18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

މިޔަރުގެ ހަމަލާ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

  • މިޔަރު ދަތް އެޅީ ދޯންޏަށް މިޔަރު އެރުވުމުގެ ތެރޭގައި
  • މިއީ ހަޔާތުގައި ހިނގި އެންމެ އަނިޔާވި ހާދިސާ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 30 މާރޗް 2017 | ބުރާސްފަތި 22:21 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


އިއްލަތު އަތުގައި ބޭސް އަޅާފައި -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

އިންސާނުންނަށް މިޔަރު ހަމަލާ ދިނުމަކީ އަބަދުވެސް އިވެމުންދާ ވާހަކަތަކެކެވެ. މިހާތަނަށް މިޔަރު ހަމަލާ ދީފައިވާ 93 ޕަސެންޓް މީހުންނަނީ ފިރިހެނުންނެވެ. އެންގެ ގިނަ މީހުންނަށް މިޔަރު ހަމަލާދީފައިވަނީ ނޯތް އެމެރިކާގެ ކަނޑުތަކުންނެވެ. އެއީ ދުނިޔޭގެ ނިސްބަތުން 42 ޕަސެންޓެވެ. ރާއްޖޭގައިވެސް މަދުން ނަމަވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަ ހުއްޓެވެ. 

އއ.މަތިވެރި އުމުރުން 29 އަހަރުގެ އިއްޒަތު ހަސަން ނުވަތަ ސޯޝަލް މީޑިޔާގައި އާއްމު ނަމުން ނަމަ އިއްލަތަށް ދާދި ފަހުން، މިފަދަ ބިރުވެރި ހާދިސާއެއް ދިމާވެފަ އެވެ. އޭނާ ވަނީ ރާއްޖެއެމްވީއާ އެ ބިރުވެރި ހާދިސާ ހިއްސާކޮށްފަ އެވެ.

އެއީ، އާދައިގެ މަތިން އޭނާ މަސައްކަތުގައި އުޅުނު ދުވަހެކެވެ. އއ. ނިކަ ރިސޯޓުގައި މަސައްކަތްކުރާ އިއްލަތު ހެނދުނު ހެނދުނު ތެދުވެ، މަސައްކަތަށް ނިކުތީ، މޯނިން ފިޝިނަށް ގެސްޓުންނާއެކު ދިއުމަށެވެ. އޭނާ އަކީ އެ ރިސޯޓުގެ ޑައިވިން ދޯނީގެ ކެޕްޓަނެވެ. ނަމަވެސް ގެސްޓުން ގޮވައިގެން ހެނދުނު މަސްވެރިކަމަށް ނުކުތީ، މަހަށް ނުކުންނަން ހާއްސަކޮށްފައި އޮންނަ އެދޯނީގެ ކެޕްޓަން ނެތުމުންނެވެ.

މިދިއަ ހޯމަ ދުވަހުގެ ހެނދުނު 07:30 ހާއިރެވެ. އިއްލަތުވެސް މަސް ބޭނުމުގައި އަމަލީ ގޮތުން ބައިވެރި ނުވިޔަސް، ދޯނީގެ އެހެން މަސައްކަތްތަކުގައި އެހީތެރިވަމުން ދިޔަ އެވެ. އިއްލަތުގެ ސަމާލުކަން ހުއްޓުނީ ދޫނީގައި ހުރި މީހަކު ދިރޭ ލައްޓިއެއް ނަނުގައި ޖެހުމަށްފަހު މޫދަށް ދޫކުރުމުންނެވެ. ލައްޓި ދޫކުރީ ކީއްވެތޯ ސުވާލު ކުރުމުން، އެއީ މިޔަރު ހިފުމަށް ކަމަށް ބުންޏެވެ. އެހެން ނަމަވެސް މަސްވެރިކަމުގެ ކަންކަން ނޭންގޭތީ، އެކަންކަން އޮޅުންފިލުމަށް މަސައްކަތް ކުރި އެވެ.

އިރުކޮޅަކުން، ދޮށީގައި އެއްޗެއް ގަތުމުން އެއީ މިޔަރެކޭ ބުންޏެވެ. މިޔަރެއްކަން އެނގުމުން އެ ސޮރު ދޫކޮށްލަން އިއްލަތު ބުންނެވެ. އެހެން ބުމުން ދޯނީގައި ތިބި ބައެއް މީހުން އައީ ރުޅިއެވެ. ކުރީ މަލާމާތެވެ. މިޔަރު ދޫކޮށްލިޔަސް ބުޅި ބޭނުންވާނެ ކަމަށް ބުންނެވެ. ދޯނީގައި ތިބި މީހުންނަށް ގޮވުމުން އެކަކުވެސް އެކަން ކުރުމަށް އެއްބަހެއް ނުވި އެވެ. 

މިޔަރު ދޯނި ކަރިޔަށް ގެންގޮސް އުރަހަތައް ފެނުން މައްޗަށް ފެންނަ ވަރަށް ހިއްލާލި އެވެ. އަދި ދޯނީގައި ހުރި މީހަކު ކިޔައިދިން ގޮތަށް މިޔަރު ނެގުމަށް މަސައްކަތް ފެށިއެވެ.

ގާތްގަނޑަކަށް ހަތަރު ވަރަކަށް ފޫޓް ދިގު މިޔަރުގެ އުރަހައިގައި ބާރަަށް ހިފައި، ދޯނަށް އެރުވުމަށް އުފުއްލާލި ވަގުތު މިޔަރު ތެޅިގަނެ އިއްލަތުގެ އަތަށް ހަމަލާދިނެވެ. އަތުގެ އުޅަބޮށި ކައިރިން ބޮޑު ބައެއް މިޔަރުގެ އަގަޔަށް ވަނުމުން، ބޭއިހުތިޔާރުގައި ދަމައިގަނެވުނެވެ. އޭރު އަތުން ހޯސް ލާފާ ލޭތަށް އާދެއެވެ. ވީތަދާ، ގަތް ބިރުން  ބާރަށް ހަޅޭއް ލަވައިގަނެވުނެވެ.

ދޯނީގައި ތިބި މީހުންވެސް އިއްލަތު ހުރި ދިމާލަށް އައެވެ. އަތް ބޭނުން ނުކުރެވޭނެ ކަމަށް ހިތައް އެރި އެވެ. ދޯނިގައި ތިބި މީހުން އައިސް މިޔަރު ދަތް އެޅި ތަނުގައި ބޮޑު ފޮތިގަނޑެއް އެޅި ވަގުތު ވެސް، އަހަރެންގެ އަތެއް ނެތޭ ކިޔާ އިއްލަތަށް ރޮއި ގަނެވުނެވެ.

އެވަގުތުވެސް ލޭތައް ހޯސްލާފައި ފައިބަ އެވެ. އަދި އަތުގެ މަސްގަނޑުން ބައެއް ވެއްޓޭ ގޮތަށް އެލިފައި އޮތްތަން ފެނުމުން އެތަން ރަގަޅު ކުރުމަށްވެސް އިއްލަތަށް ބުނެވުނެވެ. އޭގެ ފަހުން ވީނުވީ އެއް އޭނާއަށް ނޭނގުނެވެ. ރިސޯޓަށް ގެންގޮސް ރިސޯޓުގެ ޑޮކްޓަރުންވެސް ލޭމަނާ ކުރުމަށް ބޮޑު ކަފަގަނޑެއް އެޅުމަށް ފަހު، ތަދު ކެނޑުވުމަށް، ޕެއިން ކިލާ އެއް ދިނެވެ.

މާލެއަށް ގެނެވުނު އިރު އެދުވަހު މެންދުރު 02:30 ވެދާނެ އެވެ. ގާތްގަނޑަކަށް 07:30 ހާ އިރު އެތަން އޮޕަރޭޝަން ކުރުމަށް ވެއްދިއެވެ. އޮޕަރޭޝަން ކުރީ ހޭ ނައްތައިގެންނެވެ. އަދި، އޮޕަރޭޝަން ނިންމާލުމަށް ފަހު ނެރުނީ، 11:00 ޖަހާ ކަން ހާއިރު އެވެ.

އިއްލަތު ވަނީ މިއީ އޭނާގެ ހަޔާތުގައި މިހާތަނަށް ހިނގާދިއަ އެންމެ އަނިޔާލިބުނު އަދި އެންމެ ބޮޑު ހިތާމަވެރި ހާދިސާކަމަށް ބުނެފަ އެވެ. އަދު ދުވަހަކުވެސް ހޮސްޕިޓަލުގައި މިނޫނީ އެޑްމިޓް ވާންޖެހުނު ކަމެއް ނުހިނގާކަމަށް އޭނާ ބުންޏެވެ.

" މިއީ ހަޔާތުގައި ހިނގި އެންމެ ހިތާމަވެރި ހާދިސާ. އެހެން މީހުންނަށްވެސް ބުނެލާނީ، މިޔަރެއް ބޭނުނު ނަމަވެސް އެޔާ ކުޅެން ނަހަދާށޭ، އޭތި، ވަގުތުން ދޫކޮށްލާށޭ. އެޔަށް ގޯނާ ކޮށްފި ނަމަ އެވެސް ހަމަލާ ދޭނެ އޭ." އިއްލަތު ބުންޏެވެ.

މިއީ އިއްލަތަށް މިހާތަނަށް ކުރެވުނު އެންމެ ބިރުވެރި ހާދިސާއެވެ. 

ކޮންމެއަކަސް މިއީ އެހާ ފަސޭހަ ހަނދާންތަކަކަށް ނުވާނެ ކަމަށް އިއްލަތުވެސް ވަނީ ބުނެފަ އެވެ. އޭނާ  އެންމެ ބޮޑަށް ކަންބޮޑުވީ އޭނާގެ ކަނާތު އަތުގެ ބޭނުން ނުކުރެވިދާނެތީ އެވެ. އެހެން ނަމަވެސް ޑޮކްޓަރުންވަނީ އަތުގެ ކަށިގަނޑަށް ގެއްލުމެއް ނުވާ ކަމަށް ބުނެ އެވެ. އަދި ހަލާކުވެފައިވާ މަސްގަނޑުވެސް ރަގަޅުވަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި އަތުން މަދުވާ މަސްތަކެއް ހުރުމުން އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށާއި އެހެންނަމަވެސް އެ އޮޕަރޭޝަން ކުރާނީ ހަފްތާއެއް ވަރު ބެލުމަށް ފަހު ކަމަށް ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Isaan

2 އަހަރު ކުރިން

athe ehaa muhinme nuvaane meyaru himaaya kuran vaane insaanege himaayatha vure bodha meyaruge himaaya insaanege athun meyare maruveziyaa salaama nuvevee varuge kuse ekurevunee

0
1
االشيطان

2 އަހަރު ކުރިން

Ma eyruves buneemennu manaa kanthah nukuraashey.

1
0