20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ދިވެހިރާއްޖެ-ހޮންކޮންގ

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

  • ރާއްޖެއިން ހޮންކޮންގެ މާކެޓަށް ބޭރުކުރާ މަހުގެ ބާވަތްތަކަށް އެއްވެސް ޓެރިފެއް ނުނަގާގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވި
ސަހުބާން ފަހުމީ | sahubaan

| 31 މާރޗް 2017 | ހުކުރު 20:38 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ރާއްޖެއާއި ހޮންކޮންއާއި ދެމެދު ގާއިމް ކުރުމަށް މަސއްކަތް ކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދެ ވަނަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން -- ޓްވިޓަރ

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިވާކަމަށް މިނިސްޓަރ ސައީދު ވިދާޅުވެއްޖެއެވެ.

ހޮންކޮންގއާއި ދިވެހިރާއްޖެއާ ދެމެދު ބޭއްވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެއްވުމާ ބެހޭ ވާހަކަތަކުގެ ދެވަނަ ބުރު ނިންމަވާ ލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ވިޔަފާރިވެރިތަކަށް ހޮންކޮންގައި ވިޔަފާރި ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެއްވުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ހޮންކޮންގާއި ދެމެދު ދެވަނަ ބުރުގެ ވާހަކަތައް ކުރިއަށް ގެންދެވީ ބަނޑޮސް އައިލެންޑް ރިސޯޓްގައެވެ.

އިކޮނޮމިކް މިނިސްޓަ ސަޢީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެއްވުމަށް ދެޤައުމުގެ ދެމެދުގައި ބޭއްވެވި ދެ ވަނަ ބުރުގެ ވާހަކަތައް ވަރަށް ކާމިޔާބު ކަމަށެވެ.

އެގޮތުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ހޮންކޮންއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެއްވުމަށް މިހާތަނަށް ކުރެއްވި މަޝްވަރާތަކުން ދިވެހި ވިޔަފާރިވެރިންނަށާއި މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ހޮންކޮން މާކެޓުން ވަރަށް މުހިއްމު ފުރުޞަތުތަކެއް ފަހިވެގެން ހިނގައްޖެ ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކަށް ބައްލަވާއިރު ރާއްޖޭގެ ވިޔަފާރިތަކުން ހޮންކޮންގައި ވިޔަފާރިކުރުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ. އަދި ރާއްޖެއިން ހޮންކޮންގެ މާކެޓަށް ބޭރުކުރާ މަހުގެ ބާވަތްތަކަށް އެއްވެސް ޓެރިފެއް ނުނަގާގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޮންކޮންގ އާއި ދިވެހި ސަރުކާރާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެއްވުމާ ގުޅޭގޮތުން ފުރަތަމަ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ސައްބީހުން ތިރީހަށް ހޮންކޮންގައެވެ.

ދިވެހިރާއްޖެއިން ދަނީ ދުނިޔޭގެ ބައެއް ބޮޑެތި ޤައުމުތަކާއެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް އެކަށައެޅުމަށް މަސައްކަތް ކުރަމުންނެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް