޫ މޯލްޑިވްސް ގެ ކާމިޔާބު ދަތުރު ކުރިޔަށްގެންގޮސް، އިތުރު ހަރުފަތަކަށް ކުންފުނި ގެންގޮސްދޭނެކަމަށް އަޅުގަނޑު ޔަގީންކުރަން. އާ ސީއީއޯ އާއި، އުރީދޫ މޯލްޑިވްސް ޓީމް އަދި ދިވެހި ރައްޔިތުންގެ އެއްބާރުލުމާއި އެކު، އަޅުގަނޑުމެންގެ ޕާޓްނަރުންނާއި، ސަޕްލަޔަރުންނާއި މުވައްޒަފުންނާއި ގުޅިގެން، ކުންފުނީގެ އަމާޒުތަކަށް ވާސިލްވެ، ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތްދިނުމުގެ މަސައްކަތުގައި އަޅުގަނޑު ކުރިޔަށްދާނަން." އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ ވިކްރަމް ސިންހާ ވިދާޅުވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް