25 އޭޕުރިލް 2019 | ބުރާސްފަތި | 05 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

މަޖިލީހުގެ ކަޅު ސަފްހާ

މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

  • މަސީހުގެ އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓު ކުރިއަށް ގެންދިޔައީ އުސޫލުން ބޭރުން
ރާއްޖެ އެމްވީ | raajje.mv

| 28 މާރޗް 2017 | އަންގާރަ 22:19 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  3. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  5. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  6. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  7. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


މަޖިލިސް ރައީސްގެ އިތުބާރުނެތް ކަމަށް ހުށަހެޅި ޖަލްސާ ހިނގަމުން ދިޔައިރު އާއްމުން ބޭއްވި އެއްވުމަކަށް ފުލުހުން ހުރަސް އަޅަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި 27 މާޗް 2017 ފާހަގަ ކުރެވިގެންދާނީ ހުތުރު ދުވަހެއްގެ ގޮތުގައެވެ. މަޖިލީހުގެ ރައީސް މަސީހްގެ އިތުބާރު ނެތް ކަމަށް އިދިކޮޅު މެމްބަރުން ހުށަހެޅި މައްސަލައަށް ވޯޓަށް އެހުމުގެ ކަންކަން ދިޔައީ، ރޯމާ ދުވާލު އެންމެންގެ ކުރިމަތީގައި ގަވައިދަކަށް އުސޫލަކަށް ބެލުމެއްނެތި، ކަންކުރާނީ އާނދޮގޭއޭ ބޭނުން ގޮތަކަށޭ ބުނާ ގޮތަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓަކީ ސައްހަ ވޯޓަކަށް ހެދޭނެ ހަމަ އެއް ގޮތެއްވެސް ނެތެވެ.

މި ވޯޓުގެ މަންޒަރުތައް ހުތުރުވާ ގޮތަކީ، މެމްބަރުންގެ ހަތަރެސް ފައިގައި ހިފާ ނަގާ މަޖިލިހުގެ ތަޅުމުން ބޭރުކުރުމެއްވެސް ނޫނެވެ. ތެދެކެވެ. މަޖިލީހުގެ މެމްބަރުން އެ ވީޑިއޯތައް ޓުވިޓަރުންނާއި ފޭސްބުކް މެދުވެރިކޮށް ފަތުރަމުން ގެންދިޔައިރު ސަހަރޯއޭ ހީވާވާރުވެއެވެ. އެއަށްވުރެ ހުތުރުކަން ބޮޑީ، މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަންކަން ކޮށް ބޭނުންވާ ގޮތަކަށް ކަން ނިންމާލަން އުޅުނު އުޅުމެވެ. ވޯޓުގެ ކަންކަން ކުރިއަށް ދިޔައީ މަޖިލީހުގެ ގަވައިދުގައި ވޯޓު ނަގަންވާނީ އިލެކްޓްރޯނިކް ސިސްޓަމުން ކަން ބަޔާން ކޮށްފައި އޮއްވާ، ކަނޑައެޅިގެން އެއާ ޚިލާފަށެވެ.

 

 

މަޖިލީހުގެ ގަވާއިދުގެ 164 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި މަޖިލީހުގައި ވޯޓު ނެގުމުގައި އަމަލު ކުރާނެ އާންމު އުސޫލަކީ އިލެކްޓްރޯނިކް މެޝިން ބޭނުންކޮށްގެން ވޯޓު ލުމެވެ. އެނޫން ގޮތަކަށް ވޯޓުލާންޖެހޭނެ ހާލަތާއި ސަބަބު ގަވައިދުގައި އޮތީ ބަޔާން ކޮށްފައެވެ. މަޖިލީހުގައި ކަންކަން ކުރީ ގަވައިދުގައި ބުނާ ގޮތަކަށް ނޫނެވެ. ވަކި މެމްބަރުންނާ ސުވާލުކޮށްގެން ވޯޓު ނަގަންޖެހޭނީ އިލެކްޓްރޯނިކް ސިސްޓަމުން ނެގި ވޯޓާމެދު ސާފުކޮށް އެނގޭ މިންވަރަށް މައްސަލައެއް އުފެދިގެންނެވެ. އެކަމަކު ސުވާލުކޮށްގެން ވޯޓު ނަގާ ގޮތައް ހުށަހެޅެއްވި މެމްބަރަށް، އިލެކްޓްރޯނިކް ސިސްޓަމްގައި މައްސަލަތަކެއް އުޅޭކަން އެ ސިސްޓަމް ބޭނުން ކޮށްގެން ވޯޓަކަށް ނުގޮސް އެނގިވަޑައިގަތީ ކިހިނަކުން ބާވައެވެ؟

އެނގޭ އެއްޗަކީ، މަޖިލީހުގައި މެމްބަރުންނާ ސުވާލުކޮށްގެން ވޯޓަށް އަހާ ގޮތައް ހުށަހެޅިއިރު، އެ ހުށަހެޅުމުގެ ކުރިން މަޖިލީހުގައި ވޯޓުލުމަށް ބޭނުން ކުރާ ސިސްޓަމަށް ހުރީ މައްސަލަ ޖެހިފައިކަން ސާބިތު ކޮށްދެވޭނެ ވޯޓެއް އެ ޖަލްސާގައި އޭގެ ކުރިން ލާފައި ނެތް ކަމެވެ.

އެހެން ކަމުން މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓު ލުމަށް ހުށަހެޅި އެ ހުށަހެޅުމަށް ތާއީދު ކުރީ އެއްވެސް ހަމައެއްގެ މަތިން ނޫންކަން އެނގެއެވެ. އަނެއް ކޮޅުން މަޖިލީހުގެ ރިޔާސަތުން އެކަން ގަވައިދުގައި ހަމަޖެހިފައި އޮތް ގޮތް ސާފުކޮށް ނުދެއްވާ އުސޫލުން ބޭރު ހުށަހެޅުމެއް ބަލައިގަތީއެވެ.

ދެން އަދި ހިނގަނީ މާ ހަމަ ނުޖެހޭ ކަމެކެވެ. މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓަށް އަހާ ގޮތައް ނިންމަން އެއްކަލަ ސުވާލު އުފެދިފައިވާ އިލެކްޓްރޯނިކް ސިސްޓަމް ބޭނުން ކޮށްގެން ވޯޓެއް ނެގީއެވެ. ރިޔާސަތުން ނިންމީ އެ ވޯޓު ސައްހަ ކަމަށެވެ. އެހެން ކަމަށްވާ ނަމަ، ދެން އުފެދޭ ސުވާލަކީ އިލެކްޓްރޯނިކް ސިސްޓަމް ރަނގަޅު ކަމަށް ރިޔާސަތައް ގަބޫލު ކުރެއްވީ ނޫންތޯއެވެ؟ ސިސްޓަމް ރަނގަޅު ނަމަ މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓަކަށް ދާންވީ ކީއްކުރަންތޯއެވެ.

 

އެކަމަކު ދެން ކަންތައްވީ އަދި މާ ހެއްވާ ގޮތަކަށެވެ. އިލެކްޓްރޯނިކް ސިސްޓަމް އިން ނެގި ވޯޓުން ކުއްލި އަކަށް ބޮޑު ދެ މައްސަލައެއް ފާހަގަ ވެއްޖެއެވެ. އެއީ ޖަލުގައި ހުންނެވި އަހްމަދު މަހްލޫފް ވޯޓު ލެއްވި ކަމާއި، ރިޔާސަތުގައި އިންނެވި މޫސާ މަނިކު ވޯޓު ލެއްވުމެވެ. އެއީ ކަނޑައެޅިގެން އެ ވޯޓު ބާތިލްވާނެ ދެ ސަބަބުކަން އެނގެން އޮއްވާވެސް ވޯޓު ސައްހަ ވެއްޖެއެވެ. މަހްލޫފްއާއި މޫސަގެ ވޯޓު ލީ ކޮންމެ ޕާޓީއެއްގެ ކޮންމެ މެމްބަރަކު ކަމަށްވިޔަސް ނޫނީ އެއީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ވިޔަސް ވޯޓު ސައްހަ އެއް ނުވާނެއެވެ. އެ ވޯޓުގައި އެ މައްސަލަތައް އުފެއްދީ ސިސްޓަމް ރަނގަޅު ނޫންކަން ދެއްކުމަށާއި އިދިކޮޅު ފަރާތްތަކުގެ ބޮލުގައި އިލްޒާމެއް އެޅުވުން ކަމަކަށްވެސް ވެދާނެއެވެ. އެކަމަކު ހެއްވާ ކަމަކީ މި ވޯޓު ސައްހަ ވުމެވެ. ހާޒިރުވެ ނެތް މެމްބަރަކާ ރިޔާސަތުގައި އިންނެވި މެމްބަރަކު ވޯޓު ލެއްވިކަން ކަށަވަރު ވުމުންވެސް އެ ވޯޓު ބާތިލް ނުވި ކަމެވެ. އެހެން ކަމުން، ބާތިލް ވޯޓެއްގެ މައްޗަށް ބިނާކޮށް މެމްބަރުންނާ ސުވާލު ކޮށްގެން ނެގި ވޯޓު ސައްހަވާނެ ހަމަ އެއްގޮތެއްވެސް އޮންނާނެ ކަމަކަށް ހަމަ ބުއްދި ހުރި އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވޭނެއެވެ.

ގަބޫލު ކުރެވޭ ގޮތުގައި މަޖިލީހަށް ވަޑައިގެންނެވު އިރުވެސް ސަރުކާރު ކޯލިޝަން މެމްބަރުންން ތިބީ ވަކި ގޮތަކަށް ޕްރޮގްރާމް ކޮށްފައެވެ. ޕްރޮގްރާމް ކުރި ފަރާތުން މެމްބަރުން ގޮތަކަށް، އަރިއަކަށް ދީލާލިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްވެސް ދިޔައީ ކުރަމުންނެވެ. ދައްކަންވީ ވާހަކައާއި، އެ ވާހަކަ ބުނަންވީ ގޮތާއި، ކަންކަން ހިނގަންވީ ގަޑިތަކައް ދަންދެން ދިޔައީ އަންގަމުންނެވެ. އޮޅިދާނެ ކަމަށް ކަރުދާހުގައި ލިޔެފައިވެސް އިރުޝާދުތައް ދީފައި ހުއްޓެވެ. އެހެން ކަމުން މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓު ނަގާ ގޮތައް ކުރިއަށް ގެންދިއުން އެއީ މާކުރިން ޕްލޭން ކުރެވިގެން ކުރިއަށް ގެންދިޔަ ކަމެއް ކަމަށް ވިސްނާނެ ޖާގަ އެބައޮތެވެ.

ރައްޔިތުންގެ ކުރިމަތީގައި ރޯމާ ދުވާލު މިހިންގި ނާތަހުޒީބު އަމަލުގެ ސަބަބުން ވެއްޓުނީ ރާއްޖޭގެ އަގެވެ، ރާއްޖޭގެ މުއައްސަސާތަކުގެ އަގެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އަގެވެ. މިހިނގި ކަންކަމުގެ ނަތީޖާއަކީ ދައުލަތުގެ މުއައްސަސާތަކާ މެދު ރައްޔިތުންގެ ހިތުގައި އޮންނަންވީ އިތުބާރާއި ގަދަރު ކުޑަވެގެން ދިއުމެވެ. ޔެސް ސަރ އޭ ބުނެ މި ކުރެވެނީ، ނުކުރެވެނީ ކޮންކަމެއްކަން ނޭނގި ކޮންމެ މީހަކު ސާހިބު މީހާ ކުރިމަތީގައި އަނެއް މީހާއަށް ވުރެ ނަންބަރު މަތި ކުރަންވެގެން އުޅެން ހަދައިގެން ހެދޭ ނުހެދޭ ނޭގެނީ ކަމަށްވެސް ވެދާނެއެވެ.

ކޮންމެ އަކަސް މަޖިލީހުގެ ރައީސްގެ އިތުބާރު އޮތް ކަމަށް ވޯޓު ނަގާ ފާސްކޮށްފިއެވެ. މުލައްދަނޑީގައި ބާރު ހުރި ޔުނީފޯމު އެޅި މީހުން އަންބާ ކިޔާފައިވަދެ، މަޖިލީހުގައި ތިބި ހިތްނޭދޭ ހުރިހާ މެމްބަރުން ހަތަރެސްފައިގައި ހިފާ ބޭރުކޮށް މަޖިލީހުގގެ ތަޅުން ހިތް އެދޭ ގޮތައް ތަރުތީބުކޮށް ވޯޓެއް ނަގާ، ވޯޓު ކާމިޔާބުވި ކަމަށް ބުނެ، ކޭކުފަޅާ ޕާޓީ ބޭއްވި އަކަސް މަޖިލީހުގެ ރައީސްގެ ވޯޓުގެ ކަންކަން ހިނގާ ދިޔަ ގޮތް ތާރީޚުގައި ތެދު ބަހުން ލިޔާނަމަ ލިޔާނީ ކަޅު ސޮފްހާއެއްގެ ގޮތުގައެވެ. މި ވޯޓަކީ މަޖިލީހުގެ ތާރީޚުގައި މިހާތަނަށް ނެގި އެންމެ ކަޅު ވޯޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Mohamed

2 އަހަރު ކުރިން

Negi electronic votin ves boting system kada . Dhen aiy hillaigen vote dhinimun kobaa massala aky. Dhivehi enmen kurimathyga olhuva eh nuleveyne ehnnu. Hajam pls

1
0