18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ރައީސްގެ ހަސަދަވެރިކަން

ހަސަދަވެރިކަމަކީ ބައްޔެއްކަން ރައީސް ޔާމިން ދަންނަންޖެހޭ!

  • ހަސަދަވެރިވެގެން މަޤްބޫލުކަމެއް ނުލިބޭނެ
  • ޤައުމައިގެން ކުރިއަށް ދެވޭނީ ހަސަދަވެރިކަން ނައްތާލައިގެން
  • ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ދޫދޭންޖެހޭ
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 31 މާރޗް 2017 | ހުކުރު 18:37 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


އެމްޑީއޭގެ ޖަލްސާއެއްގައި ރައީސް ޔާމިން ވާހަކަފުޅު ދައްކަވަނީ -- އާކައިވް

ރައީސް ޔާމީން މިއަދު މިޤައުމުގެ ވަލިއްޔުލް އަމުރެވެ. ދިވެހިންގެ ޙާކިމާއެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. އެކަމަށް ދޭންޖެހޭ އިޙްތިރާމް ދެމެވެ. މާނައަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށެވެ. ކާމިނީގޭ އަބްދުﷲ ޔާމިންއަކަށް ނޫނެވެ. ޔާމިންގެ ވެރިކަމަށް ތިން އަހަރުވީ އިރު މުޅިން ފެންނަނީ ވާދަވެރި ހުރަގެއަށް ލަމުންދާތަނެވެ. ހަސަވެރިކަމުގެ ރޫހުގައި ހިނގާކަމެއްގެ ގޮތުގައި ސިފަވާ ހެނެވެ. ހުރިހާ ކަމެއް ހިނގަނީ ނަމުން ޗާޓުގެ އެތެރެއިންނެވެ. ކަން ދެއްކުމަށް އެކަންކުރަނީ ޝަރުޢީ މަރުޙަލާގެ ތެރެއިންނެވެ. ނަމަވެސް ޝަރުޢީ ދާއިރާއަކީ ފާލުންނެއްޓި، ޗާޓުން ބޭރުވެފައިވާ ދާއިރާއެއްކަން ނުދަންނަ އެކަކު ވެސް ނެތެވެ. ފެންނަ ފެނުމަށް މިހުރިހާ ކަމެއް ސިފަކުރެވެނީ ހަސަދަވެރިކަމެއް ފިލުވާލަން ކުރެވޭ ކަންތައްތަކެއްގެ ގޮތުގައެވެ.

 

ރައީސް ޔާމިންއަށް ފަހަރުގައި އެނގިވަޑައި ނުގަތަސް ހަސަދަވެރިކަމަކީ ވަރަށް ވެސް ނުބައި ބައްޔެކެވެ. އެކަމުން ތިމާ މީހުންނާ ދުރުކޮށް އެންމެ ފަހު ވަގުތު އެކަނިވެރިކޮށްލާ ކަމެކެވެ. ކިތަންމެ އާރާބާރެއް މިހާރު ލިބިފައި ވިޔަސް ހަސަދަވެރިކަމުން ހާސިލް ކުރެވޭނެ އެއްކަމެއް ވެސް ނޯންނާނެއެވެ. ވަކި މީހަކަށް ނުވަތަ ބަޔަކާ މެދު ހަސަވެރިވެގެން ތިމާ އަމިއްލައަށް ހަލާކުވުން ނޫން ކަމެއް ނުވާނެއެވެ. މީހަކަށް ހަސަދަވެރި ވެގެން އެހެން ބަޔެއްގެ ފަރާތުން ލިބޭނެ ލޯތްބެއް އިހުތިރާމެއް ވެސް ނޯންނާނެކަން ހަނދުމަކުރަންޖެހެއެވެ. ހަސަދަވެރިވެގެން އުޅޭ ނަމަ އާޚިރުގައި ރައީސް ޔާމިން ވާނީ އެކަންޏެވެ. ސަނާ ކިޔަން ވަށައިގެން އެނބުރޭ ޕަރުވާނާކޮޅު ވެސް ދަނޑިވަޅު ބަލާފައި ފިލާނެއެވެ.

 

ތިބާއަށްވުރެ އަނެކާ މޮޅުވެދާނެއެވެ. ތިބާ ލިބުމަށް އެދޭ ސިފައެއް ތިބާއަށް ނުލިބި އެހެން މީހަކަށް ލިބިދާނެއެވެ. ދުނިޔޭގެ އާދައަކީ މިއީއެވެ. ތިމާއަށް ނުކުރާ ގަދަރެއް ރައްޔިތުން އެހެން މީހަކަށް ކޮށްފާނެއެވެ. އެވަރަށް ލޯބިވެދާނެއެވެ. މިއީ ދުނިޔޭގެ ޠަބީއަތާއި ދުނިޔެ ދައްކާ ޙަޤީޤަތެވެ. މި ޙަޤީޤަތާ އިންކާރު ކުރުމަކީ ހަސަދަވެރިކަމެވެ. އެކަން އަމިއްލައަށް ވެސް ޤަބޫލުކުރަންޖެހެއެވެ. ރައީސް ޔާމިންގެ ފަރާތްޕުޅުން ހަސަދަވެރިކަމުގެ ސިފަތައް ފެންނަކަމަށް ބުނަނީ ރައްޔިތުންނެވެ. މިނިވަން ޚިޔާލެއް ފާޅުކުރެވޭ ކޮންމެ ތަނެއްގައި އެވާހަކަ ދެކެވެއެވެ. ފަހަރުގައި ކަންހިނގާފައިވާ ގޮތުން އެހެން ވެދާނެއެވެ.

 

ރާއްޖޭގެ ރައްޔިތުންގެ މެދުގައި ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް މައުމޫނާއި، ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމްގެ މަޤްބޫލުކަން އިތުރުވުމަކީ އެބޭފުޅުންގެ ކުށެއް ނޫނެވެ. އަދި ކިއެއްތަ އެއީ އެބޭފުޅުން ދެކެ ހަސަދަވެރި ވާންވީވަރުގެ ކަމެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި އެ މަޤަބޫލުކަމާއި އިހުތިރާމް ހޯދުމަށް މަސައްކަތް ކުރަންވީއެވެ. ބަދަލުގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް އަލުން އުފުލައިގެންވާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ހަމަ އެގޮތަށް ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ކޯޓު އަމުރެއްގެ ދަށުން ތަޅުއެޅުވުމަކީ ޙައްލެއް ނޫނެވެ. ސިޔާސީ ޕާޓީއެއްގެ މަސައްކަތް ޕީޕީއެމްގެ ރައީސް މައުމޫނު ކުރެއްވިޔަ ނުދޭން ހުރަސް އަޅައިގެން ރައީސް ޔާމިން އަށް ލިބޭނެ ގަދަރަކާއި އިއްޒަތެއް ނޯންނާނެއެވެ. ރައްޔިތުންގެ ތެރޭގައި މަޤްބޫލުކަން ގެއްލެމުންދާތީ ޤާސިމްގެ މުދާ ހިފަހައްޓާ ދެއިރު ދެދަޅައަށް ފުލުސް އޮފީހަށް ގެންދިޔުމަކުން ރައީސް ޔާމިންގެ މަޤްބޫލުކަމެއް ކުރިއަކަށް ނާރައެވެ. ކަންހިނގަނީ ދިމާ އިދިކޮޅަށެވެ.

 

ނަޝީދުގެ މައްޗަށްވެ ސް ތިޔަ ދައުވާ އުފުއްލެވީ އެމްޑީޕީގެ ވެރިކަމުގައި "މިހާރުގެ ރައީސް" އަބްދުﷲ ޔާމީން ސިފައިންގެ ބެލުމުގެ ދަށުން ކ. އާރަށުގައި "ބަންގަލޯ" އެއްގައި ބަހައްޓައިގެންނެވެ. އާއިލާއާ ބައިނަލްއަޤްވާމީ ދުނިޔޭގެ ފަރާތްތަކާއި މުޢާމަލާތް ކުރެވުނެވެ. ހުރިހާ އިނާޔަތްތަކެއް ދިނެވެ. ދެން މިހާރު މިފެންނަނީ ހަސަދަވެރިކަން ނޫން ކޮންކަމެއްތޯ ރައްޔިތުން ސުވާލު އުފައްދަނީ އެހެންވެގެނެވެ. ނަޝީދުގެ މައްޗަށް ކިތަންމެ ދަޢުވާއެއް އުފުލިޔަސް ރައްޔިތުންގެ ހިތުގައި ނަޝީދަށް ދެވިފައިވާ ޤަދަރާ އިޙްތިރާމަކަށް ކުޑަވެސް ބަދަލެއް ނާންނާނެއެވެ. ހަމަ ގިނިކަންޏާ ހުންނަވަންޖެހޭ ހަސަދަވެރިކަން ހިތުއަޅައި ލޮލަށް ނިދިނައިސްގެން އުޅޭ ބަޔެކެވެ.  

 

ވަރަށް ވެސް މަޖައެވެ. ރައްޔިތުން ވެސް ހެނީއެވެ. މަޖާކަމެއް ސަރުކާރަކުން ކުރާތީއެވެ. ސަރުކާރުގައި ހުރި މައްސަލަތައް ހުރިގޮތަށް ބަހައްޓާފަައި އެހެންމީހުން ފަހަތުން ދުވާތީއެވެ. އެއްވެސް ތާކުންތާކު ނުޖެހޭ ކަންކަމުގައެވެ. އަނެކާއާ މެދު ލައިގަނެގެން އުޅޭ ހަސަވެރިކަމެއް ބާލާލާލުމަށް އުޅޭތީއެވެ. ޤައުމެއްގެ ވަލިއްޔުލް އަމުރަކަށް ހުންވާ ބޭފުޅަކު މި ޒާތުގެ ތާކުންތާކުން ނުޖެހޭ ކަންކަން ކުރެއްވުމަކީ ލަދު ކަމެކެވެ. ނަޝީދު ވެރިކަމުގައި ރައީސް ޔާމީން އާރަށުގައި އަރާމުގައި އެއަރކޯން ކޮޓަރީގައި ފޯނުގެ ހިދުމަތް ލިބޭ ގޮތަށް އާއިލާއާ ބައްދަލުވެވޭ ގޮތަށް ބެހެއްޓުމުން އޭގެ ބަދަލުގައި މި އުފުލީ ޓެރަޓެރަރިޒަމްގެ ދައުވާއެވެ. ސަރުކާރާއި ދެކޮޅަށް ޤާސިމް އެއްޗެއް ބުނުމުން ދަމަން ފެށީ ފުލުހުންގެ އިދާރާއަށެވެ. މިހުންނަނީ ޑިމޮކްރަސީއެއްގައި ލަދުވެތި ކަންކަމެވެ.

 

ޚިޔާލު ތަފާތުވި ހިސާބުން އެއްބަފާ ބޭބޭފުޅު އެކަހެރިކޮށްލެއްވީއެވެ. ރައީސް މައުމޫންގެ ތާޢީދު ރައްޔިތުންގެ މެދުގައި ބޮޑުވުމަކީ އެމަކާ މެދު ހަސަދަވެރިވާންވީ ކަމެއް ނޫނެވެ. ތަބަކަކަށް ލައިގެން ވެރިކަން ޙަވާލުކޮށްދެއްވީ ކޯޓްތައް މެދުވެރިކޮށް ކަމަށް ވިދާޅުވީ އަމިއްލަ ދޫފުޅުންނެވެ. އެހިސާބަށް ދިޔުމަށް މަގު ކޮށްޓަވައިދެއްވީ މައުމޫނެވެ. ޕާޓީއެއްގެ އާންމު މެންބަރުން ގައުމީ ޖަލްސާއަކުން އިންތިޚާބުކޮށްފައިވާ ރައީސަކު ބޭރުކޮށް ކުރަމުން ގެންދިޔަ މަސައްކަތް ހުއްޓުވުމަކީ ހަސަދަވެރިކަމުގެ ލާމަސީލު މިސާލެކެވެ. އެވަރުގެ ތާޢީދެއް ނެތުމުން އެފަދަ އިހުސާސްތައް ކުރެވުމަކީ އިންސާނީ ތޮބީއަތެވެ. ތިމާއަށް ވުރެ ބޮޑަށް އަނެކާއަށް ކުރިއެރުމެއް ނޫނީ އެހެން ބަޔެއްގެ ލޯތްބާއި އިހުތިރާމް ލިބޭނަމަ ބޭއިޚްތިޔާރުގައި ވެސް ހަސަދަވެރިވެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހ މ ޒ

2 އަހަރު ކުރިން

ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސިޔާސީ ޙަޔާތްޕުޅުގެ ތެރެއިން، ސިޔާސީ ޕާޓީތައް ދިވެހިރާއްޖެއަށް ތަޢާރުފުވެގެންގޮސް، އެކިއެކި ސިޔާސީ ޕާޓީތައް އުފެދިގެން ދިޔައިރު، ރައީސް މައުމޫނުގެ އިސްނެންގެވުމުގެ މަތިން އުފެއްދެވި "ދިވެހި ރައްޔިތުންގެ ޕާޓީ"، ޑީ.އާރު.ޕީ، އުފެއްދެވުމުގައި މުހިންމު ދައުރެއްވަނީ އަދާކުރައްވާފައެވެ! އަދި އޭގެފަހުން، އެމަނިކުފާނު ވަނީ ޚުދު އަމިއްލަފުޅު ސިޔާސީ ޕާޓީއެއް "ޕީޕަލްސް އެލަޔަންސް" (ޕީ.އޭ) ގެ ނަމުގައި އުފައްދަވައި، އެ ޕާޓީގެ ރައީސެއްގެ ހައިޘިއްޔަތުން ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. ހަމަ އެހެންމެ، ރައީސް މައުމޫނުގެ އިސްނެންގެވުމުގެ މަތީން ފަހުން އުފެއްދެވި، "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް" (ޕީ.ޕީ.އެމް) އުފެއްދެވުމުގައި އިސް ދައުރެއް އެމަނިކުފާނު އަދާކުރެއްވިއެވެ! 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު، އެމަނިކުފާނު ކާމިޔާބު ކުރެއްވީ، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ބޭއްވުނު ވާދަވެރި ރިޔާސީ ޕްރައިމަރީގެ ޓިކެޓު ހޯއްދަވައިގެން ޕީ.ޕީ.އެމް.ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވައިގެންކަންވެސް ފާހަގަކޮށްލަންޖެހެއެވެ!؟

0
0
ހ މ ޒ

2 އަހަރު ކުރިން

ރާއްޖޭގެ ވިޔަފާރި އިދާރާ، އެސް.ޓީ.އޯ.ގެ ޗެއަރމަނެއްގެ ޙައިޘިއްޔަތުން، އެ ކުންފުނީގައި 13 އަހަރު ޚިދުމަތް ކުރެއްވިއެވެ! ހަމަ އެ އަހަރުތަކުގެ ތެރޭގައި، 1993 ވަނައަހަރުން ފެށިގެން 2005 ވަނައަހަރާ ހަމައަށް ދިވެހިރާއްޖޭގެ ކަރަންޓާބެހޭ މައި ކުންފުނިކަމަށްވާ ސްޓޭޓް އިލެކްޓްރިސިޓީ ކޮމްޕެނީ ލިމިޓެޑުގެ ޗެއަރމަންކަން ކުރެއްވިއެވެ! އަދި އައިލެންޑް އޭވިއޭޝަންގެ ޗެއަރމަންކަންވެސް ކުރެއްވިއެވެ!؟

0
0
ހ މ ޒ

2 އަހަރު ކުރިން

!އެމަނިކުފާނު ސަރުކާރުގެ ޚިދުމަތް ފަށްޓަވާފައިވަނީ، 27 ޖުލައި 1978 ގައި ލޭންޑް ރަޖިސްޓްރޭޝަން ޑިވިޜަންގެ މައްސާޙުގެ މަޤާމުންނެވެ. އޭގެފަހުން، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ އިނގިރޭސި ސެކްރެޓެރީ ކަމުގެ މަޤާމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ރިސަރޗް އޮފިސަރު ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ފޮރިން އިންވެސްޓްމަންޓް ސަރވިސަސް ބިޔުރޯގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަޤާމާއި، ޑެޕިޔުޓީ ޑިރެކްޓަރު ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ!؟

0
0
ހ މ ޒ

2 އަހަރު ކުރިން

ޢަބްދުﷲ ޔާމީނު ފުރުއްވި ކެބިނެޓުގެ އެހެން މަޤާމުތަކުގެ ތެރޭގައި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިޔުރިޓީ ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން ކަމުގެ މަޤާމުވެސް ހިމެނެއެވެ!؟

0
0
ހ މ ޒ

2 އަހަރު ކުރިން

ޢަބްދުﷲ ޔާމީނަކީ ރައީސް މައުމޫނުގެ ސަރުކާރުގައި ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ! މިގޮތުން މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް ކަމުގެ މަޤާމު 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި ފުރުއްވިއެވެ! އެމަޤާމުގައި ހުންނަވައިގެން ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދު ފުޅާ ކުރައްވައި، ގެންނަވަންޖެހޭ ޒަމާނީ ބަދަލުތައް ގެންނެވުމުގަޔާއި، ރާއްޖޭގައި ވިޔަފާރި ކުރުމާއި، އިންވެސްޓް ކުރުމުގެ ފުރުޞަތުތައް ބޭރުގެ ފަރާތްތަކަށް ހުޅުއްވާލެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ! އަދި ދުނިޔޭގެ ވިޔަފާރި ޖަމްޢިއްޔާއާއި، މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރަންޓީ އެޖެންސީއާއި، ބައިނަލްއަޤުވާމީ ވިޔަފާރިއާ ގުޅުންހުރި ނުވަތަ ވިޔަފާރި އިންވެސްޓްމަންޓާބެހޭ ޖަމުޢިއްޔާތަކުގައި ރާއްޖެ ބައިވެރިވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވިއެވެ! މީގެއިތުރުން، ރައީސް މައުމޫނުގެ ދައުރުގައި، ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ ޤާނޫނުތައް އެކުލަވައިލެއްވުމުގަޔާއި އަދި އެ ޤާނޫނުތައް ވުޖޫދަށް ގެންނެވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅަކީ ޔާމީނެވެ!؟

0
0
ހ މ ޒ

2 އަހަރު ކުރިން

ޢަބްދުﷲ ޔާމީނަކީ، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ރައީސް ކަމުގެ ދައުރުގައި، ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ޤައުމަށް ގެންނަވަން ފެށްޓެވި އިޞްލާޙީ ބަދަލުތަކުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިޞްލާޙީ އެތައް ކަމަކަށް ވަކާލާތު ކުރައްވައި، ޤާނޫނުތަކަށް އެކަށޭނަ ބަދަލުތައް ގެންނެވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއްބޭފުޅެކެވެ! އެގޮތުން ވޯޓުލެވޭ ޢުމުރު 18 އަހަރަށް ދަށްކުރުމަށްޓަކައި ތަފާތު އެކި ފަހަރުތަކުގައި މަޖިލީހުގައި ވަކާލާތު ކުރައްވައި، 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވޯޓުލުމުގެ ޙައްޤު ހޯއްދަވައިދެއްވުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅަކީވެސް ޔާމީނެވެ!؟

0
0
ހ މ ޒ

2 އަހަރު ކުރިން

ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދު!!!! ސިޔާސީ ދާއިރާއަށް އެމަނިކުފާނު ވެދެވަޑައިގެންނެވީ 1993 ވަނަ އަހަރުއެވެ!!!! އެ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވާފައި ވެއެވެ!!!!؟(ޢަބުރުފުލު) ހަސަދަވެރި!!!!؟ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ފާހަގަވެގެންދިޔައީ، ޢިލްމީ ބަޙުޘްތައް ކުރައްވައި، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާ ކުރެއްވުމަށް ޤާނޫނީގޮތުން ޙައްލުކުރެވެން ހުރި ތަފާތު އެކި ކަންކަމުގައި ވަކާލާތު ކުރައްވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ!!!! އެމަނިކުފާނުވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމެޓީގެ މުޤައްރިރުކަމާއި، އިޤްތިޞާދީ ކޮމެޓީގެ މުޤައްރިރުކަންވެސް ކުރައްވާފައެވެ!!!!؟

0
0