13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

މެރަތަން

ދިގު ދުވުމަށް ލޯބިކުރަންތަ؟ ތިޔައީ ގޯހެއް؟

  • ސައެންސްވެރިން ބުނީ 26.2 މޭލުގެ ދުވުމެއް ދުވާ މީހެއްގެ ކިޑްނީ އަށް ލިބޭ ގެއްލުން ރަނގަޅުވާން ދެ ދުވަސް ނަގާ ކަމަށް
އަލީ ޔޫސުފް | AliYooosuf

| 30 މާރޗް 2017 | ބުރާސްފަތި 17:47 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި
  8. ޚަޝޯގީ އެންމެ ފަހުންބުނީ އޭނާ ހާސްވަނީއޭ: ރިޕޯޓަރެއް


ބަޔަކު މެރަތަންއެއްގައި ދުވަނީ -- ގޫގުލް

ދުވުމާއި ކަޝްރަތު ކުރުމަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް މުހިންމު ކަމެކެވެ. ރާއްޖޭގައި ވެސް ފަހަކަށް އައި ދިގު ދުވުންތަކުގެ ފޯރި ވަނީ ގަދަވެފައެވެ. ތަފާތު ގްރޫޕްތައް ހަދައިގެން އެއް ބަޔަކަށް ވުރެ އަނެއް ބަޔަކު ގިނަ ވަގުތު ދުވުމަކީ ވަރަށް ފޯރި ހިފާފައިވާ ކަމެކެވެ. ނަމަވެސް ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮވެޔޭ ބުނާ އުސޫލުން މިކަމުގައި ވެސް ހައްދެއް އޮވެއެވެ. އިންތަކާއި މިންތަކާއި އުސޫލްތަކެއް އޮވެއެވެ. ދިގު ދުވުންތަކަކީ ހަމަ ކޮންމެ މީހަކަށް ރަނގަޅު ކަމަކަށް ނުވެދާނެއެވެ.

ފަހުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ސައެންސްވެރިން ވަނީ ދުވުމާ ބެހޭ ގޮތުން މީހުންގެ ވިސްނުން މުޅިން ބަދަލުކޮށްލާ ފަދަ ވާހަކައެއް އާންމުކޮށްފައެވެ. އެމެރިކަން ޖާނަލް އޮފް ކިޑްނީ ޑިސީސްގައި ސައެންސްވެރިން ބުނެފައި ވަނީ މެރަތަން ދުވުންތެރިންގެ ތެރެއިން 80 ޕަސެންޓް މީހުންނަށް ކިޑްނީގެ އެކި މައްސަލަތައް ކުރިމަތިވާ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައި ވަނީ ޑީހައިޑްޓްރޭޓްވުމެވެ.

ސައެންސްވެރިން ބުނީ 26.2 މޭލުގެ ދުވުމެއް ދުވާ މީހެއްގެ ކިޑްނީ އަށް ލިބޭ ގެއްލުން ރަނގަޅުވާން ދެ ދުވަސް ނަގާ ކަމަށެވެ. އަދި އެފަދަ ދުވުމަކަށް ތައްޔާރުވުމަށް އެންމެ މަދުވެގެން ވެސް 16 ހަފްތާ ބޭނުންވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ސައެންސްވެރިން މިކަމުގެ އިންޒާރު ދީފައި މިވަނީ އޭޕްރީލް މަހު ލަންޑަން މެރަތަން ކައިރިވެފައި ވަނިކޮށެވެ. އޭޕްރީލް 23 ގައި އޮންނަ މެރަތަން އަށް ތައްޔާރުވުމަށް ޖެނުއަރީ މަހުގެ ކުރީކޮޅު ކަމާ ބެހޭ ފަރާތްތަކުން ވަނީ ގޮވާލާފައެވެ. އަދި އޭގެ ފަހުން ތައްޔާރުވާން ފަށާ މީހަކަށް ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް ބުނެފައި ވެއެވެ.

އިތުރު ހޯދުންތަކުން ދައްކާ ގޮތުގައި މެރަތަން ދުވުންތެރިންނަށް ދިމާވާ މައްސަލަތަކާއި ދުވާ މާހައުލާ ވެސް ވަރަށް ބޮޑު ގުޅުމެއް ވެއެވެ.

އެމެރިކާގެ ޔޭލް ޔުނިވާސިޓީގެ ޕްރޮފެސަރު ޝިރާގް ޕަރީޚްގެ ޓީމުން ވަނީ 2015 ވަނަ އަހަރުގެ ހާޓްފޯޑް މެރަތަންގައި ބައިވެރި ބައެއްގެ ލެޔާއި ޔޫރިން ސާމްޕަލް ނަގާފައެވެ. ދިރާސާއަށް ފަހު މި ޓީމުން ބުނެފައި ވަނީ ދިރާސަގައި ބައިވެރިވި މީހުންގެ ތެރެއިން 82 ޕަސެންޓް މީހުން ރޭހަށް ފަހު ތިބީ އެކިއުރޭޓް ކިޑްނީ އިންޖަރީ (އޭކޭއައި) ގެ ފުރަތަމަ މަރުހަލާގައި ކަމަށެވެ. އޭކޭއައިއަކީ ލޭ ސާފްކުރުން ފެއިލްވުމަށް މެދުވެރިވާ ހާލަތެވެ.

ޕްރޮފެސަރު ޕަރީޚް ވިދާޅުވީ މިފަދަ ދުވުންތަކުގައި ހަށިގަނޑަށް އަންނަ ބަދަލުތަކާ އެކު ކިޑްނީ ހަރަކާތްތެރިވަނީ ކިޑްނީ ބަލީގައި ނުވަތަ އޮޕަރޭޝަނެއްގައި އެނދުމަތިކޮށްފައިވާ އޮންނަ މީހެއްގެ ކިޑްނީ ފަދައިން ކަމަށެވެ.

މި ދިރާސާއާ ބެހޭ ތަފްސީލްތައް ޖާނަލް އޮފް ކިޑްނީ ޑިސީސްގައި ވަނީ ހިމަނާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް