12 ނޮވެންބަރު 2018 | ހޯމަ | 13 ވިހާ
04 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:13
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

ހައްދު

ފިލްމު"ހައްދު"ގެ 20 ޕަސެންޓް މަސައްކަތް ނިންމާލައިފި

  • "ހައްދު"ގެ  20 ޕަސެންޓްގެ މަސައްކަތް މިހާރު ނިންމާލުން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 3 އޭޕުރިލް 2017 | ހޯމަ 20:16 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ސޯލާ ޕެނަލްތަކާއެކު އައްޑޫ ހައި ސްކޫލްގެ ކަރަންޓް ބިލް 7،000 ރުފިޔާއަށް ކުޑަވެއްޖެ!
  8. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި


ފިލްމު ހައްދުގައި ހިމެނޭ ބައެއް ތަރިން. ފޮޓޯ: ފޭސްބުކް -- ފޭސްބުކް

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި  ބެލުންތެރިންނާއި ހަމައަށް ގެނެސްދޭން ނިންމާފައިވާ ދިވެހި ފިލްމު "ހައްދު"ގެ  20 ޕަސެންޓްގެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރ އަބްދުލް ފައްތާހު ބުނެފިއެވެ.

ފައްތާހު ބުނީ 20 ޕަސެންޓް ޝޫޓް ކޮށްފައިވަނީ ކެލާއާއި އުތީމުގައިކަމަށެވެ. އަދި ފިލްމުގެ ބޮޑުބައެއް ނިންމާލުމަށްޓަކައި ރ.ވާދޫއަށް މިމަހުގެ 8 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާޚަމަށް ފައްތާހު ބުންޏެވެ. ފައްތާހު ބުނީ މޫސުން ތަންދީފިކަމުގައި ވާނަމަ މެއި މަހުގެ މެދުތެރޭގައި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލެވޭ ވަރުވާނެ ކަމަަށެވެ.

މިފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާ ކޮށް އުފައްދާ ފިލްމެކެވެ. ނިއުމާ މުހައްމަދު އަދި ފައްތާހު ޕްރޮޑިއުސްކުރާ މި ފިލްމުގެ ކޮސްޓިއުމް ޑިޒައިނަރަކީ މަޝްހޫރު ކޮސްޓިއުމް ޑިޒައިނާ ނާޒިޔާ އެވެ.

މަހުދީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމު ބަލާލުމުން ހައްދު ފަހަނަ އެޅުމުން ވާނެ ގޮތް އެނގިގެން ދާނެ ކަމަށް ވެސް ބުންޏެވެ.

މި ފިލްގެ ޝޫޓިންތައް ނެގުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ، ރ. ވާދޫ، މާލެ އަދި މާލެ ކައިރި ރިސޯޓްތަކުގައެވެ.

ތަރިންގެ ރޯލުން ފެނިގެން ދަނީ މަރިޔަމް އައްޒަ، އައިމިނަތު ރިޝްފާ އަދި މި ދާއިރާއަށް އަލަށް ތައާރަފްވާ ޝިބާން އަހުމަދު އެވެ.

"ހައްދު" ފިލްމަކީ މިހާތަނަށް ރާއްޖޭގެ ފިލްމީ ދާއިރާ އިން ހޯދާފައިވާ ރިކޯޑުތައް މުގުރާލެވޭނެ ފިލްމަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފައްތާހު ވަނީ ބުނެފައެވެ.

ފައްތާހް ބުނެފައިވަނީ ގިނަ އެވޯޑުތައް ވެސް މިފިލްމުން ހާސިލް ކުރާނެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި މިހާތަނަށް ދިވެހި ފިލްމަކަށް ނުލިބޭ ވަރަށް އާމްދަނީ މި ފިލްމުން ހޯދާނެ ކަމަށެވެ.

މިފިލްމްގެ ލަވަތައް ކިޔައިދީފައިވަނީ މުހައްމަދު އަބްދުލް ޣަނީ ( ތޭރަވާ) އާއި އަޝްފާއެވެ.

ފައްތާހު ބުނީ ފިލްމުގެ ރީތިކަން ފެންނާނީ ބޮޑުސްކްރީނުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް