20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ރައީސް މައުމޫން

ރައީސް މައުމޫންގެ ކުށަކީ...

  • ބުނާތީ އަޑު އިވެނީ ރައީސް މައުމޫނުގެ ސިޔާސީ ހަތުރަކީ ރައީސް ނަޝީދޭ
  • މިއަދު ވާތް ބުރިކުރުމަށް މަސައްކަތް ކުރަމުން ދަނީ ކަނައަތުން ޖަހައި
އާމިރު ސަލީމް | produceramir

| 1 އޭޕުރިލް 2017 | ހޮނިހިރު 19:56 | |

މަގުބޫލް

  1. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން
  8. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޓީއެފްޖީ ލޯންގް ރަން 2019 ގައި ބައިވެރިވެވަޑައިގެންފި


ރައީސް މައުމޫން އެމަނިކުފާނުގެ ބޭފުޅުންނާއެކު -- ގޫގުލް

ހުކުރު ދުވަހުގެ އިރުއޮއްސުމާއެކު އަޅުގަނޑުވެސް މިސްރާބު ޖެހީ އެދިމާލަށެވެ. އޭރު މި ގައުމުގެ ގިނަ ރައްޔިތުންނެކޭ އެއްގޮތަށް އަޅުގަނޑުގެ ހިތަށްވެސް އަރައި ފައިބަމުން ދިޔައީ އެއްސުވާލުތަކެކެވެ. ސިކުނޑިއަށް ގިނަ ވަމުން ދިޔައީ އެއް ޚިޔާލު ތަކެކެވެ. ދޫ މައްޗަށް އަންނަމުން ދިޔައީ އެއްބަސް ތަކެކެވެ. އޭރު އަޅުގަނޑަށްވެސް ފެންނަމުން ދިޔައީ ބުރާސްފަތި ދުވަހުގެ ރޭގެ މެންދަމުގެ ވަގުތެއްގައި ނެރެވުނު ކޯޓް އަމުރެވެ.

ވަގުތަކީ އިރުއޮއްސުނު ވަގުތެވެ. ތަނަކީ މާލޭގެ އިރުމަތީ ފަރާތުގެ ހެދިގޮނޑުދޮށާ ދިމާ ކުރިމަތިން ބޮޑުތަކުރުފާނު މަގެވެ. އެސަރަހައްދުގައި ތިބި އެހެންމީހުންގެ ތެރޭގައި އަޅުގަނޑުވެސް ހުއްޓިލައިގެން ހުރީމެވެ. ގިނަ ބަޔަކަށް ހީވެފައި އޮތީ އެކަން ނުހިނގާނެ ކަމަށެވެ. އެއީ ބަޔަކު ނުކުރާނެ ކަމައެއްކަމަށެވެ. އެކަމަކު ކަން ހިންގީ އެޔާ ދިމާ މުޅިން އިދިކޮޅަށެވެ. ރޭގަނޑު 7 ޖެހުމާ އެކު ފުލުހުން އެސަރަހައްދަށް އައިސް އިމާރާތުގެ ދޮރާށީގައި ހުރި ތަޅެއް ހަލާކު ކުރަން ފެށި އެވެ. އަޅުގަނޑަށް އެ އިމާރާތާ ދިމާލަށް ބަލާ ލެވުނެވެ. އެއީ ޕީޕީއެމްގެ ރައީސްގެ އޮފީސް ކޮޅެވެ.  އެ ބޭފުޅަކަށްޓަކާ ދިވެހި ގައުމު ފަޚުރުވެރި ވާނެ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީސް ކޮޅެވެ. އެތަނުގެ ދޮރާއްޓަށް ފުލުހުން ހަމަލާ ދީ އެތަނަށް ގަދަ ބާރާ އެކު ފުލުހުން ވަދެގަންނަން މަސައްކަތް ކުރަމުން ދިޔަ އިރު ރައީސް މައުމޫން ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އަލުގަނޑުގެ ހަނދާނަށް އައީ ނައިފަރު ދޮހޮއްކޮގެ ލަވަޔަކުން ތަން ކޮޅެކެވެ.

       އެދޭނަމަ ލޯބި ވާންވީވެސް ހިތަށް ކުޅަދާނަ މިން ވަރަކުން

         އަދާވާތް ތެރިވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިން ވަރަކުން

މި ލަވަ ހަނދާނަށް އައުމާއެކު އަޅުގަނޑުގެ ވިސްނުން ކުޑަ ދުވަސް ކޮޅެއްގެ ކުރިޔަށް ގެންދަން މަޖުބޫރުވި އެވެ. އެއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރެވެ. ޕާޓީތަކުން ކެމްޕެއިން ހަރަކާތް ތައް ވަނީ މެކުހައް ޖަހާފައެވެ. އަރާމެއް ނެތި ރައީސް މައުމޫންވެސް އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު ވެރިކަމަށް ގެންނެވުމަށް ދުވާލެއް ރޭގަނޑެއް ބެއްލެވުމެއް ނެތި ކެމްޕޭން ކުރައްވަމުން ގެންދެވި އެވެ. ތިމަންނާޔަށް ތާއިދު ކުރައްވަންޏާ މިވެނި ބޭފުޅަކަށް ވޯޓް ދެއްވާށޭ ވިދާޅުވެ އާދޭސް ކުރައްވަމުން ގެންދެވި އެވެ. އަތްވަކަށް ވިއްސާރައަކަށް ބެއްލެވުމެއް ނެތި ކަނޑާ ވައިގެ މަގުން ރަށްރަށަށް ދަތުރު ކުރައްވަމުން ގެންދެވީ ވަރުބަލިފުޅު ވުމެއް، ފަހަތު ފަޔަށް ބުރެވެ ވަޑައިގަތުމެއް ނެތިއެވެ. މި ގައުމުގެ ރައްޔިތުންގެ ތެރޭގައި ހުންނެވި އެއްމެ އިސް، އެއްމެ އިއްޒައްތެރި، އެއްމެ ގަދަރުވެރި، އެއްމެ ގިނަބަޔަކު އެއްމެ ލޯބިވާ އެއްފަރާތް ކަމުގައި ވެ ވަޑައިގެން ހުންނަވާމެ ސިޔާސީ އެކި ލީޑަރުންގެ އަރިހަށް ވަޑައިގެން ސަލާން ޖައްސަވާ އާދެސް ދަންނަވަމުން ރައީސް މައުމޫނު ތާއިދު ހޯއްދެވުމަށް މަސެއްކަތް ކުރައްވަމުން ގެންދެވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވާކަށް ނޫނެވެ. ޖަލްސާ ތަކުގައިއްޔާއި ބައްދަލު ވުން ތަކުގަ ފަށުވި އިބާރާއްތަކުން ވާހަކަފުޅު ދައްކަވާ ކޮންމެވެސް ބޭފުޅަކު ވިއްކެވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވި އެވެ. އޭރު  ރައީސް މައުމޫނަށް މުޚާތަބު ކުރާތީ އިވެނީ ރަން 30 އަހަރުގެ ބާނީގެ ނަން ފުޅުންނެވެ. ކެމްޕެއިން ޖަލްސާތަކުގައިޔާއި ރެލީ ތަކުގަ ޖަހާތީ އިވޭ ލަވަޔަކީ

      ތި ޔައީ ޒައީމޭ އަދު ލޮބުވެތި ވި ދިވެހި ގައުމު ފަޚްރުވެރިވާ

މި ލަވަ އެވެ. ވާހަކަ ދައްކަވަން އަރާ ކޮންމެ ބޭފުޅަކުވެސް ރިޔާސީ ކެންޑިޑޭޓްގެ ވާހަކަ ދެއްކުމަށްވުރެ ބޮޑަށް ދައްކާތީ އިވެނީ ރައީސް މައުމޫނުގެ ރަން 30 އަހަރުގެ ހިދުމަތުގެ ވާހަކަ އެވެ. ގިނަ ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރެއްވި ރައީސް މައުމޫން އަމިއްލަ ފުޅަށެވެ. ވަޑައިނުގަންނެވޭ ރަށްރަށަށް ވީޑިއޯ މެސެޖް ފޮނުއްވައިގެންނައި ހިތޯބް ތައް ފޮނުއްވައިގެން ކެމްޕެއިން ކުރެއްވީ ރިޔާސީ ކެންޑިޑޭޓް މީހުން ނުދަންނާތީ ކަމަށްވެސް ވެދާނެ އެވެ. ކޮންމެއަކަސް މިއީ އޭރު ކަން ހިނގަމުން ދިޔަ ގޮތެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނިމިއްޖެ އެވެ. ރައީސް މައުމޫނަށް ކުރާ އިތުބާރަކުންނާއި ކުރާ އިހްތިރާމަކުން އެތައް ބައެއްގެ ބައިވެރި ވުމާއި ހިތާ ދެކޮޅަށް ނަމަވެސް ބަޔަކު ލީ ވޯޓުންނާއި ކޯޓުންނާއެކު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އިންތިހާބް ކާމިޔާބުވެސް ކުރައްވައިފި އެވެ. ޖެހިގެން އައި މަޖިލިސް އިންތިޚާބުގައި ވެސް ފެނުނީ އެއްމަންޒަރެކެވެ. ގޮނޑި ތަކަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ފޮޓޯތަކަށް ވުރެ ގިނައީ ރައީސް މައުމޫނުގެ ފޮޓޯފުޅެވެ. މިފަހަރުވެސް ރައީސް މައުމޫނަށްޓަކާ އެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ މެމްބަރުން، އެމީހުންގެ އަމިއްލަ ނަމަށް ވުރެ ގިނައިން ކިޔާތީ އިވުނީ، މައުމޫނު، މައުމޫނު، މައުމޫނެވެ. މައުމޫނުގެ ޑިމާންޑް ކެންޑިޑޭޓުންގެ މެދުގައި ނުހަނު ބޮޑެވެ. ކޮންމެ ރަށަކަށް ވަޑައިގަންނަވަން ދަތިފުޅުވާތީ، ރެކޯޑްކޮށްގެން އެމަނިކުފާނުގެ އަޑުކޮޅެއް ރަށުގެ ރައްޔިތުންނާ ހަމައަށް ގެންގޮސްގެންވެސް ވޯޓު ހޯދާފައި ތިބި މީހުން އެބަތިއްބެވެ.

ދުނިޔެ ހިންގަނީ ތޮށަލި ދުޅަޔަށޭ ބުނާ ބީދައިން މަތިން ދިޔަ ވަތް އަނެއްވަތުގެ ދަށަށް ވަންނާކަށް ގިނަ ވަގުތެއް ނުނެގި އެވެ.

ކެޔޮގަނޑު ކަނޑާލުމުން ގަހުގެ ބޭނުން ކެންޑިއްޖެ އެވެ. ފެން ކައްކާ ނިމުމުން ބޮލީގެ އިއްޒަތް ގެއްލިއްޖެ އެވެ. ފުނޑާ ނިމުމުން ރީނދޫ ކޮޅުގެ މަތިން ހަންދާން ނެތިއްޖެ އެވެ. ޕާން ކޮޅު ލިބުމުން ކާޅުގެ ބޭނުން ކެނޑިއްޖެ އެވެ.

ވެރިކަމާއި އަރާއިބާރު ލިބުމާއެކު ރައީސް މައުމޫން އެއްފަރާތް ކުރުމުގެ މަސައްކަތް ފެށިއްޖެ އެވެ. އެންމެ ފުރަތަމަ ފެށުނީ ބަހުގެ ހަމަލާތަކުންނެވެ. ސަމާސާ ރާގާކަށް ނުސީދާ ގޮތަކަށް އެކި ބޭފުޅުން ރައީސް މައުމޫނަށް އެއްޗެހި ވިދާޅުވަމުން ގޮސް މުސްކުޅި ސާރި ދޯޅަކާ ވެސް އެއްފަދަ ކޮށްފި އެވެ. މި ދާއިރާގެ ގޮނޑިއަށް އިންތިހާބް ކުރަން ތިމަންނާޔަކީ ކާކުހޭ، ރައީސް މައުމޫން ވިދާޅު ނުވިނަމަ، ތިމަންނާ އަށް ބަޔަކު ވޯޓް ދޭނެހޭ ކިޔައިގެން ވާހަކަ ދައްކާ އުޅުނު އިއްޒައްތެރި ބައެއް މެންބަރުންގެ ދޫ ފުޅުން ރައީސް މައުމޫނަށް އެއްޗެހި ވިދާޅުވާން ފަށައިފިއެވެ. ހަޖޫޖަހާ ކާޓޫނު ކުރަހާ ހަދައިފިއެވެ. ވެރިކަމުގެ ޖާހާ ، ލައްޒަތާ ، އާރާ ބާރުގެ ތެރެއަށް ޣަރަގު ވެފައިތިބި ބަޔަކު ފާޅުގަ ރައީސް މައުމޫނަށް ޖެއްސުން ކުރަން ފަށައިފި އެވެ. ވެރިކަމަށް ކުރިމަތި ލައްވަ ފާނެކަމުގެ ބިރަށް ގާނޫނަކުން އެކަން ބަންދު ކޮށްފި އެވެ. ސެކުއިރިޓީ ވެހިކަލް އަތުލައިފި އެވެ. ޕީޕިއެމްގެ އޮފީސް ތެރެއަށް ވަދެ އެތަން ލޫޓުވައިފި އެވެ. ރައީސް މައުމޫނަށް ޕީޕީއެމްގެ އޮފީހަށް ނުވަދެވޭ ގޮތަށް ބަންދު ކޮށް ތަނުންވެސް ބޭރުކޮށްފި އެވެ. އަރިހުގައި ތިއްބަވާ ހަށިފާރަ ވެރިންގެ ޚިދުމަތަށް ހުރަސް އަޅައިފި އެވެ. އިނާޔަތްތަށް ކަނޑައި، މާލީ ގޮތުން ބަލިކަށި ކުރުމުގެ މަސައްކަތްތައް ފަށައިފި އެވެ. އާއިލާގެ ބޭބޭފުޅުންނަށް ޖެއްސުންކޮށް ރައީސް މައުމޫނުގެ ބޭފުޅުން ތަހުގީގީ އިދާރާ ތަކަށް ހާޒިރުކުރަން ފަށައިފި އެވެ. ޕާޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން އިންތިހާބު ކުރި ރައީސްގެ ގޮތުގައި ހުންނަވަނިކޮށް ހުރިހާ ބާރެއް ގަދަކަމުން އަތުލައި، ޕާޓީންވެސް ބޭރުކޮށްފި އެވެ. މިހާވަރުން ހިތްހަމަ ޖައްސާލައިގެން ތިބެވޭ ވަރެއް ނުވި އެވެ. ރައީސް މައުމޫން ރަށުގައި ވަޑައިގެން ނެތީސް ރައިސް މައުމޫންގެ މުދަލަށް އަރައިގަނެ އެމަނިކުފާނުގެ އިމާރާތް ތަކަށް ގަދަކަމުން ވަދެގަނެ އެމަނިކުފާނު މަގުމަތި ކުރުމުގެ ހުތުރު އަމަލުތައްވެސް ހިންގަން ފަށައިފި އެވެ.

ބުނާތީ އަޑު އިވެނީ ރައީސް މައުމޫނުގެ ސިޔާސީ ހަތުރަކީ ރައީސް ނަޝީދު ކަމަށެވެ. އެކަމަކު އެ ދުވަހު ފެނުނު މަންޒަރާއި މިއަދު ފެންނަމުން ދާ މަންޒަރާއި އުޑާއި ބިމާހާއި ތަފާތެވެ. މިހާރު ހަތުރާ މިތުރު އޮޅިއްޖެއެވެ. މިއަދު ވާތް ބުރިކުރުމަށް މަސައްކަތް ކުރަމުން ދަނީ ކަނައަތުން ޖަހަ އެވެ.

ބަޔަކު ހައިރާންވެ އަންތަރީ ހެއް ނުވާނެތޯ އެވެ.

ޅެންވެރިޔާ ވިދާޅުވާ ހެން ރަނގަޅު ގެރިބަކަރި ވެސް އެޔަށް ކާންދީ އުޅޭމީހާ ދަނެ އެވެ. ކުކުޅު ހާލަށްވެސް ނިދަން އަރާ ގަހާއި ކާންދޭ މީހާއެއް ނޯޅެ އެވެ.

މިހުރިހާ ކަމެއް މިހެން ހިންގައި، މިހުރިހާ ގޯނާއެއް ރައީސް މައުމޫނަށް އެމަނިކުފާނު އުފެއްދެވި ޕާޓީގެ ތެރެއިން، އެމަނިކުފާނު ގެނެސް ދެއްވި ސަރުކާރުގެ ތެރެއިން ކުރަނީ ރައީސް މައުމޫނުގެ ކޮން ކުށެއް އޮވެގެންތޯ މީހަކު އަހައިފި ނަމަ އެޔަށްދޭ ޖަވާބު ކިތައްމެހާވެސް ގިނަ އެވެ.

ރައީސް މައުމޫނުގެ ކުށަކީ ޕީޕީއެމް ކިޔާ ޕާޓީއެއް އުފެއްދެވި ކަމެވެ. އުމުރުފުޅުން ދުވަސްވީ ދުވަހު އަމިއްލަފުޅަށް ބެއްލެވުމެއްނެތި ރަށްރަށަށް ދަތުރުފުޅު ކުރައްވައި، ކެމްޕެއިން ކުރައްވައި، ޕީޕީއެމް އަށް ވެރިކަން ހޯއްދަވައި ދެއްވިކަމެވެ. އެމަނިކުފާނުގެ ކުށަކީ އެބަޔެއްގެ ހަގީގަތް އެނގިވަޑައި ނުގަންނަވާ ބަޔަކަށް މެމްބަރުކަން ހޯއްދަވައިދެއްވުމެވެ. އެމަނިކުފާނުގެ ކުށަކީ ދިވެހި ގައުމުދެކެ ލޯބިވާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ނުކުމެ ވަޑައިގެން މިގައުމުގެ ބިން ބޭރު މީހުންނަށް ނުވިއްކާށޭ ވިދާޅުވެ ނަސޭހަތް ދެއްވިކަމެވެ. އަދުލު އިންސާފު ގާއިމުކުރާށޭ ކޮރަޕްޝަނާއި ފަސާދަ ނުހިންގާށޭ، މީހުންނަށް ނުހައްގުން އަނިޔާވެރި ނުވާށޭ ވިދާޅުވެ މި ގައުމަށް އެތައް ހިދުމަތެއް ކުރެއްވި ކުރީގެ ރައީސްގެ ހައިސިއްޔަތުންނާއި ސަރުކާރު ހިންގާ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޒިންމާ އުފުއްލަވާ ހައްގު ބަސް ވިދާޅުވިކަމެވެ. ރައީސް މައުމޫނުގެ ކުށަކީ އެ މަނިކުފާނު ދެކެ ދިވެހި ރައްޔިތުން ލޯބިވުމެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އެމަނިކުފާނަށް ތާއިދުކުރުމެވެ. މުދައްރިސެއްގެ ހައިސިޔަތުންނާއި، މުދައްބިރެއްގެ ހައިސިޔަތުންނާއި، މުފައްކިރެއްގެ ހައިސިޔަތުންނާއި، ދީނީ އިލްމުވެރިއެއްގެ ހައިސިޔަތުން ރައްޔިތުން އެމަނިކުފާނަށް އިހުތިރާމް ކޮށް ގަދަރުކުރުމެވެ.

ތެދުފުޅެކެވެ. ރައީސް މައުމޫނުގެ ބާރެއް ސަރުކާރުގެ އެތެރެޔަކު ނެތެވެ. މިނިވަން މުއައްސަސާތަކުންނައި ޝަރުއީ ނިޒާމުގެ ތެރެއިންވެސް ރައީސް މައުމޫނަކަށް ކުރެއްވެވޭނެ ކަމެއް މިއަދަކު ނެތެވެ. އެކަމަކު ބަދަލު ނުކުރެވޭނެ ހަގީގަތަކީ ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ހިތުގާ އަދިވެސް ރައީސް މައުމޫނަށްޓަކާ ވާ ލޯތްބައި ދެވިފައިވާ ގަދަރަކީ ކޯޓު އަމުރަކުން، ހަދާ ގާނޫނަކުން، މަޅާލާ މުގުރަކުން ބަދަލު ނުކުރެވޭނެ އެއްޗެއް ކަމެވެ.

މީހުންގެ ހަޅޭކުގެ އަޑާއެކު އަނެއްކާވެސް އަޅުގަނޑު އެ އޮފީހާ ދިމާއަށް ބަލާލީމެވެ. އޭރު އެތަނުގެ ނަން ބޯޑް ނަގާ އެތަނުގަ ނަގާފަ ހުރި ދިދަ ވެސް ފުލުހުން ބާލައިފި އެވެ. ގިނަ މީހުން ތިބީ ހައިރާންވެގެން ގޮސް އިނގިލި ކުރީގާ ދައިގަނެގެންނެވެ. އެހެން ނުވާންވި ސަބަބެއްވެސް ނެތެވެ. ރައީސް މައުމޫނަށް މިހުރިހާ އުނދަގުލަކާއި ގޯނާއެއް ކުރިމަތި ކުރަމުން ދަނީ އެމީހަކަށްޓަކާ އެމަނިކުފާނުގެ ޖާނާއި މާލުން ގުރުބާންވެވަޑައިގެން ވެރިކަމަށް ގެނެސްދެއްވި އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުންނޭ ބުނާ އަޑު އިވުމުން މުޅި އަތުގާ ވެސް ދައި ނުގަނެވޭނެ ސަބަބެއް ނެތެވެ.

މިއީވެސް ދުވަހެކެވެ. ރައީސް މައުމޫނުގެ ހަޔާތްޕުޅުގައި ހާދަ ކަމެއް ތަޖުރިބާ ކުރެއްވިފައި ހުންނާނެއެވެ. އެކަމަކު މިއަދު މިފެންނަ މަންޒަރަކީ ދުވަހަކުވެސް ތަޖުރިބާކުރައްވަން ޖެހިވަޑައިގެންފާނެ ކަމެއް ކަމަށް އެމަނިކުފާނުގެ ހިތްޕުޅަށް އަރާނެ ކަމާމެދު އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެއެވެ. އެހެން ސުވާލު އުފެދުނީ ރައީސް މައުމޫނު ވިދާޅުވި ދެތިން ޖުމްލައަކުންނެވެ.

"އަޅުގަނޑުގެ އަމިއްލަ ނަން ކިޔުމުގެ ހުއްދަ އެބަ އޮތްތޯއެވެ؟ އަޅުގަނޑަކީ މުސްލިމެއް ކަމާއި ދިވެއްސެއްކަމާއި، އަދި އަމިއްލަ ގައުމު ދެކެ ލޯބިވާ ވާހަކަ ބުނުމުގެ ހުއްދަ އެބަ އޮތްތޯއެވެ؟" ވިދާޅުވެ އެހެން ނޫންނަމަ އެމަނިކުފާނަށް ސުވާލު އުފައްދަވާކަށް ޖެހިވަޑައި ނުގަތީހެވެ. ރައީސް މައުމޫނަށް މިއަދު ގަބޫލުފުޅު ކުރެއްވެނީ ތިމަންނާ ގައުމުދެކެ ލޯބިވަމާ ވިދާޅުވިޔަސް ކުށްވެރި ވެދާނެ ކަމަށެވެ. ގޮޅިއަކަށް ފެތިދާނެ ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހަސަން

2 އަހަރު ކުރިން

ޓްވީޓް ކުރާއިރު ދިވެހި ދިދަ ބޭނުން ނުކުރުމަށް ވަރަށް އަވަހަށް އަންގާނެ.

0
0
ޑަންހިލް މޭން

2 އަހަރު ކުރިން

ބަފަޔާމެދު ކުލުނެޢް ހުރިނަމަ ލޯބިން ބޮޑުކުރި ހަގު ދަރި އަންނާނެ ދައްތަ ގޮވަައިގެން ބަފާކާޜިއަށް މިފަހަރު

0
0
ހުސޭނު

2 އަހަރު ކުރިން

ޒާލިމުން އަނިޔާ ކުރާއިރު ބައްލަވަން ޚާލިޤުލް ކައުނައިނި ވޮޑިގެންވާ ކަން ނޭގެނީތަ ޢަޖާއިބެކޭ

0
1