17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ސެންޗޫރިއަން

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

 • އެމްއެސްއީގެ ރަސްމީ ލިސްޓުގައި ސެންޗޫރިއަން ވަނީ ހިމަނާފަ
 • ހިއްސާ ގަތް ފަރާތްތަކުގެ ހިއްސާ ވަނީ އެމްއެސްޑީއަށް ޖަމާކޮށްފަ
 • މާޗް 30 އިން ފެށިގެން ހިއްސާ ވިއްކާނެ
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 30 މާރޗް 2017 | ބުރާސްފަތި 17:55 | |

މަގުބޫލް

 1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
 2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
 3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
 4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
 5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
 6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
 7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
 8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ސެންޗޫރިއަން ޕްބަލިކް ލިމިޓެޑްގެ ހިއްސާ ސްޓޮކް އެކްސްޗޭންޖްގައި ހިމަނައިފި -- ގޫގުލް

އާންމުންނަށް ހިއްސާ ވިއްކި އަމިއްލަ ފުރަތަމަ ކުންފުނި ކަމަށްވާ ސެންޗޫރިއަން ޕްބަލިކް ލިމިޓެޑްގެ ހިއްސާ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފިއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކޮމްޕެނީ ޕްރައިވްޓް ލިމިޓެޑުން އާންމުކުރި ބަޔާނެއްގައި ބުނީ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ލިސްޓިންގ ޤަވާއިދުގައިވާ ގޮތުގެމަތިން، ސެންޗޫރިއަން ޕްބަލިކް ލިމިޓެޑްގެ ހިއްސާ މާޗް 30، 2017 އިން ފެށިގެން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ރަސްމީ ލިސްޓްގައި ހިމަނައި، ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރު މެދުވެރިކޮށް އެ ކުންފުނީގެ ހިއްސާ ގަނެވިއްކުމަށް ހުޅުވާލާފައިވާ ކަމަށެވެ.

ސެންޗޫރިއަން ޕަބަލިކް ލިމިޓެޑުން އާންމުކޮށް ހިއްސާ ވިއްކަން ހުޅުވާލުމާ ގުޅިގެން، ހިއްސާ ގަތް ފަރާތްތަކުގެ ތެރެއިން، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގައި ހިއްސާގެ އެކައުންޓް ހުޅުވާފައިވާ ފަރާތްތަކުގެ ހިއްސާ އެފަރާތްތަކުގެ އެކައުންޓަށް ޖަމާކުރެވިފައިވާކަން ވެސް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ބުނީ، މިކަމާ ގުޅޭ މަޢުލޫމާތު ސާފުކުރަން ބޭނުން ފަރާތްތަކަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާ ގުޅައިގެން (3307878) އެ މައުލޫމާތު ލިބޭނެ ކަމަށެވެ.

ލޮޖިސްޓިކްސްގެ މަސައްކަތް ކުރާ ސެންޗޫރިއަން ކުންފުނިން ނިމިގެންދިޔަ އަހަރު އެ ކުންފުނީގެ ހިއްސާ ވިއްކަން ފެށުމާ އެކު ގިނަ ބަޔަކު ވަނީ އެ ކުންފުނީގެ ހިއްސާ ގަނެފައެވެ. އެ ކުންފުނިން ހިއްސާ ވިއްކާފައިވަނީ މޫނުމަތީ އަގެއްގެ ގޮތުގައި 25ރ. އަަށް ހިއްސާއެއްގެ މަގުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ