23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ގްރޭންޑް ޕާރކް ކޮށްދިއްޕަރު

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

  • 20 މިނިޓްގެ ތެރޭގައި ސްޕީޑް ބޯޓުގައި މިރިސޯޓައް ދެވޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 28 މާރޗް 2017 | އަންގާރަ 22:35 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  4. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ގްރޭންޑް ޕާރކް ކޮށްދިއްޕަރު -- ގޫގުލް

ސިންގަޕޯރގެ މަޝްހޫރު ޕާރކް ހޮޓެލް ގުރޫޕުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއަށް ވަދެ ތަރައްޤީ ކުރާ ފުރަތަމަ ރިސޯޓް މިއަހަރުގެ ތެރޭގައި ހުޅުވުމަށް ނިންމައިފި އެވެ.

 

ގްރޭންޑް ޕާރކް ކޮށްދިއްޕަރުގެ ނަމުގައި ހުޅުވާ މިރިސޯޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެން 20 މިނިޓްގެ ތެރޭގައި ސްޕީޑް ބޯޓުގައި ދެވޭ ރިސޯޓެކެވެ.

 

މި ރިސޯޓް ޑިޒައިންކޮށްފައިވަނީ ޑިސައިނިންގައި ދުނިޔޭގެ މަޝްހޫރު ފާރމެއް ކަމަށްވާ ހާރޝްބެޑްނަރ އެސޯސިއޭޓްސްއިންނެ އެވެ.

 

120 ވިލާ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މިރިސޯޓުގައި ބީޗް ވިލާއާއި އޯވަރ ވޯޓަރ ޕޫލް ވިލާގައި ޕްރައިވެޓް ޕޫލްވެސް ހުންނަ ކަމަށެވެ.

 

މި ރިސޯޓުގައި ގޯމެޓް ދެ ރެސްޓޯރަންޓާއި، ހާބަރ ބީޗް ކްލަބަކާއި ސްވިމިން ޕޫލް ފިޓްނަސް ސެންޓަރަކާއި ޑައިވިން ސެންޓަރަކާއި ވެލް ސެންޓަރވެސް ހިމެނެއެވެ.

 

 މީގެ އިތުރުން ކުޑަކުދިންނަށް އެކްޓިވިޓީ ސެންޓަރެއް ވެސް ވަނީ ޤާއިމްކޮށްފައެވެ.  ޕާރކް ހޮޓެލް ގުރޫޕަކީ 1961 ވަނަ އަހަރު އުފެދުނު މި ގުރޫޕަކީ އޭޝިޔާ ޕެސިފިކްގެ އެންމެ ފާހަގަކޮށްލެވޭ ކުރިއަރާފައިވާ ގުރޫޕެކެވެ.

 

ދުނިޔޭގެ 8 ގައުމެއްގެ އެގާރަ ސިޓީއެއްގައި ޕާރކް ހޮޓެލް ގުރޫޕުގެ ޕްރޮޕަޓީސްތައް ހުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް