17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

މަސީޙުގެ ވޯޓު

ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ

  • ވޯޓުން ފެނިގެން ދިޔައީ މެންބަރުންގެ އިޚުލާސްތެރިކަމެއް ނެތްކަން
  • ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ކަމަށް ބުނާ ބާރުގައި މާނައެއް ނެތް
  • މަޤާމުގެ ބާރުގައި ތިބެ ރައްޔިތުންގެ ޙައްޤުތަކަށް ދަނި އަރައިގަންނަމުން
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 29 މާރޗް 2017 | ބުދަ 15:55 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި


ހޯމަ ދުވަހުގެ ވޯޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީޙު މުޙައްމަދަށް އިތުބާރު އޮތްކަމަށް ވޯޓުލީ މެންބަރުން -- ޓްވިޓަރ

މުސްކުޅިން ބުނެ އުޅެތެވެ. ދައްކަވާން ހުރިތަނެއް ދައްކަވާފައި މެނުވީ ނުގެންދަވާނެތެވެ. ތެދެކެވެ. އަޅުގަނޑުމެން، ކޮންމެ އިންސާނަކުވެސް މި ފަނާކުރަނިވި ދުނިޔެއަށް ފަހު ނޭވާ ލާހުށީ އެމީހެއްގެ އަޖަލުގައި، އެމީހަކަށް ދައްކަވާން ހުރި ތަނެއް ދައްކަވާ، ދެއްވާން ހުރި ފިލާވަޅެއް ދެއްވާފައެވެ. ދުނިޔެ ފެނި، ތަޖުރިބާ ލިބުމަށް ދުނިޔޭގައި އުޅެ މުސްކުޅިވެ، ބޮލުގައި ނުރަ ޖެހުން ލާޒިމެއް ނުމެ ނޫނެވެ.

ޒުވާނަކަސް، އުމުރުން މިވީ 25 އަހަރުގެ ތެރޭގައި ނިކަމެތި އަޅުގަނޑުވެސް ނިކަން މަންޒަރު ދެކެފީމުއެވެ. ބޮލަށް އަދި ހަމަވީ ދެ ނުރަ ކަމުގައި ވީނަމަވެސް، ނިކަން ތަޖުރިބާތަށްވެސް ކުރެވިއްޖެއެވެ. ނޫސްވެރިކަމުގައި 8 އަހަރު ހޭދަވީއިރު، އާންމު ރައްޔިތު މީހާއަށް ނުއިވޭ އެތައް އަޑެއް އިވި، އެފަދަ އެތައް އެތައް މަންޒަރެއް ފެނި، އަޅުގަނޑުގެވެސް ލޯ މިވަނީ ނިކަން ރަނގަޅަށް ހުޅުވިފައެވެ. އިޖުތިމާޢީ މައްސަލަތަކާއި، ނިކަމެތިންގެ އިޙުސާސްތައް މިހާރު ހިތުދަހެވެ. ސިޔާސީ ވެރިން ކަނޑާ ފޮންޏާއި، ޖަހާ މަޅިތަކަށް ނިކަން ފަރިތަވެއްޖެއެވެ.

ނަމަވެސް، އަޅުގަނޑުމެންގެ ލޮބުވެތި މި ބިމުން، މިއަދު މި ފެންނަ މަންޒަރުތަކަކީ އަޅުގަނޑަށް ޤަބޫލުކުރަން ދަތި މަންޒަރުތަކެކެވެ. ޙަޖަމުވެސް، ފަހުމުވެސް ނުވަނީއެވެ. އިންސާނަކަށް ވީތީ ނިކަމެތި އަޅުގަނޑުގެ ޟަމީރު ޤަބޫލޫކުރާ އިންސާނީވަންތަކަމާއި، މިއަދު ފެންނަ މަންޒަރުތައް މާ ބޮޑުތަނުން ފެއީއެވެ. ސަލާމަތް ބުއްދިއާއި ލަދުހަޔާތުގެ ކަންފުޅެއް ހުރީތީ، މި ފެންނަ މަންޒަރުތައް އަޅުގަނޑަށް ބަލައިގަންނާން ދަތީއެވެ. ދޭދޭ ފަރުދުންނާއި ހިސާބުން ފެށިގެންގޮސް، ރައްޔިތުންގެ މަންދޫބުންނާއި، ސައުކާރުގެ އިއްޒަތްތެރިންނާއި، ދައުލަތުގެ ވަލިއްޔުލް އަމްރާއި ހަމައަށްވެސް، އެ ދައްކަވާ މަންޒަރުތައް ހަމަ ހުތުރީއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބުނާ ގޮތުން، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނާނީވެސް އެ ރައްޔިތުންގެ ކިބައިގައެވެ.

މި މާއްދާ އާއި މިއަދުގެ ހާލަތާއި އަޅައި ކިޔޭނެ ޖާގައެއް ނެތެވެ. ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ބާރެއް، އެ ރައްޔިތުންނާއި ހިސާބުން ނިމޭ ބާރެއް ހަމަ ހިލާ ނެތެވެ. ރައްޔިތުންގެ ކިބައިން ފެށޭ ބާރޭ އެ ބުނަނީ، ވަލިއްޔުލް އަމްރާއި، ޤާނޫނު ހަދާ މަޖިލީހުގައި ރައްޔިތުން ތަމްޞީލުކުރާނެ މެންބަރުން އިންތިޚާބު ކުރުމަށް ގަނޑުކޮޅެއްގައި ފާހަގައެއް ޖަހާލުމަށް ކަމަށް ވާނަމަ، އެއީ މާނައެއް ނެތް ބާރެކެވެ. އެހެނީ އެ ކަރުދާސްކޮޅުގައި ފާހަގަ ޖަހާ ހިސާބުން ރައްޔިތު މީހާގެ ބާރު ނިމިގެންދެއެވެ.

ޤާނޫނު އަސާސީގައި އެންމެހާ ބާރެއް ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ލިޔެފައި ވީނަމަވެސް، މަޤާމަށް އިންތިޚާބުވާ މީހާ، މަޤާމަށް އިންތިޚާބު ވުމުން، ދެން އަމަލުކުރާ ގޮތުން، އޭނާ ޒިންމާދާރު ކުރުމާއި، މަޤާމަށް ނާޤާބިލުކަން ހާމަވެއްޖެ ހިނދު، އޭނާ މަޤާމުން އަޒުލު ކުރުމުގެ ބާރު ރައްޔިތުންގެ އަތުގައި ނެތްނަމަ، އެ ބާރު ދެމިއޮންނަ ވާހަކަ މިއީ ހަމައެކަނި ކަޅާ ހުދުގެ ފޮޅުވަތްތަކަކަށް ވީއެވެ.

މި ދެންނެވުނު ބާރު، ރައްޔިތުންގެ އިނގިލިކުރީގައި ނެތުމުގެ ނަތީޖާއަކަށްވަނީ، އިންތިޚާބުވާ މީހާ ހިތު ހުރި މަގަކުން ކަންކުރުމަށް ފުރުޞަތު ލިބުމެވެ. ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި އިންތިޚާބުކުރާ މީހާ، މަޤާމުގެ އާރާއި ބާރުގައި ހުރެ، ރައްޔިތުންގެ ކުރިމަތީގައި ގަދަބަސްބުނެ، ކުފުރުވާ ހިސާބަށް ދިއުމެވެ.

ވޯޓާއި ކޯޓުގެ އެހީގައި ނަމަވެސް، މަޤާމު ލިބުމުން، ތިމާގެ ހުރި ގަޓު ދެއްކުމަށްޓަކާ، ރައްޖޭގެ ތާރީޚުގައިވެސް ތިމާގެ ވެރިކަމުގައި ކުރިވަރުގެ ވައްކަމެއް ނުކުރާކަމަށް އިޢުތިރާފު ވެއްޖެތެވެ. ދެވަނަ ދަރިންނޭ ކިޔައިގެން ދީނަށްވެސް ހަޖޫ ޖައްސަތެވެ. ބެންކޮކު އަންހެނުންގެ ހަށިގަތުމީ މައްސަލައެއް ނޫންކަން ދޭހަވާގޮތަށްވެސް ވާހަކަ ދައްކަތެވެ. ފައިސާ އާއި މުދާ ހޯދާގޮތާއި މެދު ސުވާލު ނުއުފައްދަން މިސާލު ޖެހީތީ އިވުނީ ތިމާގެ ވަތުކިބަޔަށެވެ. ތިންބާރު އެއްކޮށް، ވަރުގަދަ މަސްހުނިގަނޑެއް މޮޑެލައިފިއެވެ. ޤާނޫނާއި، ޤަވާއިދާއި، އުސޫލާއި، އިންސާފަކީ ވަލިއްޔުލްއަމުރުގެ އިނގިލިކުރީގައި އަނބުރާ، މާނައެއްނެތް އެއްޗަކަށް ހަދައިފިއެވެ. ރައްޔިތުން ބަނޑަށް ޖައްސައި، ޤައުމު ވިއްކަން ޑީލްވެސް ހަދައިފިއެވެ.

މި ހުރިހާ ކަމެއް ފަހިކޮށްދޭން، ޔޭސް ސަރ، ޔޭސް ސަރ ގޮވާލަ ގޮވާލައިތިބީ، ރައްޔިތުން ތަމްޞީލު ކުރުމަށް، ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ހޮވައި، އިއްޒަތްތެރިކަމުގެ ލަޤަބު އެރުވިފައިވާ މަންދޫބުންގެ ތެރެއިން ބައެކެވެ. ވަލިއްޔުލް އަމުރުގެ ކޮންމެ އެންގުމަކަށް، ޕްރޮގްރާމްކޮށްފައިވާ ރޮބަޓުތަކެއްގެ އުސޫލުން، އާނބަސް ބުނަން އެ ތިބި މެންބަރުންގެ އިޚުލާސްތެރިކަމެއް ނެތް ކަމީ ރައްޔިތުން މާ ކުރީއްސުރެ ދަންނަ ކަމެކެވެ.

ކަންމިހެން އޮއްވައި، ވޭތުވެ ދިޔަ ދެތިން ހަފުތާގެ ތެރޭގައި އިވިގެންދިޔަ ވާހަކަތަކާއި، ފެނިގެންދިޔަ މަންޒަރުތަކުން، މި މަންދޫބުންގެ ނެތީ ހަމައެކަނި އިޚުލާސްތެރިކަން ނޫންކަން، ވަރަށްވެސް ސާފުވެއްޖެތެވެ. އިޚުލާސްތެރިކަން ނެތްތާ، ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީއެވެ. ރައްޔިތުންގެ ނަމުގައި، ރައްޔިތުންގެ މަޖިލީހުގައި، ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން، ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ނަމުގައި، ރައްޔިތުންގެ ބޮލަށް ފައިން އަރަނީއެވެ. ރައްޔިތު މީހާގެ އެންމެ އަސާސީ ޙައްޤުތައް ނިގުޅައިގަތީއެވެ. އެވަރުން ނުވެގެން، ސައުދީންގެ އަންބޮނޑިއަށްވަދެ، ޤައުމުގެ ބިންކޮޅުވެސް ވިއްކަން ޑީލް ހެދީއެވެ. އެކަމާ ފޮނިވެ، ފަޚުރުވެރިވެ ވާހަކަވެސް ދެއްކީއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވޯޓެއް ނަގާށޭ ކިޔާފައި އެ ހޭވި ހަޑިއެކެވެ. ހަފުށްފެންނަ ވޯޓެކޭ ކިޔާފައި އެ ނެގި ވޯޓު ނެގި ގޮތުން ފެނިގެންދިޔައީ ޚުދުމުޚުތާރު ކަމެވެ. އިދިކޮޅަށް ކުޅޭން ތިބި އެންމެން ދަނޑުން ބާލާފައި ކިތަންމެ ގޯލެއް ޖެހިޔަސް އެޔަކު މާނައެއް ނެތެވެ. ތިޔަ ނެގި ވޯޓުން ފެނިގެން ދިޔައީ ހަފުށެއް ނޫނެވެ. ގަޓެއްވެސް ނޫނެވެ. ފެނިގެން ދިޔައީ ލަދު ހަޔާތެއް ނެތްކަމެވެ. ފެނިގެން ދިޔައީ ތިޔަ 48 މެންބަރުން، ރައްޔިތުންނަށް ޤައްދާރުވީ މަންޒަރެވެ.

ބިރު ދެއްކީއޭ، އެހެން ގޮތެއް ނެތީއޭ ނުބުނައްޗެވެ. ރައްޔިތުންގެ ޙައްޤުތައް ތިޔަ ނިގުޅައިގަތީ ބިރަށް ކަމަށްވާނަމަ، ތިޔަ ފިނޑިން، ތިޔަ މަޖިލީހުގައި، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބުމަށް ކުފޫ ހަމައެއް ނުވެއެވެ. 48 މެންބަރުން އެކުގައި ތިޔަ ދައްކައިދިނީ، ތިޔައީ ނުފޫޒުގެ އަޅުންކަމެވެ. ހަފުށް ސާފުކޮށް ތިޔަ ދައްކައިދިނީ ގަޓެއް ނެތްކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Ma

2 އަހަރު ކުރިން

Hajam nuvaa meehakah hajam nuvaan v.mi liyumuga mi othee higaafahuri higamundhaaa kankamuge vaaahaka husves. LIYUNTHERIYAA SHUKURIYYA.

0
0
ޑަންހިލް މޭން

2 އަހަރު ކުރިން

މައްސަލަ އުޅޭކަމަށާ ވަންޏާ މައްސަލަ ޙައްލުކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ފެނޭ. އޯލްޓަނޭޓިވް ހޯދާނީ ފަހުން . އެހެން ނޫނީ އަނގޮޓިއާ ކާރުގެ މައްސަލަ ޖެހޭ އިރަށް އޯލްޓަނޭޓިވް ގެޔަށް ގެނައީހެއްނު

2
0
Habeeb

2 އަހަރު ކުރިން

Noosveriyaa ah ehkolhu fenunyma v dhera vey. Edhuvahu bahus fashamun ves iboo vidhaslhu vi voting ge massala ulheyey. Gasim vs vidhadlhu vi bayaku machine thakaa kulhefayo. Ninaan ves buny ehen. Dhen alhugadu men enmenan ves heevany dhekolhun ves 42 members hama kihfiyya konme gothakah vote dhinas kaamiyaabu vaaane bayaku kaamuyaabu vaaneyey. R tv ah ves hajam nuvany dho

0
3
ާޛޫޙ

2 އަހަރު ކުރިން

ވަރަށް ފުރިހަމަ ލިޔުމެއް

3
1