12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

ބާން ތައި ރެސްޓޯރަންޓް

ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟

  • ކޮންމެ މަހަކު ތަފާތު އިނާމްތަކާއި އެކީ ޕްރޮމޯޝަންތައް ކުރިއަށްގެންދޭ
ރިޒުނާ ޒަރީރު | RiznaZareer

| 29 މާރޗް 2017 | ބުދަ 03:31 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  4. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  5. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


ބާން ތައި ރެސްޓޯރަންޓް -- ރާއްޖެއެމްވީ

ރާއްޖެއަކީ ފަތުރުވެރިންގެ އެންމެ ހިތްގައިމު މަންޒިލްއެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ސަރަހައްދަކީ އޭޝިޔާ ސަރަހައްދުގެ ގައުމުތަކެވެ.

 

ތައިލެންޑަކީ ދިވެހިންނަށްވެސް އައު ތަނެއް ނޫން ނެވެ. ރާއްޖޭގެ މީހުން އެންމެ ގިނައި ޗުއްޓީ ހޭދަކޮށްލުމާއި ބާޒާރުކޮށްލުމަށް ގޮސް އުޅޭ ތައިލެންޑްގެ ކެއުމަކީ ދިވެހިންނަށް މީރު ކެއުމެކެވެ. ދިވެހިންގެ ތެރޭގައި ތައިލެންޑްގެ މަޝްހޫރުކަން ބޮޑުވެފައިވާއިރު ތައިލެންޑުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް އަންނަ ފަތުރުވެރިންގެ މެދުގައިވެސް ރާއްޖެއަކީ މަޤްބޫލު ތަނަކަށް ވަނީ ވެފައެވެ.

 

މި މަޤްބޫލުކަން އިތުރަށް ދެމެހެއްޓުމުގެ ގޮތުން ރާއްޖޭގައި ދަނީ ތަފާތު ގިނަ ރެސްޓޯރަންޓް ހުޅުވައި ހިދުމަތް ދެމުންނެއެވެ.

 

ކޮންމެ އަކަސް ދައްކަން މިއުޅެނީ ތައިލެންޑް ކާ އެއްޗެއްސަށް ލޯބި ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން މާލޭގައި ހުޅުވާފައިވާ ބާން ތައި ރެސްޓޯރަންޓްގެ ވާހަކައެވެ.

 

މިއީ ތައިލެންޑްގެ ފަތުރުވެރިންގެ މެދުގައި މަޤްބޫލުތަނެކެވެ. ސަބަބެއް ނެތި އެއް ނޫނެ އެވެ.

 

 

ބާން ތައި އަކީ ރާއްޖޭގައިވެސް ހުރި ތައި އޮތެންޓިކް ފުޑް ނުވަތަ ތައިލެންޑްގައި ކާ އެއްޗެސް ތައްޔާރު ކުރެވޭ ގޮތަށް ތައްޔާރުކުރާ ހަމައެކަނި ރެސްޓޯރަންޓް އެވެ.

 

ބާން ތައި އަކީ އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުން ތަފާތު ތަނެކެވެ. މިތަނުގެ އެންމެ ހާއްސަ އެއްކަމަކީ ދެވޭ ހިދުމަތެވެ. ކަސްޓަމަރ ސަރވިސްގެ ފެންވަރު ރަނގަޅު ވާހަކަ އެވެ. ރެސްޓޯރަންޓަށް ވަދެވުމާއެކު ދެވޭ ހިދުމަތުން އެތަނަށް ވަންނަ ކޮންމެ ކަސްޓަމަރަކުވެސް އެވާހަކަ ދައްކާނުލާ އެތަނުން ނިކުމެގެން ނުދެއެވެ.

 

ބާން ތައިގެ ހާއްސަ އަނެއް ކަމަކީ ކޮންމެ ކަސްޓަމަރަކަށްވެސް ވެލްކަމް ޑްރިންކެއް ހިލޭ ލިބޭ ކަމެވެ. މި ބުއިމަކީ ބާން ތައިން އަމިއްލައަށް ތައްޔާރުކޮށްފައިވާ ހާއްސަ ބުއިމެކެވެ. މި ބުއިން ކަސްޓަމަރުންނަށް ސާރވް ކުރުމުގައިވެސް ތަފާތު ގޮތްތަކެއް ގެންގުޅެއެވެ. ބާން ތައިއަށް ކަސްޓަމަރުންގެ ފަރާތުން އޮންނަ ޑިމާންޑް ވަރަށް ރަނގަޅުވެ ދިވެހިންގެ ތެރޭގައިވެސް މިރެސްޓޯރަންޓްގެ މަޤްބޫލުކަން މިދަނީ އިތުރުވަމުންނެ އެވެ.

 

 

މިހާ ހިސާބުން އަސްލު މައުޟޫއަށް ޖެހިލާނަމެވެ. ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއްތޯ ބަލާލަމާ ހިނގާށެވެ؟

މިއީ މިތަނުގެ އެންމެ ހާއްސަ އެއް ޑިޝް އެވެ. މިއަންކަމް ފެންނަ ފެނުމަށް ސިފަވެގެންދާނީ ދިވެހިންގެ ދުފަން ބޭނުން ކުރާ މޮޅު ބިލެތްގަނޑާ އެވެ. އެހެން ނަމަވެސް މިއީ ވަރަށް ތަފާތު ރަހަތަކެއް އެކުލެވޭ އެއްޗެކެވެ. މިރުސް، ލުނބޯ، ޕީނަޓްސް، ޗެފް ސްޕެޝަލް ސޯސް، ރޯސްޑަޑް ކޮކޮނަޓްސް، ގާލިކް، ޑްރައިޑް ޝްރިމްޕް، ބީޓެލް ލީފްސް ހިމެނެ އެވެ.

 

މިއީ ކުޅި ހެޔޮވަރުކޮށްލާ ކާލަން ވަރަށް މީރު ޑިޝް އެކެވެ. ތައިލެންޑްގެ ކޮންމެ ކޮންމެ ތަނަކުން މިޑިޝް ނުލިބޭ ކަމީ ބާން ތައި ގިނަ ފަތުރުވެރިން ހިޔާރު ކުރާ އެއްސަބަބު އެވެ.

 

 

ފްރައިޑް ރައިސް ކައުޕަޑް ބާން ތައި އަކީވެސް ކަސްޓަމަރުންގެ މެދުގައި ވަރަށް ހާއްސަ ކެއުމެކެވެ. ބޭރު މީހުންނާއި އެއްވަރަށް ދިވެހިންގެ މެދުގައިވެސް މި ކެއުން ވަރަށް މަޤްބޫލެވެ.

ބާން ތައިން ލިބޭ ކެއުން މީރުވެފައި ތަފާތުވަނީވެސް ސަބަބުތަކެއް ނެތިއެއް ނޫނެކެވެ. ބާން ތައިގެ ޝެފްއަކީ މިދާއިރާގައި 17 އަހަރު ހޭދަކޮށްފައިވާ މީހެކެވެ. ޝެފްވެސް ފާހަގަކުރި ގޮތުގައި ހާއްސަކޮށް އޭނާގެ ކެއްކުގެ ރަހަ ބަލާލުމަށްޓަކައިވެސް ބާން ތައިއަށް ގިނަ މީހުން ޒިޔާރަތް ކުރެއެވެ. އަދި "މިއަންކަމް" އާއި ގުޅިގެން ޝެފް ބުނީ މިއީ ވަރަށް ތަފާތު ޑިޝްއެއް ކަމަށާއި ކޮންމެ މީހަކުވެސް ރަހަ ބަލާލައި ތަޖްރިބާ ކޮށްލަން ވަރަށް މީރު ޑިޝްއެއް ކަމަށެވެ.

 

އަދި މިއީ ތައިލެންޑުގައިވެސް ވަރަށް މަދުން ނޫނީ ނުލިބޭ ޑިޝްއެއް ކަމަށް ޝެފް ފާހަގަކުރި އެވެ.

 

 

ބާން ތައި އަކީ އެހެން ރެސްޓޯރަންޓްތަކާއި ޙިލާފަށް އަބަދުވެސް ޕްރޮމޯޝަން ކުރިއަށް ގެންދާ ރެސްޓޯރަންޓްއެއް ކަމަށް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ކޮންމެ މަހަކު ތަފާތު އިނާމްތަކާއި އެކީ ޕްރޮމޯޝަންތައް ކުރިއަށްގެންދެ އެވެ.

 

ބާން ތައިއަކީ ތައިލެންޑްގެ ކެއުމަށް ލޯބި ކުރާ ފަރާތްތަކަށް އެންމެ ރަނގަޅު އެއްތަނެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް