15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޗައިނާ

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

  • މިމަހުގެ 29 ން ފެށިގެން 31 ގެ ނިޔަލަށް ބޭއްވޭ މިފެއާރގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ 18 ކުންފުންޏަކުން، މުޅިއަކު 37 ބައިވެރިން ބައިވެރިވާނެ
ސަހުބާން ފަހުމީ | sahubaan

| 29 މާރޗް 2017 | ބުދަ 18:23 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!



ޗައިނާގެ ބޭޖިންގގައި ބާއްވާ އެޤައުމުގެ އެންމެ ބޮޑު ފެއާ ޗައިނާ އައުޓްބައުންޑް ޓްރެވެލް އެންޑް ޓޫރިޒްމް މާކެޓް (ސީއޯޓީޓީއެމް) ފެއާރގައި، ރާއްޖޭގެ ހިތްގައިމުކަން ވަރަށް ކުލަގަދަކޮށް ދައްކުވާދޭން ފުރުޞަތު ލިބިއްޖެ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރް ކޯޕަރޭޝަނުން ބުނެފިއެވެ.

އެކޯޕަރޭޝަނުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޗައިނާގެ ސީއޯޓީޓީއެމް ފެއާރގައި ބައިވެރިވުމަށް ރާއްޖެއަށް ލިބިފައިވަނީ 102 އަކަފޫޓުގެ ބިމެއް ކަމަށެވެ. މިމަހުގެ 29 އިން ފެށިގެން 31 ގެ ނިޔަލަށް ބޭއްވޭ މިފެއާރގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ 18 ކުންފުންޏަކުން، މުޅިއަކު 37 ފަރާތަކުން ބައިވެރިވާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މުޅިން އާ ގޮތަކަށް ފަރުމާކޮށްފައިވާ ސްޓޭންޑުގައި ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ކުލަގަދަ ފޮޓޯތައް ހިމެނެއެވެ. މުޅިއަކު 19 ކައުންޓަރު އެކުލެވޭ މިސްޓޭންޑުގައި ޖަލްސާކުރާ އަށް މޭޒާއި ފަސް ފްލޯޓިންގ މޭޒު ވެސް ހިމެނެއެވެ.

މީގެ އިތުރުން މިއަހަރު މިފެއާރއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ "ސަނީ ސައިޑް އޮފް ލައިފް" ދައްކުވާ ދިނުމުގެ ގޮތުން، ރާއްޖޭގެ ސްޓޭންޑުގައި ތަފާތު އެކިއެކި ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ އެއްކަމަކީ، ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ނަންތައް ދިވެހިން ލިޔެފައި ކެލިގްރަފީ އެއް ތައްޔާރު ކުރުން ކަމަށް މޯލްޑިވްސް މާކެޓީންގ އެންޑް ޕީއާރް ކޯޕޮރޭޝަނުން ވަނީ ބުނެފައެވެ.

މީގެއިތުރުން ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތައް ވަރޗުއަލް ހެޑްސެޓެއްގެ ޒަރީޢާއިން، އެސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދައްކާލުންވެސް ހިމެނެއެވެ. އަދި އެ ސްޓޭންޑުގައި ހުންނަ ފޮޓޯ ބޫތުގައި ފްރޭމްބޯޑެއް ހިފައިގެން އެކިފަރާތްތަކުން ފޮޓޯ ނަގާ، އެފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން، އެފަރާތްތަކަށް ސަޕްރައިޒް އިނާމެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުޅިއަކު ތިން ދުވަހަށް ކުރިއަށްދާ ސީއޯޓީޓީއެމް ފެއާރގައި ރާއްޖޭގެ ސަފީރުން ޓްރެވެލް އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާއި ބައްދަލުކޮށް، ކުރިއަށްއޮތް ތަނުގައި ވެސް މިފަދަ ހަރަކާތްތަށް، ރާއްޖެ އާއި ޗައިނާ ގުޅިގެން ބޭއްވުމުގެ މުހިންމުކަމާއި އެކަުގެ ފައިދާތަކާއި ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް