15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އެސް 8

ސެމްސަންގް އެސް 8 އަދި އެސް 8 ޕްލަސް ލޯންޗްކޮށްފި

  • މި ފޯނު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ 21 އޭޕްރިލްގައި
ރިޒުނާ ޒަރީރު | RiznaZareer

| 30 މާރޗް 2017 | ބުރާސްފަތި 02:07 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


ސެމްސަންގް އެސް 8 އަދި އެސް 8 ޕްލަސް -- ޓްވިޓަރ

އެތައް ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ސެމްސަންގ އެންމެ ފަހުގެ އުފެއްދުން އެސް8 ލޯންޗްކޮށްފި އެވެ.

 

އެސް8 ރަސްމީކޮށް ލޯންޗްކޮށްފައިވަނީ ނިޔުޔޯކްގެ ލިންކަން ސެންޓާގައެވެ.  އެމެރިކާގެ ނިއު ޔޯކްގައި ހެނދުނު 11 ޖެހިއިރު މިފޯން ލޯންޗްކޮށްފައިވާއިރު މިއީ ރާއްޖެ ގަނޑިން 20:00 އެވެ.

 

މިއީ ސެމްސަންގއިން މިހާތަނަށް ފަރުމާކޮށްފައިވާ އެންމެ ތަފާތު ފޯނެކެވެ. އެގޮތުން މިހާތަނަށް އުފައްދާފައިވާ އެންމެ ތުނި ފޯނުގެ ގޮތުގައި ފާހަގަކުރެވޭ އެސް8 ގެ ދިގުމަނަކީ 18 ސެންޓިމީޓަރ އަދި ފުޅާމިނުގައި 5.9 ސެންޓިމީޓަރު ހުންނާނެ އެވެ.

 

މިފަހަރުގެ ފޯނުގެ ޑިސްޕްލޭ އަކީ "އިންފިނިޓީ" ޑިސްޕްލޭއެއް ކަމަށް ސެމްސަންގއިން ބުންޏެވެ. މިފޯނުގެ އެންމެ ޙާއްސަ އެއް ކަމަކީ ފޯނުގެ ހޯމް ބަޓަންވެސް ޑިސްޕްލޭއިން ފެންނަ ކަމެވެ.

 

އަލްޓްރާ ހައި ރެސޮލޫޝަން އެޒްޑީއާރް ޑިސްޕްލޭއާއި އެކު މިފޯނުގައި ބޭނުން ކުރެވިފައިވަނީ ސްނެޕްޑްރެގަން 835 ޕްރޮސެސަރެކެވެ.

 

މިފޯނުގައި އައިރިސް ސްކޭނަރަކާއި ފޭޝަލް ރެކޮގްނިޝަން ސިސްޓަމެއް ވަނީ ހިމަނާފައެވެ. އެސް 8 ގެ ފިންގަ ޕްރިންޓް ސްކޭނަރް ހުންނާނީ ފޯނުގެ ފަހަތުގައި ކަމަށް ސެމްސަންގއިން ބުންޏެވެ. ގެލެކްސީ އެސް 8 ގެ 5 ކުލައެއްގެ ފޯނު ނެރެފައިވާއިރު މިއީ އައިޕީ 68 ވޯޓާ ޕްރޫފް ފޯނެކެވެ.

 

ސެމްސަންގ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސެމްސަންގ ގެލެކްސީ ނޯޓް 7ގެ ބެޓެރީއަށް ދިމާވި މައްސަލަތަކުން އަރައިގަތުމެވެ.

 

ސެމްސަންގެ އެނބުރި އައުން ސިފަކޮށް ސެމްސަން އެސް8 ގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބިއިރު ސެމްސަންގ ގެލެކްސީ ނޯޓް 7 ށް ދިމާވި މައްސަލަތަކާއި އެކު ގިނަ ފާޑުކިޔުންތައް އަމާޒުވެ އެކުންފުނީގެ ވިޔަފާރި ވަރަށް ބޮޑުތަން ދަށަށް ދިޔަކަން ފާހަގަ ކުރެވެއެވެ. އެހެންމަނަވެސް މި ފަހަރުގެ އެސް 8 ފޯނުތައް ނޯޓް 7 ފަދައިން ނުގޮވާނެ ކަމަގެ ޔަގީންކަން އެކުންފުނިން ވަނީ ދީފައެވެ.

 

މި ފޯނުތަށް އޭޕްރިލް 21 ވަނަ ދުވަހުން ފެށިގެން ބާޒާރަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް