16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ހޮބްސަންސް ޗޮއިސް

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

  • ފިހާރަ ހުންނަނީ ސޯލްޓް ކެފޭ ތިރީގައި
  • ދި ހޮބްސަންސްގެ އާ ފިހަރައަކީ ގެ އަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު އެއްތަނަކުން ލިބިގެންދާނެ ފިހާރައެއް
ސަހުބާން ފަހުމީ | sahubaan

| 29 މާރޗް 2017 | ބުދަ 17:41 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  8. އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓް އާންމުކޮށްފި


ނަމްސްގެ އާ ފިހާރަ ހުޅުވަން ބޭއްވި އިވެންޓްގެ ތެރެއިން -- ދަ ހޮބްސަންސް ޗޮއިސް

ޔޫރަޕްގެ ހައުސްހޯލްޑް ނުވަތަ ހޯމްއިމްޕްރޫވްމެންޓް ޕްރޮޑަކްޓްތަކާ އެކު ނަމްސްގެ އާ ފިހަރާހެއް މާލޭގައި ހުޅުވައިފިއެވެ.

"ފެންސީ މެގަ" ގެ ނަމުގައި ސޯލްޓްކެފޭ ތިރީގައި ހުޅުވި މި ފިހާރައާ ބެހޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ކުންފުނީގެ ޑައިރެކްޓަރު އަލީ ޝިޔާޒް ވިދާޅުވީ އަލަށް ހުޅުވި ނަމްސްގެ ފިހަރައަކީ ގެ އަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު އެއްތަނަކުން ލިބިގެންދާނެ ފިހާރައެއް ކަމަށެވެ.

އެގޮތުން އަލީ ޝިޔާޒް ވިދާޅުވީ  މި އާ ފިހާރާގައި މުޅިން ވެސް ހުންނާނީ އޮރިޖިނަލް ޕްރޮޑަކްޓްތައް ކަމަށެވެ. އޭގެތެރޭގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޔޫރަޕްގެ ބްރޭންޑެއް ކަމަށްވާ ސެވަރިން ބްރޭންޑްގެ ޕްރޮޑަކްޓްތައް ހިމެނޭ ކަަމަށް އަލީ ވިދާޅުވިއެވެ.

 

 

އަގުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ ފިހަރާއިން ލިބެން ހުރީ ޔޫރަޕްގެ ޕްރޮޑަކްތައް ކަމަށް ވީނަމަވެސް ތަކެތީގެ އަގު ހުންނާނީ އަތްފޯރާފަށުގައި ކަމަށެވެ. އަދި ހަފްތާއެއް ވަންދެން ވިޔަފާރި ކުރާ ފަރާތްތަކަށް ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށްގެން ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ރޯދަ މަހަށް ހާއްސަކޮށްގެން ވަރަށް ހާއްސަލަ ސޭލެއް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން އަލީ ވިދާޅުވީ ކުރިއަށްތަނުގައި ފިހަރައިން ގިނައަދަެއްގެ ސާމާނު އެއްފަހަރާ ގަންނަ ފަރާތްތަކަށް އެ ތަކެތި ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދޭނެ ކަމަށެވެ. އަދި އަކަމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.

ނަމްސްގެ  ފަރާތުން ހުޅުވި މި އާ ފިހަރާގައި ލިބެން ހުންނަ ތަކެތީގެ ތެރޭގައި އިސްތިރިކުރާ މޭޒާއި ބަދިގެން ބޭނުންވާ ބައެއް ސާމާނުތަކާއި ރިސޯޓްތަކަށް ބޭނުންވާ ސާމާނުގެ އިތުރުން ގޭތެރެ ފޮޅާ ސާފަކޮށް ޒީނަތްތެރި ކުރުމަށްޓަކައި ބޭނުންވާ ޒަމާނީ ގިނަ ސާމާނުތައް ހިމެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މީނާ

2 އަހަރު ކުރިން

ނަމްސް އަކީ ވަރަށް ރަގަޅަށް ހިނގާ ކުންފުއްޏެއް

3
0