22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ބޭންކް އޮފް މޯލްޑިވްސް

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

  • 20 އަތޮޅުގައި 34 ބްރާންޗް ހުރޭ
  • މި ބްރާންޗްގައި ސެފް ބޭންކިންގެ ޚިދުމަތް ވެސް ވަނީ ގާއިމުކޮށްފައި
ރިޒުނާ ޒަރީރު | RiznaZareer

| 30 މާރޗް 2017 | ބުރާސްފަތި 20:44 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ލ.ގަމު ބީއެމްއެލް ބްރާންޗް -- ޓްވިޓަރ

ބޭންކް އޮފް މޯލްޑިވްސްއިން ދޭ ޚިދުމަތްތައް ވީހާ ވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށާއި ދިވެހި މުޖުތަމަޢަށް ކުރަމުންދާ އިންވެސްޓްމަންޓްތަކުގެ ބައެއްގެ ގޮތުން ލ. ގަމުގައި ބޭންކްގެ އާ ބްރާންޗެއް މިއަދު ހުޅުވައިފިއެވެ.

މި ބްރާންޗަކީ ފަހަކަށް އައިސް ބީއެމްއެލްއިން އަތޮޅުތަކުގައި އަލަށް ހުޅުވަމުންދާ ބްރާންޗްތަކޭ އެއްފަދައިން އެންމެ ޒަމާނީ ސެލްފް ސާވިސް އޭޓީއެމް ޓެކްނޮލަޖީ ބޭނުންކޮށްގެން 24 ގަޑި އިރު ޑިޕޮސިޓްކުރުމާއި ފައިސާ ނެގުމުގެ ޚިދުމަތް ލިބޭ ބްރާންޗެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މި ބްރާންޗް ހުޅުވާފައިވަނީ ބުރާސްފަތި ދުވަހު ގަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ގަމުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް މި ބްރާންޗް މެދުވެރިކޮށް އެހީތެރިކަން ދެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

 މި އިންވެސްޓްމަންޓަކީ މުޖުތަމައަށް ކުރާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކުރުމަށާއި 150 އާ ވަޒީފާ އުފެއްދުމަށް ދާދި ފަހުން ބޭންކުން އިއުލާންކޮށްފައިވާ ޕްރޮގްރާމްގެ ދަށުން ކުރި އިންވެސްޓްމަންޓެއް ކަމަށް ހީލީ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 83 އޭޓީއެމްއާއި 24 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5  ދޯނި ބޭންކިންގ ޔުނިޓުގެ ހުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް