17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޝްވަތު ދިނުން

ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

  • ޚިޔާނާތުގެ ފައިސާ ގޯނި ހިފައިގެން ގޮސް ބެހި ކަމުގެ އިއުތިރާފް
  • މަޖިލީހުގައި ދައްކަވާ ވާހަކައަށް އިމްތިޔާޒް، އެކި މީޑިއާތަކުގައި ވެސް އެ ވާހަކަ ދެއްކެވި
  • ގާސިމްގެ މައްޗަށް ރިޝްވަތުގެ ތުހުމަތުގެ ތަހުގީގެއް، އިއުތިރާފްވި މެންބަރަށް ތަހުގީގެއް ނެތް
އަޒުމޫން އަހުމަދު | azmoon_ahmed

| 2 އޭޕުރިލް 2017 | އާދީއްތަ 14:18 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


ގާސިމް އިބްރާހިމާއި މެންބަރު މުހައްމަދު އިސްމާއިލް -- އާކައިވް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަރާތުން ލިބިވަޑައިގެންނެވި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހަށް ވަޑައިގެންނެވި ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވަނީ އިއުތިރާފްވެވަޑައިގެންފަ އެވެ. މުޅި ދިވެހިރާއްޖެއާއި ދުނިޔޭގެ ކުރިމަތީގައި ޚިޔާނާތުގެ ފައިސާ ބެހި ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. މަޖިލީހުގެ ޖަލްސާ ލައިވްކޮށް ޓީވީ ޗެނަލްތަކުން ގެނެސްދެމުން ދަނިކޮށް، ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތުގެ ފައިސާ ބެހި ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

 

"އެ ފައިސާ ގޯނި ހިފައިގެން ހިނގީ އަޅުގަނޑޭ، ހިފައިގެން އެބޭފުޅުންނަށް އެލާރި ބެހީ އަޅުގަނޑު، ހުރިހާ އެންމެން އޭގައި ހިފި،" މާޗް 9، 2016 ވަނަ ދުވަހުގެ މަޖިލިސް ޖަލްސާގައި މުހައްމަދު އިސްމާއިލް ވިދާޅުވެފައިވެ އެވެ.

 

ޚިޔާނާތުގެ ފައިސާ ބެހި ކަމަށާއި، އެ "ފައިސާ ގޯނި" ހިފައިގެން މެންބަރުން ކައިރިއަށް ދިޔަ ކަމަށް މަޖިލިސް މެންބަރަކު މަޖިލިސް ތަޅުމުގައި ވިދާޅުވަމާއެކު އަޑުގެ ނެތް ތަނަށް އިމްތިޔާޒޭ ކިޔައި ގޮވަން ފެށި އެވެ. ނަމަވެސް، މަޖިލިސް ތަޅުމުގައި ލިބުނު އިމްތިޔާޒް ގޯންޏަކަށް އަޅައިގެން މުހައްމަދު އިސްމާއިލަށް ޓީވީ ޗެނަލްތަކާ ހަމައަށް ނުގެންދެވުނެވެ. ޓީވީ ޗެނަލްތަކުގައި ވެސް ހަމަ އެ ފައިސާ ގޯނި ހިއްޕަވައިގެން ވަޑައިގެންނެވި ކަމަށް ތަކުރާރުކޮށް، މަތިމައްޗަށް ވިދާޅުވެފައި އެބައޮތެވެ. ދިވެހި ރައްޔިތުންގެ ފައިސާ ގޯނީގައި އުފުއްލެވި ކަމަށް ވިދާޅުވެ މަޖިލީހުގެ ކަރާމާތް ނަގާލައިފި އެވެ. މަޖިލިސް މެންބަރުންގެ ހައިބަތާއި ގަދަރާއި އިޚްތިރާމް ވެއްޔާ މޮޑެލައިފި އެވެ.

 

މިކަމެއް މިހެން ހިނގާފައި އޮތްވާ މިފަހަކުން އަޑުއިވެން މި ފެށީ މަޖިލިސް މެންބަރުންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ތުހުމަތުގައި ފުލުސް އޮފީހަށް ހާޒިރުކުރުވާ ވާހަކަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައާ ގުޅިގެން މެންބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ތުހުމަތު ގާސިމްގެ މައްޗަށް ކޮށް، ބައެއް މަޖިލިސް މެންބަރުން ހާޒިރުކޮށް ސުވާލުވެސް ކޮށްފި އެވެ.

މަޖިލިސް ތަޅުމުގައި ރިޝްވަތު ބެހި ކަމަށް "ފެލުނު" މެންބަރުގެ މައްޗަށް ފުލުހުންގެ ތަހުގީގެއް ނެތެވެ. މުޅި ދިވެހިރާއްޖޭގެ އާބާދީގެ ކުރިމަތީގައި ދިވެހި ރައްޔިތުންގެ ފައިސާ ގޯންޏަކަށް އަޅައިގެން، ސަންތި މަރިޔަނބު ދަތް ގޯނި ހިފައިގެންދާ އުސޫލުން ގޮސް މެންބަރުންނަށް ބެހި ކަމަށް އަމިއްލައަށް އިއުތިރާފްވި މެންބަރުގެ މައްޗަށް ގާނޫނުގެ ކަޅި އަމާޒެއް ނުވި އެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް، މެންބަރު މުހައްމަދު އިސްމާއިލަށް އިމްތިޔާޒެއް ލިބޭކަށް ނޯންނާނެ އެވެ. މަޖިލިސް ތަޅުމުން ބޭރުގައި ފައިސާ ބެހި ވާހަކަ އެ ވަނީ ދައްކަވާފަ އެވެ. ޓީވީތަކަށް އަރައި ވަޑައިގެން އެ ފައިސާ ހިފައިގެން އުޅުނު ގޮތް ތަކުރާރުކޮށް އެ ވަނީ ދައްކަވާފަ އެވެ.

 

ކަން މިހެން އޮތް އިރު ގާނޫނުގެ ދިގު އަތް ގޮސް މުހައްމަދު އިސްމާއިލްގެ ގައިގައި ހިފާނީ ކޮންއިރަކު ހެއްޔެވެ؟  މުހައްމަދު އިސްމާއިލްގެ އަމިއްލަ އިއުތިރާފުން ސާބިތުވާން އޮތް މައްސަލައެއް ގާނޫނުގެ ކުރިިމަތީގައި މިހާ ނިކަމެތިވެފައި މިވަނީ ކީއްވެ ހެއްޔެވެ؟ ސިޔާސީ ފަރާތްތައް ދެކެ ބިރުން އުޅުނަސް ހައްދެއް އޮންނާން ވާނެ އެވެ. އިދިކޮޅު ސިޔާސީ ފަރާތްތައް ކަތިލަން އުޅުނަސް ހައްދެއް އޮންނާން ވާނެ އެވެ.

 

ގާސިމް އިބްރާހިމްގެ މައްޗަށް ރިޝްވަތު ބަހަން އުޅުމުގެ ތުހުމަތެއްކޮށް ދެވަނަ ފަހަރަށް ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު، ފައިސާ ގޯނި ކޮނޑު ޖަހައިގެން ވަޑައިގެންނެވި މެންބަރު ކިތައް ފަހަރުގެ މަތިން ފުލުސް އޮފީހަށް ހާޒިރުކޮށްފިތޯ އެވެ؟ ގާނޫނު ކަނު އެއްޗަކަށް ހެދިޔަސް ހައްދެއް އޮންނާން ވާނެ އެވެ. ގާސިމް ދެއިރު ދެ ދަޅަޔަށް ފުލުހަށް ދަމާއިރު، މުހައްމަދު އިސްމާއިލް އިމްތިޔާޒުގެ ބާރުގައި އެ ހުންނަވަނީ ކިހިނެއްތޯ އެވެ؟

 

ހަމަހަމަކަމާއި އިންސާފު އޮންނަންޖެހެނީ މި މިންވަރަށް ތޯ އެވެ؟ މިއީ ފުލުހުންގެ މުއައްސަސާ މިއަދު އޮތް ހާލަތުތޯ އެވެ؟

 

ފުލުހުންގެ ގާނޫނުގެ 69 ވަނަ މާއްދާގެ ފުލުހުން ކުރުން މަނާ ކަންތައްތައް ވަރަށް ސާފުކޮށް ވަނީ ބަޔާންކޮށްދީފަ އެވެ. ވަކި ފަރާތަކަށް ނުޖެހި ވާޖިބު އަދާކުރުމަށް ހުރަސްއަޅާނެފަދަ އެއްވެސް އަމަލެއް ކުރުން ނުވަތަ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަކީ ފުލުހުންނަށް މަނާކަމެކެވެ. ވަކި ފަރާތަކަށް ނުޖެހި ވާޖިބު އަދާކުރުމަށް ހުރަސްއަޅާނެކަމާމެދު އާންމު ރައްޔިތުންގެ ހިތުގައި ޝައްކެއް އުފެދިދާނެ އެއްވެސް އަމަލެއް ކުރުން ނުވަތަ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން ފުލުހުންގެ ގާނޫނު މަނާކުރެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އިންމާ

2 އަހަރު ކުރިން

ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްއަކީ ވަގުތުން ހައްޔަރުކޮއް ކޮރަޕްޝަންގެ ދައުވާކޮއް ހުކުމް އިއްވަން ޖެހޭބޭފުޅެއް. މިގައުމުގެސަލާމަތުގައިމަސައްކަތްކުރަން އޮތް ޕޮލިސް މަސައްކަތްކުރަނީ ވަކިބަޔަކު ދިފާއުގައި. އެއީހެޔޮ ގާނޫނާއިޚިލާފުއަމަލުތަކެއް އެބޭފުޅުން ކުރިޔަސް މިފަދަ ކޮރަޕްޓްބޭފުޅުން ހެޔޮނުވާނެ ރައްޔިތުންގެ މަޖިލިސް އެތައް ރައްޔަތުންގެފަރާތުން ތަމްސީލުކުރައްވާބަޔަކައް ތިއްބަވަން..

3
3