23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އިކޮނޮމިކް މިނިސްޓްރީ

ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

  • މިފެއަރގައި ބައިވެރިވުމަށް އޭޕްރިލް 16، 2017ގެ ކުރިން ފޯމް ހުށަހަޅަންޖެހޭ
ރިޒުނާ ޒަރީރު | RiznaZareer

| 4 އޭޕުރިލް 2017 | އަންގާރަ 04:20 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


އެމްއެމްޕީއާރްސީން ބޭއްވި ފެއަރއެއްގެ ތެރެއިން -- ޓްވިޓަރ

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި ބާއްވާ ޗައިނާ ސައުތު އޭޝިޔާ އެކްސްޕޯ ނުވަތަ ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

 

 

މިއަހަރުގެ ޖޫންމަހު ބާއްވާ މިފެއަރގައި ރާއްޖެއިން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

 

 

މިދިޔަ އަހަރުގެ ފެއަރގެ ކަންޓްރީ އޮފް އޮނަރ ގެ މަޤާމް ރާއްޖެއަށް ލިބިފައިވާއިރި މިއަހަރުގެ ފެއަރގައި ދިވެހި އުފެއްދުންތައް ބައިވެރިކޮށް، އެ އުފެއްދުންތަކަށް މާކޭޓް ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެމިނިސްޓްރީން ބުންޏެވެ.

 

 

މިފެއަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސްޓޯލްއަށް ފީއެއް ދައްކަން ނުޖެހުނު ނަމަވެސް ޓިކެޓާއި ހުރުމުގެ ޚަރަދު އެބޭފުޅަކު އަމިއްލައަށް ހަމަޖައްސަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

 

 

މިފެއަރގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޭޕްރިލް 16، 2017ގެ ކުރިން އެ މިނިސްޓްރީއަށް ފޯމް ހުށަހަޅަންވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

 

 

މި ފެއަރގައި ރާއްޖެއިން ބައިވެރިވުމުގެ އެންމެބޮޑު ބޭނުމަކީ، ޗައިނާގެ ވިޔަފާރިވެރިންނާ، ގުޅުން ބަދަހިކޮށް ދިވެހި އުފެއްދުންތަކަށް ބޭރުޤައުމުތަކުގެ މާކެޓްތަކުން ހޯދުމުގެ މަގު ތަނަވަސްކޮށްދިނުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

 

 

މިއަހަރުގެ ކުންމިންގ ފެއަރ އޮންނާނީ މިއަހަރުގެ ޖޫންމަހުގެ ބާރައިން އަށާރައަށް ޗައިނާގެ ކުންމިންގގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް