16 ފެބުރުއަރީ 2019 | ހޮނިހިރު | 04 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ކަލިނަރީ ޗެލެންޖް

ކަލިނަރީ ޗެލެންޖުން ވަނަ ހޯދި ފަރާތްތައް ހޮފެކްސް 2017 ގައި ބައިވެރިވަނީ

  • ވަނަ ހޯދީ ބަނޑޮސް އައިލެންޑް ރިސޯޓްގެ ޝެފް އަހްމަދު ފަތީން އާއި ހުޅުލެ އައިލެންޑް ހޮޓެލްގެ ދެ ޝެފުން ކަމަށްވާ، އިންދްރަ ކުމާރު ލިމްބޫ އާއި އިސްމާއިލް ނާސިރު

| 1 އޭޕުރިލް 2017 | ހޮނިހިރު 20:34 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ކަލިނަރީ ޗެލެންޖްގެ ބައިވެރިން -- ފޭސްބުކް

ހޮޓެލް އޭޝިޔާ ކަލިނަރީ ޗެލަންޖް 2016 އިން ވަނަތައް ކާމިޔާބުކުރި ތިން ޝެފުން ހޮފެކްސް 2017 ގައި ބައިވެރިވުމަށް ތައްޔާރުވަމުންދާ ކަމަށް ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އަދި މޯލްޑިވްސް ހޮޓެލް އެންޑް އެގްޒިބިޝަންސް (މެކްސް) އިން ހާމަކޮށްފިއެވެ.

ހޮޓެލް އޭޝިޔާ ކަލިނަރީ ޗެލެންޖްގައި 2016 ގައި ވަނަ ހޯދި ތިން ފަރާތަކީ، ބަނޑޮސް އައިލެންޑް ރިސޯޓްގެ ޝެފް އަހްމަދު ފަތީން އާއި ހުޅުލެ އައިލެންޑް ހޮޓެލްގެ ދެ ޝެފުން ކަމަށްވާ، އިންދްރަ ކުމާރު ލިމްބޫ އާއި އިސްމާއިލް ނާސިރުއެވެ.

ހޮންކޮންގގައި އޮންނަ އެންމެ ބޮޑު ކަލިނަރީ ޗެލަންޖް ކަމަށްވާ ހޮފެކްސްގައި މި ކާމިޔާބު ތިން ޝެފުން ބައިވެރިވުން ހޮސްޓް ކުރަނީ ބީބީއެމް އާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސް، މެކްސްއާ ގުޅިގެންނެވެ.

ކަލިނަރީ ޗެލެންޖްގެ ޕްރޮޖެކްޓް ޑިރެކްޓަރ އެލަން ޕާމަރ ވިދާޅުވީ މޯލްޑިވްސް ހޮޓެލް އޭޝިޔާ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖްގެ އޮގަނައިޒަރގެ ޙައިޞިއްޔަތުން މިތިން ޝެފުން ހޮފެކްސްގައި ބައިވެރި ކުރަނީ ފަހުރުވެރިކަމާއި ވަރަށް އުފަލާ އެކުގައި ކަމަށާއި މަޤްޞަދަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޝެފުން،  މިފަދަ ފަހުރުވެރި އިވެންޓްތަކުގައި ބައިވެރިވުމުގެ ފުރުޞަތުތައް ހޯދައިދީ އެމީހުން ހުނަރު ކުރިއެރުވުމަށް ދުނިޔޭގެ އެކިކަންކޮޅުގެ ކަމުގެ މާހިރުންނާއި އެއްކޮށް މަސައްކަތުގެ ތަޖުރިބާ ކޮށްލާނެ ފުރުޞަތު ހޯދައިދިނުން ކަމަށެވެ.

ބީބީއެމްގެ ސީއީއޯ، މުހައްމަދު މަޒްލޫމް ވިދާޅުވި ގޮތުގައި އެ ކުންފުނިން ހޮސްޕިޓަލިޓީ އިންޑަސްޓްރީ ކުރިއެރުވުމަށް ވަރަށްބޮޑު އިސްކަމެއްދެއެވެ. އެގޮތުން އިންޑަސްޓްރީ  ކުރިއެރުވުމަށާއި ވަކިން ޚާއްޞަކޮށް ފުޑް އެންޑް ބެވަރޭޖް ދާއިރާ ތަމްރީނު ކުރުމަށް ޕްރޮގްރާމްތަކެއް ހިންގާ ކަމަށާއި އިތުރަށް ތަމްރީނުކުރުމަށް ޤައުމުން ބޭރަށް ދުވަސް ދުވަސްކޮޅުން ޝެފުން ފޮނުވާ އުޅޭ ކަމަށް ވެސް މަޒްލޫމް ހާމަކުރެއްވިއެވެ.

ފާއިތުވީ 30 އަހަރު ހޮފެކްސް ވަނީ ދުނިޔޭގެ އެކިކަންކޮޅުން، މިއިންޑަސްޓްރީއަށް ކަލިނަރީގެ ތަފާތު، ގިނަ  ރަހަތަކެއް ގެނެސްދީފައެވެ. ކާބޯތަކެތީގެ ތަފާތުބާވަތްތަކާއި އިންޑަސްޓްރީގައި ބޭނުންކުރާ ސާމާނު އޭޝިޔާއަށް ސަޕްލައި ކުރުމުގައި ހޮފެކްސް އިސް ރޯލެއް އަދާކުރެއެވެ. ހޮފެކްސް އިންތިޒާމް ކުރަނީ ހޮންކޮންގް އެގްޒިބިޝަން ސަރވިސަސް ލިމިޓެޑް އިންނެވެ. އޮގަނައިޒް ކުރުމުގައި ވާގިވެރިވާ އަނެއް ދެފަރާތަކީ  އޯލްވޯލްޑް އެގްޒިބިޝަންސް އާއި ދަ ހޮންކޮންގް ޝެފްސް އެސޯސިއޭޝަން އާއި އިންޓަނޭޝަނަލް ކަލިނަރީ އިންސްޓިޓިއުޓް، އައި.ސީ.އައި ( ވީޓީސީ ގްރޫޕް މެމްބަރ އެއް) އެވެ.

ޝެފުންނާއި ކައްކާއިންނާއި ޕޭސްޓްރީ ޝެފުންނާއި ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތަކުގެ ކުޅަދާނަކަމާއި ކަލިނަރީ ހުނަރުވެރިކަން ކުރިއެރުވުމަށް ވާގިވެރިވުމުގެ މަޤްޞަދުގައި ބާއްވާ މިއިވެންޓަކީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީން އެންޑޯޒްކޮށްފައިވާ އިވެންޓެކެވެ. އަދި މީގެ އިތުރުން އިވެންޓް ބޭއްވުމުގައި އެހީތެރިވެ  އެސޯސިއޭޓްވާ ދެފަރާތެއް ކަމުގައި ހޮންގްކޮންގް ޗައިނީޒް ޝެފްސް އެސޯސިއޭޝަން އާއި ހޮންކޮންގް ބޭކަރީ އެންޑް ކޮންފެކްޝަނަރީ އެސޯސިއޭޝަން ލިމިޓެޑް ހިމެނެއެވެ.

ހޮޓެލް އޭޝިޔާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 2017 އަށް ތައްޔާރުވުމުގެ ގޮތުން މެކްސް އާއި ބީބީއެމް ގުޅިގެންވަނީ މިދިޔަ ފެބްރުއަރީ މަހު އެވާރޑް ވިނިންގ ޝެފް އެޑްވިން ލިއޯ އާއެކު ޕޭސްޓްރީގެ ސްޕެޝަލް މާސްޓަރ ކްލާސް އިވެންޓެއް ބާއްވާފައެވެ. ހޮޓެލް އޭޝިޔާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް ގެ ތޭރަ ވަނަ އެގްޒިބިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ 17 އިން 20 އަށް ދަރުބާރުގޭގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް