23 އޮކްޓޯބަރ 2017 | ހޯމަ | 6 ހެއި

ޖަލު ހުކުމެއްގައި ހުރި ހާމިދު ސޭޓު ކައިވެންޏެއް ކޮށްފި

  • ކައިވެނި ކުރީ އަންގާރަ ދުވަހުގެ މެންދުރު
  • ކަރެކްޝަނުން ފެމިލީ ކޯޓަށް ހާޒިރުކޮށްދިން
  • ހާމިދުގެ ހުކުމް ނިމޭނީ 2019 ވަނަ އަހަރު

| | | azmoon_ahmed | |ހާމިދު އިސްމާއިލް އާއި އައިޝަތު ނަފީސް ފެމިލީ ކޯޓުގައި -- ފޮޓޯ:ޓުވިޓާރ

 މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒްކުރަމުންދާ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު) ކައިވެންޏެއް ކޮށްފި އެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހާމިދު ކައިވެނި ކުރީ އަންގާރަ ދުވަހުގެ މެންދުރު 2:00 ހާއިރު އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ އަންގާރަ ދުވަހުގެ މެންދުރު 1:45 ހާއިރު ހާމިދު ފެމިލީ ކޯޓަށް ގެނެސްދީފަ އެވެ. އެނގިފައިވާ ގޮތުގައި ހާމިދުގެ ތިން ވަނަ ކައިވެންޏެވެ. 

 

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާމިދު ކައިވެނި ކުރީ އައްޑޫ ސިޓީ ހިތަދޫ، އައިޝަތު ނަފީސްއާ އެވެ.

 

ހާމިދު ޖަލަށްލާފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގައި މިދިޔަ އަހަރުގެ ޖޫން 23 ވަނަ ދުވަހު އެވެ.

 

އެ މައްސަލައާ ގުޅިގެން ހާމިދުގެ މައްޗަށް ދެ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، ހަމަ އެ މައްސަލައާ ގުޅިގެން އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 8 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވެ އެވެ.

 

އަދީބާ ގާތްގުޅުމެއް އޮންނަ ހާމިދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒްކޮށް ނިމޭނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާBitu

7 މަސް ކުރިން

Jaluga hure gen bitu hillee kihineh baa?

2
0